"އޮލްމާތަކީ "ހަމާސަށް ބަންގި ގޮވައިދޭ މީހެއް

އިބްރާހީމްް ސަމީރު
މެއި 22, 2025

އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު އެހޫދު އޮލްމަރޓް ވަނީ ”މިހާރު އިޒްރޭލުން ޣައްޒާގައި ހިންގަމުން ގެންދާ ޖަރީމާތަކަކީ، ”ހަނގުރާމައިގެ ޖަރީމަތަކާ ވަރަށް ގާތް“ ޖަރީމާތަކެއް ކަމަށް ބުނެފައެވެ.

ޔަހޫދީ ޕާލެމްންޓްގެ ނައިބު ރައީސް ނިސީމް ވަތޫރީ ބުނީ ”އޮލްމަރޓަކީ އިޒްރޭލު އުފެދުނީއްސުރެ އެންމެ ކޮރަޕްޝަން ބޮޑު ބޮޑުވަޒީރު ކަމަށާއި، އަމިއްލަ ނަފްސަށް ނަފްރަތުކުރުން އޭނާގެ ކިބައިގައި އަށަގެންފައިވާ“ ކަމަށެވެ.

އަދި އޭނާ އިތުރަށް ބުނީ އޮލްމާތަކީ ”ހަމާސްގެ ބަންގި ގޮވައިދޭ މީހެއް“ ކަމަށެވެ. ބްރިޓިޝް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (ބީބީސީ) އާ ދެއްކި ވާހަކައެއްގައި އޮލްމަރޓް ވަނީ ”މި ހަނގުރާމައިގެ އެއްވެސް މަޤްޞަދެއް ނެތް ކަމަށާއި، ޣައްޒާގައި ތިބި އިޒްރޭލުގެ ހަނގުރާމައިގ އަސީރުންގެ ފުރާނަ ސަލާމަތްކުރެވިދާނެ އެއްވެސް ކަމެއް ހާސިލުކުރުމުގެ ފުރުޞަތެއް ނެތް“ ކަމަށް ބުނެފައެވެ.

މި ވާހަކައަކީ އިޒްރޭލުގެ ”ޑިމޮކްރެޓްސް“ ޕާޓީގެ ރައީސް ޔައީރު ގޯލާން ވެސް އިޒްރޭލު ނަތަންޔާހޫ ސަރުކާރަށް ފާޑުކީ ފަހުން އައިސްފައިވާ ވާހަކައެކެވެ. ގޯލާން ބުނެފައި ވަނީ ”ބުއްދިވެރި ދައުލަތަކުން ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައެއް ނުކުރާނެ، އަދި އެފަދަ ބަޔަކު ކުޑަކުދިން މެރުމަކީ ހިތްހަމަޖެހުމަށް ނޫނީ ފޫހި ފިލުވުމަށް ކުރާ ކަމަކަށް ނުހަދާނެ، އަދި އަމިއްލައަށް ރައްޔިތުން ގެ ބަޔަކު ވަޒަނުން ބޭރު ކުރުމުގެ ލަނޑުދަނޑިއަކަށް މަސައްކަތް ނުކުރާނެ“ ކަމަށެވެ. އޯލްމާތު ބީބީސީއާއި ވާހަކަ ދެއްކީ ގޯލާންގެ ވވާހަކައަށް އިރުކޮލެއް ފަހުންނެވެ،

އޮލްމަރޓްގެ ބަޔާނ އިޒްރޭލުގެ އެންމެ މަތީ ސިޔާސީ ފަންތިތަކުން ދަނީ އެކަން ކުށްވެރި ކުރަމުންނެވެ. ތަޢުލީމީ ވަޒީރު ޔޯއާވް ކިޝް މިކަމަށް ރައްދުދެމުން ބުނީ: ”ޖަލުން ދޫކޮށްލެވުނު އެހޫދު އޮލްމަރޓް ވަނީ ޔައީރު ގޯލަން އަދި ހައްދުފަހަނައަޅާފައިވާ ވާތު ފިކުރުގެ މީހުންނާ ގުޅި، ބައިނަލްއަޤްވާމީ މައިދާނުގައި އިޒްރޭލުގެ ނަން ހުތުރު ކުރުމަށް ވާހަކަ ދައްކަން ފަށާފައެވެ.“

އޭނާ އިތުރަށް ބުނީ އޮލްމަރޓް ”އިޒްރޭލާ ދެކޮޅަށް ރޭވުންރާވައި ފުރަގަހުން ވަޅިހަރަނީ“ ކަމަށެވެ. އަދި އޯލްމާތަށް މުޚާޠަބުކޮށް ބުނީ: ”ލަދުގަންނާށެވެ.“

މި ލިޔުމާ ގުޅޭ