ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ގެއަށް ނޫސްވެރިން ވައްދަން އެގޭ ވެރިފަރާތުން ހުއްދައެއް ނުދިން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ވިދާޅުވެފައިވަނީ އެގެއަށް ނޫސްވެރިންނަށް ވަދެވޭނޭގޮތް ހެދުމަށް މަސައްކަތް ކޮށްދެއްވާނޭ ކަމަށެވެ. އެހެނަމަވެސް އެފަހުން ފުލުހުންގެ މީޑިއާ ގްރޫޕުގައި ހިއްސާކޮށްފައިވާ މައުލޫމާތު ބުނާ ގޮތުން އެކަމަށް ހުއްދައެއް ނުލިބުނެވެ.
”މިއަދުގެ ޕްރެސްގައި ދެންނެވިގޮތަށް ހާދިސާ ހިނގި ގެއަށް ނޫސްވެރިންނަށް ވަދެވޭނެ ފުރުސަތު ހޯދުމުގެ ގޮތުން އެ ގޭގެ ވެރިފަރާތާ މަޝްވަރާކުރުމުން އެގެއަށް މީޑިއާ ވެއްދުމުގެ ހުއްދަ ދެވެންނެތްކަމަށް ވަނީ ދަންނަވާފައެވެ.“ ފުލުހުން ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް ބައެއް ނޫސްވެރިން ބުނެފައިވަނީ އެއީ ކްރައިމްސީންއެއް ކަމަށް ބެލެވޭ، ދިވެހިދައުލަތުގެ ބާރު ހިނގާ ބިމެއްގައި ހުރި ގެއެއް ކަމަށެވެ. އެހެންނަމަވެސް ނޫސްވެރިންނަށް އެކަން ހިނގިތަން ދައްކާލުމުގެ ބާރެއް ދިވެހި ފުލުހުންނަށް ނޯވޭތޯ ނޫސްވެރިން ވަނީ ސުވާލު ކޮށްފައެވެ.






