ރާއްޖެއާއި މެލޭޝިއާއިން ފަހުމުނާމާތަކެއްގައި ސޮއިކުރައްވައި

އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ދިވެހިސަރުކާރާއި މެލޭޝިޔާ ސަރުކާރާ ދެމެދު ސޮއިކުރައްވައި އެކްސްޗޭންޖް އޮފް ނޯޓްސް (އީ.އޯ.އެން) ބަދަލުކުރައްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ހާޒިރުގައި މެލޭޝިޔާގައެވެ. ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމަންޓް އޮފް މެލޭޝިއާ އޮން ކޯޕަރޭޝަން އިން ސްޕޯޓްސްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ […]
މެލޭޭޝިޔާގެ ވިޔަފާރިތަކަށް ރައީސް ދައުވަތު ދެއްވައިފި

މެލޭޝިއާގެ ވިޔަފާރިތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މެލޭޝިޔާގެ ވިޔަފާރިތަކަށް ދައުވަތު ދެއްވީ އެމަނިކުފާނު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދިޔަ މޯލްޑިވްސް- މެލޭޝިއާ ބިޒްނަސް ފޯރަމް 2025 ގައި ތަޤުރީރުކުރައްވަމުންނެވެ. ރައީސް ވިދާޅުވީ މެލޭޝިޔާގެ ވިޔާފާރިތަކުން ރާއްޖެއައިސް ދިވެހިރާއްޖޭގައި އުފެދިފައިވާ ވިޔަފާރީގެ އާ ފުރުސަތުތަކުގެ ބޭނުން ހިފުމަށެވެ. އޭގެތެރެއިން ދިވެހިރާއްޖެއަކީ މިހާރަށް ވުރެ ވަރުގަދަ، ވިޔާފާރިތަކަށް ފަހި އަދި މުސްތަޤުބަލަށް ތައްޔާރުވެފައިވާ ޤައުމަކަށް ހެދުމަށް ގެންގުޅޭ ތަސައްވުރުގައި ބައިވެރިވުމަށް އެދިވަޑައިގެންނެވިއެވެ. […]
އިސްލާމްދީނާއި ދިވެހިވަންތަކަން ހިފެހެއްޓުމަށް އިލްތިމާސް ކުރައްވައިފި

ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުން، އިސްލާމްދީނުގެ އުސޫލުތަކާއި ދިވެހި ވަންތަކަން ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާމްދީނުގެ އުސޫލުތަކަށް އަމަލުކޮށް، ފަޚުރުވެރި ދިވެހިންގެގޮތުގައި އަދި ދިވެހިވަންތަކަމުގައި ދިވެހި ޒުވާނުން ދެމިތިބުމަށް އިލްތިމާސްކުރައްވާފައެވެ. އެކި ކަންކަމުގައި، އެހެން ޤައުމުތަކުގައި ވަޒަންވެރިވެ ދިރިއުޅޭއިރު، ދީނުގެހަމަތައް ދޫކޮށްލެވޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. […]
ގައްދޫއިން ހުޅުމާލެ ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދަންފަށައިފި

މިހިނގާ އޭޕްރިލް 27 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި ”ބްރިލިއަންޓް ކެރިއަރ“ ނަމަކަށް ކިޔާ ދޯންޏެއް ގެއްލިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިރޭ ބުނެފައިވަނީ ގެއްލިގެން ހޯދަމުންދާ ދޯނީގައި ތިބީ 5 މީހުން ކަމަށެވެ. އެއީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ. ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ އޭޕްރީލް 27 ވަނަދުވަހުގެރޭ ދަންވަރު 2:40 ގައެވެ. އެއިރު ހުވަދޫ ކަނޑުން ވަންނަން ކައިރިވެފައިވާ ކަމަށް ކެޕްޓަން ބުނެފައިވާ ކަމަށް […]
ޔުމްނުގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަން އަލުން އެކުލަވާލައްވައިފި

މިހިނގާ އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ބަލަން ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނަށް ބަދަލު ގެންނަވައި އަލުން އެކުލަވާލައްވައިފިއެވެ. މިއީ މި މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، […]
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި

އެޕަލް ވޮޗް ގެންގުޅުއްވާ އުރީދޫ ކަސްޓަމަރުންނަށް އެޕަލް ވޮޗް ސެލިއުލަރ ސަރވިސްގެ ދަށުން އުރީދޫ އީސިމްގެ ޚިދުމަތް މިހާރު ބޭނުންކުރެވޭނޭ ކަމަށް އެކުންފުނީން ބުނެފިއެވެ. އުރީދޫ އީސިމް ވެއާރަބަލްސް ގެ ޚިދުމަތް އެޕްލް ވޮޗް ގެންގުޅުއްވާ ފަރާތް ތަކަށް ތައާރަފުކޮށްފާވާއިރު، މިހާރު ކުރިއަށް ދާ ހާއްސަ އޮފަރ ގެ ދަށުން ހިދުމަތް ނަންގަވާ ފަރާތްތަކަށް ހަ މަސް ދުވަހުގެ ހިލޭ އެޕަލް ވޮޗް ސެލިއުލާ ހިދުމަތް ލިބޭނޭ ކަމަށް މވެސް އުރީދޫން ވަނީ ބުނެފައެވެ. މި ޚާއްސަ […]
ޕަހަލްގަމް ހަމަލާގައި ޕާކިސްތާންގެ 3 މީހުން ބައިވެރިވޭ

ކަޝްމީރުގެ ޕަހަލްގާމް ވާދީގައި ޓޫރިސްޓުންނަށް ދިން 26 މީހުން މަރުވެފައިވާ ހަމަލާގައި ބައިވެރިވާ މީހުންގެ މައުލޫމާތު ހޯދައި ގަނެވިއްޖެއެވެ. އިންޑިއާގެ ޖާސޫސީ އިދާރާތަކުން ބުނެފައިވަނީ މި ހަމަލާ ދިނީ ލަޝްކަރު-އޭ-ތައިބާއާ ގުޅުން ހުރި ބަޔަކު ކަން ޔަގީން ވާކަމަށާއި އޭގައި ޕާކިސްތާންގެ 3 މީހުން ހިމެނޭ ކަމަށެވެ. އަދި މި ހަމަލާގައި ބައިވެރިވި މީހުންގެ އަދަދު އެ 3 މީހުންނަށް ވުރެން ގިނަ ކަމަށާއި، އެމީހުން ބޭނުންކޮށްފައިވަނީ ޒަމާނީ ހަތިޔާރާއި ޓެކްނޮލޮޖީ ކަމަށް އިންޑިއާއިން ބުނެފައިވެއެވެ. އިންޑިއާއިން އިތުރަށް […]
ކަޝްމީރުގައި ދިން ހަމަލާއާ ގުޅިގެން އިންޑިއާއިން ޕާކިސްތާނުގެ ޗެނަލްތައް ބްލޮކްކޮށްފި

އިންޑިއާގެ ކަޝްމީރުގެ ޕަހަލްގަމްގައި މި މަހުގެ 22 ވަނަ ދުވަހު ޓޫރިސްޓުންނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި 26 މީހުން މަރުވުމާ ގުޅިގެން، އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރު ވެއްޖެއެވެ. އިތުރު އައު ފިޔަވަޅުތަކާއެކު އިންޑިއާ ސަރުކާރުން ވަނީ ޕާކިސްތާނުގެ ގިނަ އަދަދެއްގެ މީޑިއާ ޗެނަލްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތަކަށް އިންޑިއާއިން ނު ވަދެވޭ ގޮތަށް ބްލޮކްކުރަން ފަށާފައެވެ. އިންޑިއާ ސަރުކާރުން މިހާތަނަށް ބްލޮކްކޮށްފައިވާ ޗެނަލްތަކުގެ ތެރޭގައި ޕާކިސްތާނުގެ މަޝްހޫރު ނޫސްތަކުގެ ޔޫޓިއުބް […]
މެލޭޝިޔާ ސަރުކާރުން ރައީސަށް ހޫނުމަރުހަބާއެއް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް މެލޭޝިއާ ސަރުކާރުން ރަސްމީ ގޮތުން މަރްޙަބާ ދަންނަވައިފިއެވެ. މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު މެލޭޝިއާގެ ޕުޓުރާޖާޔާގައި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ޕުޓުރާޖާޔާއަށް ވަޑައިގަތުމުން މަރްޙަބާ ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ. އަދި އެއަށްފަހު މެލޭޝިއާގެ އަސްކަރީން ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައިވާ ކަމަށް ރައީސް އޮފީހުން […]
ވަގަށް ގޯތި ދިން މައްސަލައިގެ ތަހިގީގަށް ބޭނުންވާ އެއްވެސް ލިއުމެއް އަދާފައެއްނުވޭ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މާލޭ މީހުންނަށް ގޯތި ދޭން ކުރިއަށްގެންދިޔަ ”ބިންވެރިޔާ“ ސްކީމުގެ އުސޫލުން ބޭރުން ލިސްޓުގައި ނުވެސް ނެތް ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް ދޫކުރި ކަމަށް ތުހުމަތުވާ މައްސަލައިިގެ ތަހުގީގަށް ބޭނުންވާ އެއްވެސް ލިޔެކިއުމެއް، ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި އަނދާފައިނުވާކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، މިނިސްޓްރީ ރޯވި ހާދިސާގައި އެފަދަ ލިޔުންތައް ނެތިގެން ގޮސްފައިވޭތޯ ގަލޮޅު ދެކުނު ދާއިރާގެ […]