އެއީ ”ނާޒީ“ ބާރެއް

އިޒްރޭލުގެ ދިދައާއި ބްރިގޭޑުގެ ނިޝާނާއެކު ސިފައިން ތިބި ފޮޓޯތައް ދައުރުވުމާ ގުޅިގެން އަރަބި ސޯޝަލް މީޑިއާގައާއި ފަލަސްޠީނަށް ތާއީދުކުރާ ޖަމާޢަތްތަކުން ރުޅިވެރިކަން ފާޅުކޮށްފައިވެއެވެ. އޮންލައިންގައި ދައުރުވަމުންދާ ފޮޓޯތަކުގައި ދައްކައިދެނީ، ޣައްޒާގައި ދިގު މުއްދަތެއް ވަންދެން ގަތުލުއާންމު ހިންގުމުގެ ތުހުމަތު ކުރެވެމުން އައި ޔުނިޓެއް ކަމަށްވާ ގޯލާނީ ބްރިގޭޑުގެ މެންބަރުންގެ، 40 އަށްވުރެ ގިނަ ޤައުމުތަކުގެ ސިފައިންނާއެކު އެކުގައި ތަމްރީންތަކުގައި ބައިވެރިވަމުންދާ މަންޒަރެވެ. އެމެރިކާގެ އިސްނެގުމުގެ މަތިން މޮރޮކޯގައި ބާއްވާ އެފްރިކަން ލަޔަން 2025 ސިފައިންގެ ތަމްރީންގައި އިޒްރޭލުގެ […]

އޭނާގެ ދީނާއި ޝަރަފު ނަގައިލީ                     

”ދާއިޝް“ ޖަމާޢަތުން ސޫރިޔާގެ އިންތިޤާލީ ރައީސް އަޙްމަދު އައްޝަރުޢުއަށް ހަރުކަށި ޙަމަލާއެއް ބަހުގެ ހަމަލައެއް ދިނީ، ”އަންނަބާ“ ނަމަކަށް ކިޔާ އެ ޖަމާޢަތުގެ ހަފްތާ ނޫހުގެ އައު އަދަދެއްގެ އެޑިޓޯރިއަލްގައެވެ. މި އެޑިޓޯރިއަލްގައި ބުނަނީ ޖައުލާނީ އިނީ ޓްރަމްޕްގެ ދޮރުމަތީގައި ހުއްޓިލައިގެން ކަމަށެވެ.  ސޫރިޔާގެ ވަގުތީ ރައީސް އަހުމަދު އައްޝަރުއު ޖައުލާނީ، އިސްލާމީ ޝަރީއަތް ދޫކޮށްލައްވައި، އެމެރިކާ ރައީސް ރުއްސަވަން މަސައްކަތް ކުރައްވަނީކަމަށް، ބުނެ ދާޢިޝް ޖަމާއަތުން އޭނާއާ ދެކޮޅަށް ނިކުންނަން ނިންމައިފިއެވެ. މި މަޒުމޫނުގައި ބަޔާންކޮށްފައިވަނީ […]

ހަނގުރާމައިގެ މަޤްޞަދެއް ނެތް

އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު އެހޫދު އޮލްމަރޓް ވަނީ ”މިހާރު އިޒްރޭލުން ޣައްޒާގައި ހިންގަމުން ގެންދާ ޖަރީމާތަކަކީ، ”ހަނގުރާމައިގެ ޖަރީމަތަކާ ވަރަށް ގާތް“ ޖަރީމާތަކެއް ކަމަށް ބުނެފައެވެ. ޔަހޫދީ ޕާލެމްންޓްގެ ނައިބު ރައީސް ނިސީމް ވަތޫރީ ބުނީ ”އޮލްމަރޓަކީ އިޒްރޭލު އުފެދުނީއްސުރެ އެންމެ ކޮރަޕްޝަން ބޮޑު ބޮޑުވަޒީރު ކަމަށާއި، އަމިއްލަ ނަފްސަށް ނަފްރަތުކުރުން އޭނާގެ ކިބައިގައި އަށަގެންފައިވާ“ ކަމަށެވެ. އަދި އޭނާ އިތުރަށް ބުނީ އޮލްމާތަކީ ”ހަމާސްގެ ބަންގި ގޮވައިދޭ މީހެއް“ ކަމަށެވެ. ބްރިޓިޝް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (ބީބީސީ) […]

