ރައުދުގެ ބަންދަށް ފަސް ދުވަސް

އެޕްރީލް އަށާރަ ވަނަ ދުވަހު ހ. މިޓާޒް ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްޔަވާ ޔުމްނު ރަޝީދުގެ މައްސަލާގައި ހައްޔަރު ކޮށްފައިވާ ގ. އެރިއަދޫ ރައުދު އަހުމްދު ޒިލާލް ފަސް ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. މި މައްސަލާގައި އޭނާ ފުރަތަމަ ހައްޔަރު ކުރީ އެޕްރީލް ސައުވީސް ވަނަ ދުވަހުއެވެ. އެފަހަރު އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިދިނެވެ. އެ މުއްދަތު ހަމަވުމުން އިތުރު ދިހަ ދުވަހަށް ބަންދުކުރިއެވެ. އެފަހުން އަނެއްކާ އިތުރު ފަސް […]
ހައްޔަރު އަމުރު ބާޠިލްކުރުމަށް

އިޒްރޭލުން ވަނީ ހައްޔަރު އަމުރު ނެރުމާ ގުޅިގެން އައިސީސީގެ މުވައްޒަފަކު ލައްވައި ޗީފް ޕްރޮސެކިއުޓާ ކަރީމް ޚާން ބްލެކް މެއިލް ކުރުމަށް އޮޕަރޭޝަނެއް ހިންގާފައެވެ. އޭނާ މިހާރު ހުރީ މައްސަލައާ ދުރަށް ޖެހި ޗުއްޓީއެއްގައެވެ. ނަޒްހަރު ޚާން ބުނެފައި ވަނީ ކަރީމް ޚާން ނެތަސް ޕްރޮސީޖާއާ އެއްގޮތަށް ނެރެފައިވާ އަމުރެއް އުވައެއް ނުލެވޭނެ ކަމަށެވެ. ޔަހޫދީން ވަނީ އޭނާއަށް ލޮޓިއެއް ދޭނެ ކަމަށް އިންޒާރު ދީފައެވެ. އަދި އޭނާ ވަނީ އެ އަމުރު ނެރުމަށް ކޯޓުގެ އިޚްތިޞާޞް […]
ރިކަރަންޓް ހަރަދުގެ ގޮތުގައި 11.8 ބިލިއަން ރުފިޔާ

މި އަހަރު ދައުލަތުގެ ހަރަދުން ކުރި މިންވަރު މިދިޔަ އަހަރަށްވުރެ 20.3 އިންސައްތަ ދަށަށް ގޮސް، ރިކަރަންޓް ހަރަދުގެ މިންވަރުވެސް މިދިޔަ އަހަރާ އަޅާބަލާއިރު 4.5 އިންސައްތަ ދަށަށް ގޮސްފި އެވެ. ދައުލަތުގެ ބަޖެޓުން މި މަހުގެ 15 ގެ ނިޔަލަށް ރިކަރަންޓް ހަރަދުގެ ގޮތުގައި 11.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު ރިކަރަންޓް ހަރަދުގެ ގޮތުގައި ރެކޯޑްކޮށްފައިވާ މިންވަރަށްވުރެ 4.5 އިންސައްތަ ދަށް އަދަދެކެވެ. ރިކަރަންޓް ހަރަދުގެ ތެރެއިން 4.8 ބިލިޔަން […]
ސީއައިއޭ އިމާރާތް ބަންދު

ވަރޖީނިއާ ސްޓޭޓްގެ ލޭންގްލީގައި ހުންނަ އެމެރިކާގެ މަރުކަޒީ ޖާސޫސީ ސީއައިއޭގެ އޮފީހުގެ ސެކިއުރިޓީ އޮފިސަރުން ވަނީ މައި ގޭޓު ކައިރިން ކާރެއްގައި އައި އަންހެނަކާ ކުރިމަތިލައިފައެވެ. އަދި މި އަންހެން މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ސީއައިއޭގެ މައި ގޭޓު ވަނީ ބަންދުކޮށްފައެވެ. އަދި މުވައްޒަފުންނަށް ވަނީ އެހެން މަގުތަކުން އޮފީހަށް އައުމަށް އަންގާފައެވެ. މި ހާދިސާއަކީ ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ސީއައިއޭގެ މައި އޮފީހުގެ ކުރިމަތީގައި ހިނަގި މިފަދަ ދެވަނަ […]
ހިއުމަނޮއިޑް ރޮބޮޓުތަކުގެ ވަގުތު ޖެހިއްޖެ

މަސްނޫއީ ބުއްދިގެ ސަބަބުން ބައެއް ވަޒީފާތައް ނެތިގެން ދިޔަ ނަމަވެސް އައު ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށް އޯލްޓްމަން ބުނެއެވެ. ނަމަވެސް އިންސާނުންނާ އެއްގޮތަށް އަމަލުތައް ބަހައްޓާ ރޮބޮޓުތަކުގެ ސަބަބުން މަސައްކަތުގެ ދާއިރާއަށް އަންނާނެ ބަދަލުތަކަށް މުޖުތަމައު ތައްޔާރު ކުރުމަކީ މިހާރު އޭނާގެ ގޮވައި ލުމެވެ. ”ހިއުމަނޮއިޑް ރޮބޮޓުތަކުގެ ވަގުތު އަންނާނީ އަހަރުމެން ހީކުރާވަރަށްވުރެ މާ ބާރަށް އަވަހަށް،“ އޯލްޓްމަން ބުންޏެވެ. މަސައްކަތުގެ ދާއިރާއަށް އަންނާނެ ބޮޑެތި ބަދަލުތަކަށް ތައްޔާރުވާން ޖެހޭނެ ކަމަށް ބުނެއެވެ. މަސްނޫއީ ބުއްދިއާއި އިންސާނުންނާ […]
އިންޑިއާގެ ކްރިއޭޓަރ އިކޮނޮމީ

މުންބާއީގައި ބޭއްވުނު ވޭވްސް 2025 ގައި ހާމަކުރެވުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އިންޑިއާގައި 2 އާއި 2.5 މިލިއަނެއްހައި އެކްޓިވް ޑިޖިޓަލް ކްރިއޭޓަރުން ތިބެއެވެ. މިއީ 1،000 އަށްވުރެ ގިނަ ފޮލޯވަރުން ތިބޭ ފަރާތްތަކެވެ. މީގެ ތެރެއިން 8-10 އިންސައްތަ މީހުން އަމިއްލައަށް އެ މަސައްކަތުން މިހާރު އެކަށީގެންވާ ގޮތެއްގައި ފައިސާ ހޯދަމުންދެއެވެ. މިގޮތުން 20-25 ބިލިއަން ޑޮލަރުގެ އާމްދަނީގެ އިގްތިސާދަށް ލިބެމުންދާއިރު، 2030 ވަނަ އަހަރާ ހަމައަށް މި އަދަދު 100-125 ބިލިއަން ޑޮލަރަށް އަރާނެކަމަށް […]
ފަނޑިޔާރުންގެ އަމަލުތަކަށް ޒިންމާ ކުރެވޭނެ: އުމަރު

ސަރުކާރުތަކާ ޑީލް ހަދައިގެން ފަޑިