އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް ފިޔަވަޅު އަޅައިފި

އިންޑިއާއިން ސަރަހައްދު ބަންދުކޮށް ސިޔާސީ ގުޅުން އިތުރަށް ދަށް ކުރި މައްސަލައަށް ރައްދު ދިނުމަށް ޕާކިސްތާންގެ މަދަނީ އަދި އަސްކަރީ ލީޑާޝިޕުން އިސްލާމްއާބާދުގައި މިއަދު ބައްދަލު ކުރައްވާނެއެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ ރިޔާސަތު ބެލެހެއްޓެވި ސަލާމަތާ ބެހޭ ކެބިނެޓް ކޮމިޓީ ވަނީ ޕަހަލްގަމްގައި 26 މީހުން މަރުވި ޓެރަރިސްޓް ހަމަލާއަށް އެއް ދުވަސް ފަހުން ބޮޑެތި ފިޔަވަޅުތަކެއް އަޅަފައެވެ. އޭގެ ތެރޭގައި: ސާކް ގެ ޗާޓަރުގެ ދަށުން ޕާކިސްތާން ރައްޔިތުންނަށް ދޫކުރެވޭ އިސްތިސްނާ ވިސާ ދިނުން ކެންސަލް […]