މިއަހަރު ނިމޭއިރު ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ދެވޭނެ: ރައީސް

މިއަހަރު ނިމޭއިރުގައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ރަނގަޅު ފެންވަރުގައި ދެވޭނެ ގޮތް ހަމަޖެހިގެންދާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ސަރުކާރާ ހަވާލުވި ހިސާބުން ފެށިގެން ތިން އަހަރަށް ބަހާލައިގެން 110 ރަށުގައި ދިވެހި ފުލުހުން ޚިދުމަތްދެވޭ އަމިއްލަ […]
އަވަހަށް މައުލޫމާތު ހިއްސާ ކޮށްދެއްވުމަށް ފުލުހުންގެ ކިބައިން ރައީސް އެދިވަޑައިގެންފި

ރައްޔިތުންނަށް ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި، އަވަހަށް މަޢުލޫމާތު ޙިއްޞާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފުލުހުންގެ ކިބައިން އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ މިންވަރަށް އިތުބާރު ޤާއިމުކުރަންޖެހޭ ކަމަށެވެ. އެކަން ކުރުމަށް މަޢުލޫމާތު ޙިއްޞާކުރާ މިންވަރު ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށް ރައީސް ވިދާޅުވިއެވެ. ހުޅުމާލެ […]
ޔުމްނު ވެއްޓުނުގެއަށް ނޫސްވެރިން ވައްދަން ހުއްދައެއް ނުދިން

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ގެއަށް ނޫސްވެރިން ވައްދަން އެގޭ ވެރިފަރާތުން ހުއްދައެއް ނުދިން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ވިދާޅުވެފައިވަނީ އެގެއަށް ނޫސްވެރިންނަށް ވަދެވޭނޭގޮތް ހެދުމަށް މަސައްކަތް ކޮށްދެއްވާނޭ ކަމަށެވެ. އެހެނަމަވެސް އެފަހުން ފުލުހުންގެ މީޑިއާ ގްރޫޕުގައި ހިއްސާކޮށްފައިވާ މައުލޫމާތު ބުނާ ގޮތުން އެކަމަށް ހުއްދައެއް ނުލިބުނެވެ. ”މިއަދުގެ ޕްރެސްގައި ދެންނެވިގޮތަށް ހާދިސާ ހިނގި ގެއަށް ނޫސްވެރިންނަށް ވަދެވޭނެ ފުރުސަތު ހޯދުމުގެ ގޮތުން އެ ގޭގެ ވެރިފަރާތާ […]
ހިތަދޫ އެމްޑީޕީ މެންބަރުން ތިބީ ގަދަކޮށް: ޝާހިދު

އައްޑޫސިޓީ ހިތަދޫ އެމްޑީޕީގެ މެންބަރުން އަދިވެސް ތިބީ ގަދަކޮށް ކަމަށް އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އައްޑުއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރާ ބެހޭ ގޮތުން އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އައްޑޫގައި އެމްޑީޕީ ފަނޑުވުމެއްނެތް ކަމަށެވެ. ޝާހިދު ވިދާޅުވެފައިވަނީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަދި ނާޒިލާއި، އެމްޑީޕީ ޓީމާއެކު މިއަދު ހެނދުނު އެދާއިރާގައި ތިބި އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރެއްވި ކަމަށެވެ. އަދި ޕާޓީގެ ކަންކަމާއި ކުރިއަށް އޮތް އިންތިޚާބުތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި […]
ގާނޫނީ ވެރިކަން ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރާނަން: ރައީސް

ގާނޫނީ ވެރިކަން ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރައްވާ ކަމަށާއި އަދި ނުވެސް ކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ރައީސް ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނުތައް ތަންފީޒުކުރުމުގައި، ގާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މި ގައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރަން ނުވެސް ކުރާނަން،“ ކަމަށެވެ. އޭގެ އިތުރުން އެ މީހެއްގެ ހަސަބަކަށް ނުވަތަ ނަސަބަކަށް ނުވަތަ މަޤާމަކަށް ވެސް ނުބައްލަވާނޭ ކަމަށް […]
ސިނަމާލެ ފްލެޓްތަކުގެ ޑިޒައިން ކޮންސެޕްޓް ފާސްކޮށްފި، ރައްކާތެރިވާނެ

