ފާއިތުވި ތިންމަސްތެރޭގައި ޕީއެންސީއަށް ސާޅީސް ހާސް މެންބަރުން ހަމަކޮށްފިއެވެ. އެޕާޓީއަށް މިއަދަދަށް މެންބަރުން ހަމަވެފައިވަނީ ވަގުފޯމްތަކެއް ފުރައިގެން ޕާޓީއަށް މީހުން ވައްދަމުން ގެންދާ މައްސަލަތަކެއް ތިލަވެފައިވާ ވަގުތެއްގައެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ފަދަ މައްސަލަތަކެއް ތިލަވެފައިވާ ވަގުތެއްގައި އިލެކްޝަނުން ވަނީ ފޯމުތަކުގެ ސައްހަކަން ބެލުމެއްނެތި ޕީއެންސީއަށް ސާޅީސް ހާސް މެންބަރުން ހަމަކޮށްދީފައި ކަމަށެވެ.
”ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ އެތައް ހާސް މައްސަލައެއް ފެންމަތިވުމުން ވެސް މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އިލެކްޝަނުން މިވަނީ ފޯމުތަކުގެ ސައްހަކަން ބެލުމެއް ނެތި 40،000 މެމްބަރުން އެ ޕާޓިއަށް އިތުރުކޮށްދީފައި. ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބައިވެރިވުން މިކަމުގައި އޮވެނުދާނެ ކަމަށް ޤަބޫލުކުރަން މަޖުބޫރުވަނީ މިކަމުގައި އެމަނިކުފާނު ހަނު ހުންނެވުމުން،“ ފައްޔާޒު ވިދާޅުވެފައިވެއެވެ.






