ރައުދު ދޫކޮށްލުމަށްފަހު އަނެއްކާ ހައްޔަރު ކޮށްފި

ދެހާސް ފަންސަވީސް ވަނަ އަހަރު އެޕްރީލްމަހު އަށާރަ ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައިވާ ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް ބަންދުން ދޫކޮށްލުމަށްފަހު މާގިނައިރެއް ނުވެ އަނެއްކާވެސް ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ އޭނާ ދޫކޮށްލީ ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކެއް ހުރުމުން ކަމަށެވެ. އެހެންނަމަވެސް އެކަން ހަމަޖެއްސުމަށްފަހު ކޯޓުގެ އައު އަމުރެއްގެ ދަށުން މިއަދު ވަނީ އަލުން ހައްޔަރުކޮށްފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން އޭނާ […]

ބީއެމްއެލްގެ ޖަމާއަތުގެ ފައިދާގެ މަސައްކަތުން

ބީއެމްއެލްއިން ވަނީ މޯލްޑިވްސް އެކްސްޕޯ 2025 ގެ މައި ސްޕޮންސަރަކަށްވެސް ވެފައެވެ. މިއީ ދިވެހި ޘަޤާފަތާއި، އައު އީޖާދުތަކާއި، ވިޔަފާރިވެރިކަމާއި، އުފެއްދުންތެރި ހުނަރުވެރިކަން ދައްކުވައިދޭ ޤައުމީ ފެންވަރުގެ މުހިންމު ހަރަކާތެކެވެ. ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ އިންވެސްޓްމަންޓްގެ އެހީތެރިކަމާއެކު، ޔުނިޓީ ސްޕޯޓްސް އެކަޑަމީން މީޑިއާ އަދި ގޭމް ލެބެއް ހުޅުވައިފިއެވެ. މިއީ ށ. ފުނަދޫގައި ހަރަކާތްތެރިވާ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ޔުނިޓީ ސްޕޯޓްސް އެކަޑަމީން ފުނަދޫ ސްކޫލުގައި ހުޅުވި ތަނެކެވެ. މި އިސްނެގުމުގެ […]

ދައުވާ އުފުލި ފަރާތަކީ ދެކުނު އެފްރިކާ

ޓްރަމްޕް ވަނީ ވައިޓް ހައުސްގައި ދެކުނު އެފްރިކާގެ ރައީސާ ބައްދަލު ކުރައްވާފައެވެ. މި ދައުވާ އުފުލި ފަރާތަކީ ދެކުނު އެފްރިކާއެވެ. ޓްރަމްޕް ވަނީ މި ދައުވާއިން ނަތަންޔާހޫ ސަލާމަތް ވާނެ ކަމަށް ބުނެފައެވެ. ޓްރަމްޕް އެހެން ބުނެފައި ވަނީ، އައިސީސީއާ ދެކޮޅަށް ފިޔަވަޅު އަޅައި އެކޯޓުގެ މައްސަކަތް ޓްރަމްޕް ހުއްޓުވާފައިވާތީ މި 4 އަހަރު ތެރޭ އެއްވެސް ކަމެއް ކުރިއަށް ނުދާނެ ކަން ސާބިތު ކޮށްދިނުމުގެ ގޮތުންނެވެ.

ކަރީމް ޚާން ބްލެކް މެއިލް ކޮށްފި

އިޒްރޭލުން ވަނީ ހައްޔަރު އަމުރު ނެރުމާ ގުޅިގެން އައިސީސީގެ މުވައްޒަފަކު ލައްވައި ޗީފް ޕްރޮސެކިއުޓާ ކަރީމް ޚާން ބްލެކް މެއިލް ކުރުމަށް އޮޕަރޭޝަނެއް ހިންގާފައެވެ. އޭނާ މިހާރު ހުރީ މައްސަލައާ ދުރަށް ޖެހި ޗުއްޓީއެއްގައެވެ. އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ) އިން ނެތަންޔާހޫ އާއި ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓާ ދެކޮޅަށް ނެރެފައިވާ ހައްޔަރު އަމުރު ބާޠިލްކުރުމަށް އިޒްރޭލުން ކުރި މަސައްކަތް ބަލައިނުގަންނާނެ ކަމަށް ޑެޕިއުޓީ ޕްރޮސެކިއުޓަރ ނަޒްހަތު ޚާން ބުނެފިއެވެ. އޭނާ ވަނީ އެކަން […]

ސިންދޫރާ ބެހޭ މައުލޫމާތު ދޭންދާ ވަފްދު

ބޭރު ގައުމުތަކަށް އޮޕަރޭޝަން ސިންދޫރާ ބެހޭ ގޮތުން މައުލޫމާތު ދޭންދާ ވަފްދުގައި އުވައިސީއާއި، ކަނިމޮޒީ އަދި ސަންޖޭ ކުމާރު ޖާ ފަދަ އިދިކޮޅު ފަރާތްތަކުގެ ލީޑަރުން ހިމެނެއެވެ. މި ވަފްދުގައި މިރްޒާގެ ބައިވެރިވުމުގެ މަޤްޞަދަކީ ޕާކިސްތާންގެ ދަށުގައި އޮންނަ ކަޝްމީރުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެފައިވާ ދަތިތަކާއި، ހައްދުފަހަނައަޅާފައިވާ ފިކުރުތަކަށް ޕާކިސްތާނުން އެހީވާ ކަމަށް ބުނެ އެކަން ފާހަގަކޮށް، މި މައްސަލައަށް ޙައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ހޯދުމެވެ. ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ޖައްމޫ އަދި ކަޝްމީރުގެ […]

ބްރެއިން-ކޮމްޕިއުޓަރ އިންޓަރފޭސް ޓެކްނޮލޮޖީ

ޔޫއޭއީ-ޕްރައިމް ޓްރަޔަލްގައި އަމާޒުކުރާނީ ނާރުތަކަށް ގެއްލުން ލިބިގެން ނުކުޅެދިފައިވާ ފަދަ ހާލަތްތަކުގެ ސަބަބުން އަސަރުކޮށްފައިވާ މީހުންނަށެވެ. މި ޓްރަޔަލްގައި ބަލާނީ މި ފަދި ފަދަ މީހުންނަށް މި ޑިވައިސް ބޭނުންކޮށްގެން މުޢާމަލާތުކުރެވޭނެ ގޮތްތަކާ ބޭހޭ ގޮތުންނެވެ. އަބޫދާބީގެ ޑިޕާޓްމަންޓް އޮފް ހެލްތުގެ ޗެއަރމަން މަންސޫރު އަލް މަންސޫރީ މި ޓްރަޔަލް ސިފަކުރެއްވީ ”ދުނިޔޭގެ ފެންވަރުގައި ބްރެއިން-ކޮމްޕިއުޓަރ އިންޓަރފޭސް ޓެކްނޮލޮޖީ ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް“ ގެ ގޮތުގައެވެ. ނިއުރޯޓެކްނޮލޮޖީގެ ދާއިރާގައި ފާހަގަކޮށްލެވޭ ކުރިއެރުމެއްގެ ގޮތުގައި، އެމެރިކާއިން އިން […]

އިންޑިއާގެ ސްމާޓްފޯނު އެކްސްޕޯޓް

ކައުންޓަރޕޮއިންޓް ރިސަރޗްގެ ރިޕޯޓުން ދައްކާގޮތުގައި، 2024 ގައި އިންޑިއާގެ ސްމާޓްފޯނު އެކްސްޕޯޓްގެ 94 އިންސައްތަ ހިއްސާކުރަނީ އެޕަލް އަދި ސެމްސަންގެވެ. މި ދެ ކުންފުނިން ޤައުމުގައި އުފެއްދުންތެރިކަމަށް ކުރަމުންދާ އިންވެސްޓްމަންޓްތަކުގެ ސަބަބުން ސްމާޓްފޯނު ޤައުމުގެ އެންމެ މަތީ އެކްސްޕޯޓް މުދަލަށް ބަދަލު ކުރެވިފައި ވެއެވެ. އިންޑިއާ ސަރުކާރުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި،25 ވަނަ މާލީ އަހަރުގައި ސްމާޓްފޯނުތައް ވަނީ ރަސްމީކޮށް އިންޑިއާއިން އެންމެ ގިނައިން އެކްސްޕޯޓްކުރާ މުދަލަށްވެފައެވެ. އަދި، ޕެޓްރޯލިއަމް އުފެއްދުންތަކާއި ގަހަނާގެ އެކްޕޯޓަށް ވުރެން […]

ޔޫއޭއީން އިޒްރޭލު ސަލާމަތް ކޮށްދެނީ

އިޒްރޭލުގެ ހަނގުރާމައިގެ ޖަރީމާތަކާއި ގަތުލުއާންމަށް ބައިނަލްއަގްވާމީ ފިއްތުން އިތުރު ވަމުން ދިއުމާ ގުޅިގެން ޔޫއޭއީން ބުނަނީ އިޒްރޭލުން މިހާރު ކާނާގެ އެހީ ވެއްދުމަށް އެއްބަސްވެއްޖެ ކަމަށެވެ. ޔޫއޭއީން ބައިނަލްއަގްވާމީ މުޖުތަމައުގައި އިޒްރޭލާ ގުޅިގެން އަނދުން އަޅުވަން މަސައްކަތް ކުރާއިރު ޔަހޫދީންގެ އިސްވެރިން ބުނަނީ ޣައްޒާއަށް ބޮން އަޅައި ކުޑަ ކުދިންވެސް މަރާލަންވީ ކަމަށެވެ. ޔޫއޭއީގެ ދައުލަތުގެ ނޫސް އެޖެންސީ ވެމް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް މަގުފަހި ކުރުމަށް ޔޫއޭއީއާއި އިޒްރޭލުގެ ޚާރިޖީ ވަޒީރުން […]

ސްކޫލަށް ނާޒީ ސިފައިން ހަމަލަ ދީފި

ފަލަސްތީނުގެ އެޑިއުކޭޝަން މިނިސްޓްރީން ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ޤުދުސްގެ ސްކޫލަކަށް ވަދެ ކަރުނަ ގޭސް ދަޅުތައް އޮއްސާލި ކަމަށާއި އެކަމުގެ ސަބަބުން ބައެއް ދަރިވަރުންނަށް ނޭވާ ލުމަށް ދަތިތަކެއް ދިމާވި ކަމަށެވެ. މި ހަމަލަ ދިނުމަށްފަހު، ޔަހޫދީ ސިފައިން ވަނީ ފަލަސްތީނުގެ ދަރިވަރުން އުފުލާ ބަސްތައް ޝުއަފާތު ރެފިއުޖީ ކޭމްޕަށް ވަންނަން ދިމާކުރުމުން ހުރަސް އަޅާފައެވެ. އަދި ދަރިވަރުންނަށް މަޖުބޫރުކޮށްގެން ބަހުން ފޭބުމަށް އަންގައި ރެފިއުޖީ ކޭމްޕާ ގުދުސް ވަކިކުރާ އަސްކަރީ ޗެކްޕޮއިންޓް […]

ޔޫރަޕް މީހުންނާ ދިމާއަށް ބަޑި ޖަހައިފި

އިޒްރޭލުގެ ސިފައިން ވަނީ އަރަބި އަދި ޔޫރަޕްގެ 25 ސަފީރުންނާއި ކޮންސުލް ޖެނަރަލުންގެ އިތުރުން ޔޫރަޕިއަން ޔޫނިއަން އާއި އދ ގެ ރެފިއުޖީންނާ ބެހޭ އިދާރާގެ މަސްއޫލުވެރިން ޖެނިންއާ ކައިރިވަނިކޮށް، އެމީހުންނާ ދިމާއަށް ބަޑި ޖަހާފައެވެ. އެކަމާ ގުޅިގެން އެމީހުން ވަނީ ވަގުތުން ދަތުރު ނިންމާލާފައެވެ. އިޒްރޭލު ސިފައިން ދޮގު ހަދަމުން ބުނީ ޑިޕްލޮމެޓިކް ވަފުދު ”އެމީހުން ދަތުރު ކުރަން ކަނޑައަޅާފައި އޮތް މަގުން ކަސިޔާރުވެ“ ކޭމްޕްގެ މަނާ ސަރަހައްދަކަށް ވަނީ ކަމަށެވެ. ހުޅަނގު އައްސޭރީގެ އުތުރުގައި […]