ސިނަމާލެ ފްލެޓް ”ރީޑިވޮލަޕްމަންޓް ޕްރޮޖެކްޓު“ ގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ކޮންސެޕްޓް ފާސްކޮށްފި ކަމަށް މާލޭ ސިޓީކައުންސިލުން މިއަދު ވިދާޅުވެއްޖެއެވެ. ސިޓީ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މި ކޮންސެޕްޓްތައް ފާސް ކޮށްފައި ވަނީ، ބުދަ ދުވަހު ބޭއްވި، މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 191 ވަނަ ރަސްމީ އާންމު ޖަލްސާއިންނެވެ. މި ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ކައުންސިލުން ސޮއިކޮށްފައި ވަނީ، 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 17 ވަނަ ދުވަހުއެވެ. މި […]
އިޒްދިޔާން ރައީސް އޮފީހުން ވަކިކޮށް، ދާއޫދު ސަސްޕެންޑު ކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުޙައްމަދު މައުމޫން، އެ މަގާމުން މިއަދު ވަކިކުރައްވައިފި ކަމަށް ރައީސްއޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު، އެ ކޮމިޓީއިން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޓީއިން މިއަދު އޭނާ ވަކިކުރައްވައިފި ކަމަށްވެސް ހީނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ހީނާ […]
ޔުމްނު ވެއްޓުނު މައްސަލާގައި ދެ މިނިސްޓަރަކާ ސުވާލުކުރަނީ

ހެންވޭރު ގެއެއް ކަމަށްވާ ފެންޓެނޯއީގެ ނުވަނަ ބުރިން އަންހެން ކުއްޖަކު ”ފުންމާލި“ މައްސަލާގައި ދެ މިނިސްޓަރަކާ ސުވާލުކުރުމަށް އެބޭފުޅުން މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމު މިއަދު މަޖިލިހަށް ހުށަހަޅައިފިއެވެ. މީކާއިލް ސުވާލު ކުރައްވަން ބޭނުންވަނީ ހޯމް ލޭންޑު މިނިސްޓަރ އަލީ އިހުސާނާއި، ޖެންޑަރ މިނިސްޓަރު އާއިޝަތު ޝިހާމާއެވެ. މީކާއިލް ވިދާޅުވެފައިވަނީ އޭނާ އިހުސާނާ ކުރައްވަން ބޭނުންވާ ސުވާލަކީ ”އެއްބާވަތެއްގެ މައްސަލަތަކުގައި ގޭގެ ނަމާއި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު […]
އެމްޑީޕީގެ ހަރުޖެ ޖަލްސާއެއް ހިތަދޫގައި ބާއްވަނީ

އައްޑޫ ސިޓީ ހިތަދޫގައި އެމްޑީޕީން މިރޭ ހަރުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ. މިއީ މިހާރު އައްޑޫ ސިޓީއަށް ވަޑައިގެން ހުންނެވި، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ބައިވެރިވެ ވަޑައިގަންނަވާ ހަރުގެ ޖަލްސާއެއް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. މިރޭގެ ޖަލްސާ އޮންނާނީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އެމްޑީޕީ ހަރުގޭގައެވެ. މިޖަލްސާގައި ބައިވެރިވުމުގެ ދައުވަތު އެމްޑީޕީން ވަނީ އައްޑޫ ސިޓީގައި ތިބި އެމްޑީޕީގެ މެންބަރުންނަށާއި ސަޕޯޓަރުންނަށް ދީފައެވެ. މި ޖަލްސާ އެމްޑީޕީގެ ސޯޝަލް މީޑިއާއިން ލައިވް ކުރާނޭ ކަމަށްވެސް […]
މިސަރުކާރު ޒިންމާދާރު ކުރުމަށް ޒުވާނުންގެ އަޑު ވަރަށް މުހިންމު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރު ޒިންމާދާރު ކުރުމަށް ޒުވާނުންގެ އަޑު ވަރަށް މުހިންމު ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މިމަހު އަށާރަވަނަ ދުވަހުގެރޭ މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އެކާވީސް އަހަރުގެ ޒުވާން އަންހެނަކު ”ވެއްޓި“ ހަސްފަތާލުގައި ފަރުވާމުން ދަނިކޮށް އޭނާގެ ދިފާއުގައި ޒުވާނުންތަކެއް ވަނީ ރޭ މާލޭގެ މަގުމައްޗަށް ނުކުމެ މުޒާހަރާކޮށްފައެވެ. އެމީހުން ބުނަމުންދިޔައީ ފުލުހުން ކަންތައްތަކެއް އޮޅުވާލަމުންދާ ކަމަށެވެ. ނުވަތަ ފޮރުވަމުންދާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ހިތުގައި ސުވާލު […]