އެފްރިކާގެ ޖައްވީ އިދާރާ އެފްސާ

އެފްރިކާގެ ޖައްވީ އިދާރާ އެފްރިކަން ސްޕޭސް އެޖެންސީ (އެފްސާ)، އިފްތިތާޙު ކުރީ މިސްރުގެ ސްޕޭސް ސިޓީގައެވެ. އެފްސާ އަކީ، އެފްރިކަން ޔޫނިއަންގެ އެޖެންޑާ 2063 ގެ ދަށުން، ދުރުން ބިން ބެލުމަށާއި އަވަސް އިންޒާރުދިނުމުގެ ނިޒާމުތައް ރަނގަޅުކުރުމަށް ހިންގޭ ބޭރު ޖައްވުގެ މަސައްކަތްތައް ވިލަރެސްކުރާ އިދާރާއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެފްރިކާއަށް ބޮޑަށް އަސަރުކުރާއިރު، އެ ބައްރުން ތިމާވެށްޓަށް ދޫކުރާ ވިހަ ގޭސްތައް ނިސްބަތުން މަދުކަމުގައި ވިޔަސް، ރަނގަޅު ފެންވަރުގެ މަޢުލޫމާތު ނެތުމުގެ ސަބަބުން ކާރިސާތަކަށް […]

އިޒްރޭލުން އީރާނަށް ހަމަލައެއް ދީފާނެ

އިޒްރޭލު ނުބައި މިސްކޮށް ފިޔަވަޅު އެޅެމުންދާއިރު އިޒްރޭލުން އީރާނަށް ހަމަލައެއް ދީފާނެ ކަމަށް އެމެރިކާއަށް އައު އިންޓެލިޖެންސް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އެމީހުން އިތުރަށް ބުނެފައިވަނީ ”އިޒްރޭލުން އީރާނުގެ ނިއުކްލިއަރ ފެސިލިޓީއަކަށް ހަމަލާދިނުމުގެ ފުރުސަތު ފާއިތުވި މަސްތަކުގައި ފާހަގަކުރެވޭ ވަރަށް އިތުރުވެފައިވާ“ ކަމަށެވެ. އަދި ”އެމެރިކާ-އީރާން އެއްބަސްވުމަކުން އީރާނުގެ ހުރިހާ ޔުރޭނިއަމް ނައްތާނުލެވޭނެކަމުގެ ފުރުސަތު އޮތުމުން އިޒްރޭލުގެ ހަމަލާގެ ފުރުސަތު އިތުރުވާނެ“ ކަމަށެވެ. ”ސީ އެން އެން“ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުގެ އުދުވާނީ ތައްޔާރީތަކުގެ ތެރޭގައި، […]

ދުނިޔެ މަތީގެ އެންމެ ބޮޑެތި ވަގުން

އިރާނުގެ ރައީސް އިޒްރޭލުގެ އިސްތިއުމާރަށް ފާޑުކިޔުއްވަމުން ވިދާޅުވީ ”އެމީހުން ޣައްޒާގައި 60،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި، އިންސސާނީ ޝަރަފު ރައްކާތެރިކުރާ ކަމަށް ދަޢުވާކުރާއިރު، ރައްޔިތުންނަށް ފެނާއި، ކާނާއާއި، ބޭސް ލިބުން ހުއްޓުވާފައި“ ވާކަމަށެވެ. ކުރިން ޕަޒްޝަކިޔާން، ޓްރަމްޕްގެ ބަޔާންތަކަށް ރައްދު ދެއްވަމުން ސުވާލުކުރެއްވީ: ”ކޮން ވިސްނުމަކުން ތޯ އެމީހުން ސުލްޙަވެރިކަން ގެނުވާ ބައެއްކަމަށް އެ ދަޢުވާކުރަނީ؟  ސަރަޙައްދުގެ ޤައުމުތަކަށް ހަތިޔާރާއި، ބޮންތަކާއި، މިސައިލްތައް ފޮނުވަމުންދާއިރު އެހެން ދައުވާ ކުރެވޭނީ ކިހިނެއްތޯ؟“ އަދި ”ކިހިނެއްތޯ އެމީހުން އަޅުގަނޑުމެންނަކީ […]

