ގާނޫނީ ވެރިކަން ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރައްވާ ކަމަށާއި އަދި ނުވެސް ކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ރައީސް ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނުތައް ތަންފީޒުކުރުމުގައި، ގާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މި ގައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރަން ނުވެސް ކުރާނަން،“ ކަމަށެވެ.
އޭގެ އިތުރުން އެ މީހެއްގެ ހަސަބަކަށް ނުވަތަ ނަސަބަކަށް ނުވަތަ މަޤާމަކަށް ވެސް ނުބައްލަވާނޭ ކަމަށް ވިދާޅުވެފައިވެއެވެ. އަދި މުއްސަނދިކަމަކަށް، ރަހްމަތްތެރިކަމަކަށް، އަދި އާއިލީ ތިމާގެ ކަމަކަށް ވެސް ނުބައްލަވާނޭ ކަމަށް ވިދާޅުވެފައިވެއެވެ.
ައީސް ވިދާޅުވެފައިވަނީ ގާނޫނީ ވެރިކަން ހިންގުމަށްޓަކައި ސިޔާސީ ފިކުރަކަށް، އަދި އެ ނޫންވެސް ކަމަކަށް ބައްލަވައި، ”މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނުއޮންނާނޭ“ ކަމަށެވެ.
އެމަނިކުފާނު މިގޮތަށްވިދާޅުވެ ޕޯސްޓެއް ކުރެއްވީ މިމަހު އަށާރަވަނަ ދުވަހު މާލޭގެ ގެއަކުން އަންހެނަކު ވެއްޓުނުރޭ ޕާޓީކުރިކަމަށް ތުހުމަތު ކުރެވޭ، ރައީސް އޮފީހުގެ އަންޑަރސެކްރެޓަރީ ފޯރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން އިޒްދިޔާން މުހައްމަދު މައުމޫން އެމަގާމުން ވަކިކުރެއްވުމަފަހުގައެވެ. އަދި ހަމައެރޭ ޕާޓީ ކުރި ކަމަށް ތުހުމަތު ކުރެވިފައިވާ ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީ، ދާއޫދު އަހުމަދު، ވެސް މިއަދު ވަނީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައެވެ.






