ޒުވާނުންގެ މުޒާހަރާގައި އެމްޑީޕީ ބައިވެރިވެއްޖެ

މިރޭ އެމްޑީޕީން ބޭއްވި ކުއްލި ގައުމީ މަޖިލީހުން ފާސްކޮށްގެން ޒުވާނުންގެ މުޒާހަރާގައި އެޕާޓީން ބައިވެރިވެއްޖެއެވެ. މިރޭގެ ގައުމީ މަޖިލިސްގެ ބައްދަލުވުމަކީ ލީޑަރޝިޕް ރެޕިޑް ރެސްޕޮންސް ޓީމް (އެލްއާރުއާރުޓީ) އިން އެދިގެން ބޭއްވި ބައްދަލުވުމެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެޓީމުން ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމީ ރޭ ޒުވާނުން ބޭއްވި މުޒާހަރާ ފުލުހުން ރޫޅާލުމުން އެކަންސިޔާސީވީކަމަށްބުނެ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި މައިންބަފައިން ވެސް މުޒާހަރާގައި ބައިވެރިވުމަށް ޒުވާނުންގެ ފަރާތުން ގޮވާލުމުން އެކަމަށް ގޮތެއް ނިންމުމަށެވެ. މިއަދު ހަވީރު […]
އުރީދޫ: އުމްރާ ދަތުރުގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި!

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކުރިއަށް ދާ ލިވް އަންލިމިޓެޑް ކެމްޕެއިންގެ ދަށުން ތައާރަފްކުރި ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ލަކީ ޑްރޯ ޕްރޮމޯޝަން ގެ ފުރަތަމަ ނަސީބުވެރިޔާ މިއަދު އިއުލާނުކޮށްފިއެވެ. ފުރަތަމަ އުމްރާ ދަތުރުގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ އަހުމަދު ސައްދާމެވެ. އުރީދޫން ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި އުމްރާ އަށާރަ ދަތުރުގެ އެބައޮތް ކަމަށާއި އޭގެ ނަސީބުވެރިއަކަށް ވުމުގެ ފުރުސަތު އަދިވެސް އުރީދޫ ކަސްޓަމަރުންނަށް އެބަ އޮތް ކަމަށެވެ. […]
ރައީސް ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާދަމާ ނޫސްވެރިންނާ ބައްދަލުކުރައްވާނޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހީނާ މިކަން ހާމަކުރައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ނޫސްވެރިންނާ ބައްދަލު ކުރައްވަނީ ކޮންކަމާކާ ކަމެއް ވިދާޅުވެފައެއް ނުވެއެވެ. މިދުވަސްވަރަކީ ޒުވާން އަންހެން ކުއްޖަކު އިމާރާތެއްގެ މަތިން ވެއްޓުނު މައްސަލަ ހޫނުވެ މަގުމަތީގައި ޒުވާނުން މުޒާހަރާ ކުރަމުންދާ ދުވަސްވަރެކެވެ. ޒުވާނުންގެ ޑިމާންޑުތަކަށް ސަރުކާރުން އަޅާނުލާ ކަމަށްބުނެ ޒުވާނުން ރޭ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް […]
ރައްޔިތުންގެ ފަރާތުން ބަހެއް ބުނެލަން އޮތީ އެމްޑީޕީ: ފައްޔާޒު

ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމަށް ރައްޔިތުންގެ ފަރާތުން ބަހެއް ބުނެލަން އޮތީ އެމްޑީޕީގެ އިތުރުން އިދިކޮޅު ބައެއް ޕާޓީތައް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދަޅުވެއްޖެއެވެ. މިރޭ އެޕާޓީން ބޭއްވި ކުއްލި ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ އަޑު ކަނޑުވާލާފައި ކަމަށެވެ. އޭގެ އިތުރުން މިހާރު ރާއްޖޭގައި ކޯޓެއްނެތް ކަމަށްވެސް ވިދާޅުވިއެވެ. ބަސް ބުނަންތިބި މިނިވަން މުއައްސަސާތައް ވަނީ ރައީސް ޑރ. މުއިއްޒުގެ ކޮންޓްރޯލް […]
ޔުމްނުގެ ހާދިސާ ހިނގިގޮތް ހާމަކޮށްދޭން ގޮވާލުމަކީ ކުރަންވާނޭ ކަމެއް

ގެއެއްގެ ފުރާޅެއްގެ މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓުމުން އެކުއްޖާ އެތަނަށް ދޫކޮށްލާފައި އޮތުމުން އެކަން ހިނގިގޮތް ”ޝައްކެއްނެތް މިންވަރަށް“ ހާމަކޮށްދޭން ގޮވާލުމަކީ ކޮންމެ ރައްޔިތަކުވެސް ކުރަން ޖެހޭކަމެއް ކަމަށް މާލޭސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އެކްސްގައި އޭނާ ވިދާޅުވެފައިވަނީ ”އަނިޔާވެރި ގޮތަކަށް ފުރާޅެއްގެ މައްޗަށް ކުއްޖަކު ދޫކޮށްލާފަ އޮތުމުން އެކަން ހިނގިގޮތް ޝައްކެއްނެތް މިންވަރަށް ހާމަކޮށްދޭން ގޮވާލުމަކީ ކޮންމެ ރައްޔިތަކުވެސް ކުރަން ޖެހޭކަމެއް“ ކަމަށެވެ. އެކަމަށް ގޮވާލުމަކީ ކުށެއް ވެސް ނޫންކަމަށް ވިދާޅުވެފައިވެއެވެ. މޭޔަރު […]
ޒުވާނުންނަށް ސާބަސް ދެމުން ޑެމްސްއިން ޒުވާނުންގެ މުޒާހަރާއާ ގުޅެނީ

އުމުރުން އެކާވީސް އަހަރުގެ ހައްވާ ޔުމްނަށް އިންސާފު ހޯދައިދިނުމަށް ޒުވާނުން ކުރަމުންދާ ސިލްސިލާ މުޒާހަރާގައި ބައިވެރިވުމަށް ދަ ޑިމޮކްރެޓްސް ޕާޓީން ނިމްނައިފިއެވެ. އެޕާޓިން މިގޮތަށް ނިންމީ މިއަދު ހަވީރު ބޭއްވި ނުރަސްމީ އެސެމްބްލީގައި ކަމަށް އެޕާޓީގެ ރައީސް އިންތިޔާޒު ފަހުމީ ވިދާޅުވިއެވެ. އެޕާޓީން މި މުޒާހަރާގައި ބައިވެރިވާނީ ކުލައާއި ދިދަ ބޭނުންނުކޮށް ކަމަށް ވެސް މިއަދުގެ އެސެންބްލީން ވަނީ ނިންމައިފައެވެ. ”މި އިހުތިޖާޖުގައި މިޕާޓީން ބައިވެރިވެ ޒުވާނުން އެދޭ އެހީތެރިކަމެއް އެދޭ މިންވަރަކަށް ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް […]
ސަރުކާރުން ވަނީ އިންސާފުވެރި ތަހުގީގެއް ކުރެވޭނޭ މަގު ކޮށައިދީފައި

ޒުވާން އަންހެންކުއްޖަކު އިމާރާތަކުން ވެއްޓުނު ހާދިސާ އާއި ގުޅިގެން އެމައްސަލަ ބެލުމުގައި ފުލުހުންގެ އިހްމާލު އޮތް ކަމަށް ބުނެ، ޒުވާނުން ކުދިބަޔަކު މުޒާހަރާ ކުރަން ފެށުމާއެކު ސަރުކާރުންވަނީ އެކަށީގެންވާ ހަރުދަނާ ގޮތެއްގައި އެމައްސަލަ ބަލައި އިންސާފުވެރި ތަހުގީގެއް ކުރެވޭނޭ ހުރިހާ މަގެއް ކޮށައިދީފައި ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ. ”ނަމަވެސް ޒިންމާދާރުކަމެއް ނެތް އިދިކޮޅު ސިޔާސީފަރާތްތައް އަޑީގައި ތިބެގެން، ހިންގާ ޕޮރޮޕަގެންޑާތަކުގެ އަވާގައި ޖެހި،ފާއިތުވި ރޭތަކުގައި މުޒާހަރާ ކުރަމުން ދިޔަ ޒުވާނުންވަނީ އާންމު […]
ޒުވާނުންގެ މުޒަހަރާ ރޫޅާލީ ސަބަބު ފުލުހުން ބުނެފި

ޔުމްނު އަށް އިންސާފު ހޯދައިދިނުމަށް ޒުވާނުން ކުރަމުންދިޔަ މުޒާހަރާ ރޫޅާލި ސަބަބުން ފުލުހުން ބުނެދީފިއެވެ. ފުލުހުން ބުނީ މުޒާހަރާ ރޫޅާލީ ދަރިވަރުންގެ ތައުލީމީ މަސްލަހަތަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ. މީގެ އިތުރުން ފުލުހުން ބުނެފައިވަނީ މާދަމާއަކީ ޖީސީއީ އޯލެވެލް އިމްތިހާނަށް ގިނަދަރިވަރުން ހާޒިރުވާންޖެހޭ ދުވަހަކަށްވުމާއެކު އެކިރޭމަތީން ތަކުރާރުކޮށް މުޒާހަރާގެ ބައިވެރިންނަށް ނަސޭހަތްތެރިވެ ގާނޫނީ އިންޒާރު ދީފައިވާނޭ ކަމަށެވެ. ފުލުހުން ބުނެފައިވަނީ ދުއްވާ އުޅަނދުފަހަރަށް މަޖީދީމަގު ބަންދުވާ ގޮތަށް ބައެއް ޒުވާނުން […]
މަހުޒޫމް ހައްޔަރުކުރީ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރުމުން

ޒުވާނުންގެ ސުލްހަވެރި މުޒާހަރާ އިން މިރޭ ހައްޔަރުކުރި ދެ ޒުވާނުން ހައްޔަރުކުރި ސަބަބު ފުލުހުން ހާމަކޮށްފިއެވެ. މިރޭގެ އިހްތިޖާޖުގެ ތެރެއިން ހައްޔަރުކޮށްފައިވަނީ، ނ.ކުޑަފަރި، ބަގީޗާގެ، ޢަބްދުﷲ މަޙްޒޫމް މާޖިދު (28އ) އާއި މ. ހަސްތީ/ ޢާއިޝަތު ޝިމަން އަޙްމަދު (19އ) އެވެ. ފުލުހުން ބުނީ ޢަބްދުﷲ މަޙްޒޫމް މާޖިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ޢާއިޝަތު ޝިމަން […]
މުޒާހަރާ ސިޔާސީވެއްޖެ، ޕާޓީތައް ބައިވެރިވުމަށް ޒުވާނުންވަނީ ގޮވާލައިފައި

ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ޒުވާނުން ކުރަމުންދާ މުޒާހަރާ ފުލުހުން އަނިޔާވެރިވި ހީސާބުން ސިޔާސީ މުޒާހަރާއަކަށް ބަދަލު ވެއްޖެ ކަމަށް ޒުވާނުން ބުނެފިއެވެ. އެއާއެކު މުޒާހަރާގައި ބައިވެރިވުމަށް މަދަނީ ޖަމިއްޔާތަކާއި ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކަށް ޒުވާނުން މިރޭ ވަނީ ގޮވާލައިފައެވެ. ”ރީތިކޮށް މުޒާހަރާގައި ތިއްބާ ފުލުހުން އައިސްވަނީ އަނިޔާވެރި ގޮތަކަށް މުޒާހަރާ ރޫޅާލައި ޕެޕަރސްޕްރޭ ޖަހައިފައި. މިއީ ބަލައިގަނެވޭނޭ ކަމެއްނޫން. ޒުވާނުންގެ މުޒާހަރާ ސިޔާސީ ކުރިޔަސް ކުރިން ކޮށްފައިވާ ދިހަ ޑިމާންޑަށް އެއްވެސް ބަދަލެއް […]