ޔަހޫދީ ފިރިހެނުން ހަމާސް ދެކެ ބިރުގަނޭ

ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސްއަށް ބިރުން އިޒްރޭލު ޔަހޫދީ ފިރިހެނުން ހަނގުރާމައިގައި ހަމާސްއާ ކުރިމަތިލާން ބޭނުމެއް ނުވެއެވެ. އެހެންވެ، އިޒްރޭލުގެ ކޮންމެ 5 ސިފައިންގެ ތެރޭން އެކަކަކީ މިހާރު އަންހެނެކެވެ. އިޒްރޭލު ޕާލަމެންޓްގައި ބުނެފައި ވަނީ މިހާރު އަންހެން ސިފައިންގެ އަދަދު 20.9 އިންސައްތައަށް އަރާފައިވާ ކަމަށެވެ. ސިފައިންގެ މަގާމުތަކުގެ 58 އިންސައްތައަށް ވެސް މިހާރު އަންހެނުންނަށްދީ ފިރިހެނުން ފަހަތަށް ޖެހިފައި ވެއެވެ. ޔަހޫދީ އަންހެނުން ބައިވެރި ކުރުމުން ދިމާވާ މައްސަލައަކީ އުސޫލީ ތާލިބާން ވައްތަރު […]

ޚަރަދު 20 އިންސައްތަ ދަށަށް

މި އަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދު މިދިޔަ އަހަރާ އަޅާބަލާއިރު 20.3 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ހާމަކޮށްފިއެވެ. މީގެ އިތުރުން ރިކަރަންޓް ޚަރަދުގެ މިންވަރުވެސް 4.5 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް އެ މިނިސްޓްރީން ރިޕޯޓުކޮށްފައި ވެއެވެ. ފިނޭންސް މިނިސްޓްރީން ނެރުނު ”ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް“ ރިޕޯޓުގައިވާ ގޮތުން، މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 12.9 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި […]

އިމާރާތް ދަށުވެ ހަލާކުވީ ޔަހޫދީ މީހާ

އިޒްރޭލު ސިފައިންގެ ރޭޑިއޯގެ ރިޕޯޓަރު ހާމަކުރި ގޮތުގައި އިޒްރޭލުގެ ސިފައިންގެ ޓެރަރިސްޓުން 4 ބުރީގެ އިމާރާތަކަށް ބޮން އަޅަން ވަނެވެ. އަދި އެތަން ގޮއްވާލުމުން ހަމާސްއިން ކުރިން ތައްޔާރުކޮށްފައި ހުރި އަދަވަޅެއްކަމުން މި މީހުން އިމާރާތް ގޮވައިގެން އިމާރާތް ދަށުވެ ހަލާކުވީ ޔަހޫދީ މީހާ ހަލާކުވީއެވެ. އޭނާ އިތުރަށް ބުނި ގޮތުގައި، ސަލާމަތްކުރާ ބާރުތަކުން ގިނަ ގަޑިއިރުތަކެއް ވަންދަންދެން އެ ތަނުގައި މަސައްކަތްކޮށްފައިވަނީ ނައްތާލެވުނު ސިފައިންގެ ޓެރަރިސްޓް ނެގުމަށެވެ. މެންދުރުފަހުގެ ގަޑިތަކުގައި ފެށިމަސައްކަތް އެމީހުންނަށް ރޭގަނޑު ނިންމާލެވުނު […]

އައިއޯރާގެ ބައްދަލުވުމުގައި ޑރ. ޚަލީލު

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން  (އައިއޯރާ) ގެ މިނިސްޓަރުންގެ ކައުންސިލްގެ 24 ވަނަ ބައްދަލުވުމުގައި، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ އިންޑިއާ ކަނޑުގެ ސަރަޙައްދަށް ނުރައްކާވެފައިވާ ކަންކަމާ ކުރިމަތިލުމަށް ސަރަޙައްދީ ގޮތުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. މީގެ ތެރޭގައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ޤާނޫނާ ޚިލާފަށް، ރިޕޯޓު ނުކޮށް ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުން ހިމެނެއެވެ. ”އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި އިންޑިއަން އޯޝަނެއް“ މި ޝިޢާރުގެ […]