އައްޑޫސިޓީ ހިތަދޫ އެމްޑީޕީގެ މެންބަރުން އަދިވެސް ތިބީ ގަދަކޮށް ކަމަށް އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އައްޑުއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރާ ބެހޭ ގޮތުން އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އައްޑޫގައި އެމްޑީޕީ ފަނޑުވުމެއްނެތް ކަމަށެވެ.
ޝާހިދު ވިދާޅުވެފައިވަނީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަދި ނާޒިލާއި، އެމްޑީޕީ ޓީމާއެކު މިއަދު ހެނދުނު އެދާއިރާގައި ތިބި އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރެއްވި ކަމަށެވެ. އަދި ޕާޓީގެ ކަންކަމާއި ކުރިއަށް އޮތް އިންތިޚާބުތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. ”ހިތަދޫ އެމްޑީޕީ މެމްބަރުން ތިބީ އަދިވެސް ގަދަކޮށް އެމްޑީޕީއާއެކު. އައްޑޫގައި އެމްޑީޕީ ފަނޑުވުމެއް ނެތް،“
ޝާހިދު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރު ނިންމަވާލެއްވުމަށްފަހު މާދަމާ މާލެ ވަޑައިގަންނަވާނެއެވެ.






