އެމްޑީޕީގެ ހަރުޖެ ޖަލްސާއެއް ހިތަދޫގައި ބާއްވަނީ

މުހައްމަދު އަލީ
އޭޕްރިލް 24, 2025

އައްޑޫ ސިޓީ ހިތަދޫގައި އެމްޑީޕީން މިރޭ ހަރުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ. މިއީ މިހާރު އައްޑޫ ސިޓީއަށް ވަޑައިގެން ހުންނެވި، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ބައިވެރިވެ ވަޑައިގަންނަވާ ހަރުގެ ޖަލްސާއެއް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

މިރޭގެ ޖަލްސާ އޮންނާނީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އެމްޑީޕީ ހަރުގޭގައެވެ. މިޖަލްސާގައި ބައިވެރިވުމުގެ ދައުވަތު އެމްޑީޕީން ވަނީ އައްޑޫ ސިޓީގައި ތިބި އެމްޑީޕީގެ މެންބަރުންނަށާއި ސަޕޯޓަރުންނަށް ދީފައެވެ. މި ޖަލްސާ އެމްޑީޕީގެ ސޯޝަލް މީޑިއާއިން ލައިވް ކުރާނޭ ކަމަށްވެސް ބުނެފައިވެއެވެ.

އެމްޑީޕީގެ ރައީސް އައްޑުއަށް ވަޑައިގެން އުޅުއްވަނީ ކުރިއަށްއޮތް އިންތިޚާބުތަކާ ބެހޭގޮތުން ރައްޔިތުންނާ މަޝްވަރާ ކުރުމަށެވެ. އަދި ޕާޓީގެ ހަރަކާތްތަކާ ބެހޭގޮތުންވެސް މެމްބަރުންނާ ވާހަކަ ދައްކަވާނެއެވެ. އޭގެ އިތުރުން ސަރުކާރުގެ އަމަލުތައް މިހާރު ހުރިގޮތުން ޕާޓީން ދެން ކަންތައް ކުރަންވާ ގޮތާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރާނެއެވެ.

ޝާހިދު އައްޑުއަށް ވަޑައިގެންނެވީ އިއްޔެއެވެ. އެނބުރި މާލެ ވަޑައިގަންނަވާނީ މިމަހުގެ ފަންސަވީސް ވަނަ ދުވަހުއެވެ.

މި ލިޔުމާ ގުޅޭ