ގްރީން ހައިޑްރޯޖަން އުފައްދާނެ ޚަރަދު ކުޑަ ގޮތެއް ހޯދައިފި

ބެންގަލޫރުގައި ހުންނަ ސެންޓަރ ފޯ ނޭނޯ އެންޑް ސޮފްޓް މެޓަރ ސައިންސަސް (ސީއެންއެސް) ގެ ސައިންސްވެރިން ވަނީ ފެހި ހައިޑްރޯޖަން އަގުހެޔޮކޮށް އުފެއްދާނެ ގޮތެއް އީޖާދުކޮށްފައެވެ. އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެނުން އުފައްދާ ފެހި ހައިޑްރޯޖަނަކީ ފޮސިލް ފިއުލްގެ ބަދަލުގައި ސާފު ހަކަތައިގެ ބަދަލެކެވެ. ނަމަވެސް އޭގެ އުފެއްދުން ބަރޯސާވެފައިވަނީ އަގުބޮޑު ޕްލެޓިނަމް އަށް ބިނާކޮށްފައިވާ މާއްދާއެކެވެ. ސީއެންއެސްގެ ދިރާސާވެރިން އުފެއްދީ ހައި އެންޓްރޮޕީ އެލޮއި (އެޗްއީއޭ) މާއްދާއެކެވެ. އެ މާއްދާއިން އަގުބޮޑު މެޓަލްތަކުގެ ބޭނުން ކުޑަކޮށްދެއެވެ. […]

ދެކުނު ޗައިނާ ކަނޑުގައި މައްސަލަތައް ހިމޭން ވުމެއް ނެތް

ދެކުނު ޗައިނާ ކަނޑުގައި ބޮޑުވަމުން އަންނަ ހަމަނުޖެހުންތައް ކުރިއަށްދަނީ ޗައިނާއިން ކަނޑުގެ ސަރަހައްދުތަކާ ގުޅޭ ގޮތުން ވާދަވެރި ދައުވާތައް އުފައްދައި ހަރުކަށިކަން ސާބިތު ކޮށްދެމުން ދިއުމުންނެވެ. އަވަށްޓެރިން ކަމަށްވާ، ފިލިޕީންސް، ޖަޕާން އަދި ޓައިވާނާ ޗައިނާއިން ދަނީ ކޮންމެ ދުވަހަކުހެން ކޮންމެ ވެސް ސިފައެއްގައި ކަނޑުގެ ސަރަހައްދުގައި ކުރިމަތި ލަމުންނެވެ. ދުނިޔޭގެ ވިޔަފާރިއަށް މުހިންމު މި ސަރަހައްދުގައި ތަކުރާރުކޮށް ކުރިމަތިލުންތައް ހިނގަމުންދާއިރު، ޗައިނާގެ އުޅަނދުތަކުން އެހެން ގައުމުތަކުގެ ބޯޓުތަކަށް އުނދަގޫކޮށް، އެގައުމުތަކުގެ ސަޕްލައި މިޝަންތަކަށް ހަމަލާދެމުން ދިއުމުން […]

ފްރާންސާއި އިންޑިއާގެ ވިޔަފާރި 20 ބިލިއަން ޑޮލަރަށް

ފްރާންސާއި އިންޑިއާއާ ދެމުދގެ ވިޔަފާރި މިހާރު 20 ބިލިއަން  ޑޮލަރަށް އަރައިފިއެވެ. މޮދީ ފްރާންސަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް، ފްރާންސް-އިންޑިއާގެ ވިޔަފާރިއާއި ސިނާއަތުގެ ރައީސް ކުމާރު އަނަންދާ ވިދާޅުވީ ދެގައުމުގެ ވިޔަފާރި ތަރައްގީ ވަމުންދާއިރު، މައިގަނޑު ގޮތެއްގައި މުއާމަލާތު ކުރެވެނީ ހަތުޔާރާއި ވައިގެ ދަތުރުފަތުރުގެ އުޅަނދުގެ ދާއިރާގައެވެ. އަނަންދާ ވިދާޅުވީ އިންޑިއާއާއި ފްރާންސްގެ ވިޔަފާރި މީގެ ކުރިން އޮތީ 15އާއި 18 ބިލިއަން ޑޮލަރާ ދެމެދުގައި ކަމަށެވެ. އިންޑިއާއާއި ފްރާންސާ ދެމެދު މަތީފެންވަރުގެ ދަތުރުތައް ބަދަލު ކރުމަށްފަހު، […]

މިޔަންމާރުގެ ސަރުކާރު ރަވީޝަންކަރުގެ ސެޝަނެއްގައު

އިންޑިއާގެ ޔޯގާއާއި ރޫހާނީ އިރުޝާދު ދިނުމުގެ މަސައްކަތުގައި އުޅުއްވާ ސްރީ ސްރީ ރަވީ ޝަންކަރުގެ މެޑިޓޭޝަން ސެޝަނަށް ބޮޑު ތަރުހީބެއް މިޔަންމާރުގެ ވެރިރަށުގައި ލިބިއްޖެއެވެ. ޔަންގޯންގައި ބާއްވާފައިވާ މި ސެޝަނަށް، މިޔަންމާގެ ކެބިނެޓް މެމްބަރުން ވެސް ވަޑައިގަތެވެ. އަދި އާންމުންނާއި ޚާއްސުންގެ 1،500 އަށް ވުރެ ގިނަ މީހުން މި ސެޝަން ބާއްވާފައި އޮތް ނޭޝަނަލް ތިއޭޓަރަށް އެއްވިއެވެ. މިޔަންމާ ސަރުކާރުން ރަވީޝަންކަރަށް ދައުވަތު ދީފައި ވަނީ ގައުމުގެ އެތެރޭގައި  ހަމަނުޖެހުން އުފެދި ސިފައިންގެ ސަރުކާރުގެ އަގު […]

މީރާގެ ޖަނަވަރީގެ އަމްދަނީ 3.34 ބިލިއަން

މިއަހަރުގެ ޖަނަވަރީ މަހު މީރާއިން 3.34 ބިލިއަން ރުފިޔާގެ އާމްދަނީ ބަލައިގެންފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %7.7 ދަށް އަދަދެކެވެ. އަދި، ޖަނަވަރީ 2025 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %5 އިތުރު އަދަދެއް ކަމަށް މީރާއިން ބުނެފައިވެއެވެ. މީރާއިން މައުލޫމާތުދިން ގޮތުގައި، ޖަނަވަރީ 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖަނަވަރީ 2025 ގައި ލިބިފައިވާ އާމްދަނީ މަދުވުމުގެ މައިގަނޑު ސަބަބަކީ، ބޭންކް އިންކަމް ޓެކްސް އަދި […]

ސްޓެލްކޯގެ މުވައްޒަފުން ތަމްރީން ކުރުމަށް ސިވެކާއެކު އެއްބަސްވުމެއް

އެކި ދާއިރާތަކުން ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާއެކު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފި ކަމަށް ސްޓެލްކޯއިން ވިދާޚުވެެއްޖެއެވެ. މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. ސިވެކްގެ ފަރާތުން ސޮއިކުރެއްވީ ސިވެކްގެ މެނޭޖިންގ ޑިރެކްޓަރ ކާނަލް އަޙުމަދު ޒުބައިރެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، ”އަޅުގަނޑުމެންނަށް މި ދޭތެރޭން، ޤައުމުގަ ހިނގާދިޔަ ކަންތައްތަކާ އަދި ބައެއް އިވެންޓްތަކުގަ، އަޅުގަނޑުމެންގެ ބައެއް މުވައްޒަފުން […]

ފެބުރުއަރީ ވީހީގައި މަސްދަޅު ބަހަން ފަށަނީ

މިމަހު ވިހިވަނަދުވަހުން ފެށިގެން އަށާވީސް ވަނަދުވަހަށް  މާލެ ސަރަހައްދުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ބަހާނޭ ކަމަށް އެސްޓީއޯއިން ވިދާޅުވެއްޖެއެވެ. އެކުންފުނީން ވިދާޅުވީ މާލޭ ސަރަހައްދުގެ ގޭބިސީތަކަށް މަސްދަޅު ބެހުމުގެ ކަންކަން ކުރިއަށް ގެންދާނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށެވެ. މި ތާރީޚުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެކަން ކުރިއާލައި އަންގަވާނޭ ކަމަށް އެސްޓީއޯއިން ވަނީ ވިދާޅުވެފައެވެ. މިމަހު ފަސް ވަނަ ދުވަހުން ފެށިގެން އެސްޓީއޯއިން ވަނީ ރަށްރަށަށް މަސްދަޅޭކޭސްތައް ފޮނުވަން ފަށައިފައެވެ. ރަށްރަށަށް ފޮނުވާ […]