ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕް ކާޓްރިޖު

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅު ފަސްހާސް ވޭޕްކާޓްރިޖު އަތުލައިގެންފި

މުހައްމަދު އަލީ
ޖޫން 18, 2026

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި ކަމަށް މޯލްޑިވްސް ކަސްޓަމްސްއިން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މި ފެނިފައިވަނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓަކުންނެވެ. އޭގައި ޤާނޫނާ ޤަވާއިދާ ޚިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން، ބުދަ ދުވަހު ޚާއްސަ އޮޕަރޭޝަނެއް ވަނީ އެކަމާ ގުޅިގެން ހިންގާފައެވެ. މި އޮޕަރޭޝަން ހިންގީ، މާލޭ ކޮމާޝަލް ހާބަރުގައެވެ.

މިއޮޕަރޭޝަންގައި ”ޖެނެރަލް ކާގޯ“ގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލާ ފާސްކުރިއިރު، އެ ޝިޕްމަންޓުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ. އެ ތަކެތި މިހާރު ހުރީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައެވެ.

މި މައްސަލަ ކަސްޓަމްސްއިން ދަނީ، އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކަސްޓަމްސްއިން ވަނީ މި މަހުގެ 14 އަދި 15 ވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުގައި ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން 1،108 ވޭޕް ކާޓްރިޖު އަދި 27 ޑިވައިސް ހޯދާފައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *