ސްކޭމްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ހިރި ނިއުސް
ޖޫން 18, 2026

ސްކޭމްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވަނީ އެމީހާގެ ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ.

ފުލުހުން ވިދާޅުވެފައިވަނީ ވީޑިއޯ އިން ފެންނަ މީހާއަކީ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ، ސްކޭމްގެ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެފައިވާ މީހެއްކަމަށެވެ. ނަމަވެސް އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ މިހާތަނަށް ހޯދިފައިނުވަނީ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.  ”ވީމާ، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެންޓި ސްކޭމް ސެންޓަރުގެ ނަންބަރު 9212020 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.“

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *