ހައްޔަރުކުރި ދެ ޒުވާނުން މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

މާލޭގައި ޒުވާނުން މިހާރު ކުރަމުންދާ ސުލްހަވެރި މުޒާހަރާއިން މިރޭ ފުލުހުން ހައްޔަރުކުރި ދެ ޒުވާނުން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން ދޫކޮށްލުމަށް އެމްޑީޕީން ގޮވާލައިފިއެވެ. މާލޭގެ ގެއަކުން ވެއްޓި އަނިލިޔާ ލިބިފައިވާ ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް އެދި ޒުވާނުން ކުރަމުންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން މިރޭ ހައްޔަރުކޮށްފައިވަނީ އައިޝަތު ޝިމަން އަހުމަދާއި އަބްދުﷲ މަހުޒޫ މާޖިދެވެ. މުޒާހަރާގެ ބައިވެރިން  ބުނެފައިވަނީ މުޒާހަރާ ރޫޅާލުމަށް ފުލުހުން ބައިވެރިންގެ ތެރެއަށް ވަދެގަތީ އެއްވެސް އިންޒާރެއް އަދި އެއްވެސް […]

ޒުވާނުންގެ މުޒާހަރާއަށް ޕެޕަރސްޕްރޭ ޖަހައި ދެ ޒުވާނަކު ހައްޔަރުކޮށްފި

ހައްވާ ޔުމްނުއަށް އިންސާފު ހޯދައިދިނުމުގެ ނަމުގައި ޒުވާނުން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިރޭގެ މުޒާހަރާ ހޫނުވެ ފުލުހުންވަނީ ޕެޕަރ ސްޕްރޭ ޖަހައިފިއެވެ. މުޒާހަރާގެ ބައެއް ބައިވެރިން ބުނެފައިވަނީ ސްޕްރޭ ޖަހާފައިވަނީ ސީދާ ލޮލަށް ކަމަށެވެ. އެވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ނޫސްވެރިންނާ ދިމާއަށް ވެސް ފުލުހުން ޕެޕަރސްޕްރޭ ޖެހިކަމަށް ބުނެފައިވެއެވެ. ސްޕްރޭ ޖެހުމަށްފަހު ފުލުހުންވަނި މުޒާހަރާ ލީޑުކުރަމުންދިޔަ ޒުވާނުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައެވެ. އެއީ  އާއިޝަތު ޝިމަން އަހުމަދާއި، އަބްދުﷲ މަހުޒޫމެވެ. މި މުޒާހަރާގައި ފުލުހުންވަނީ […]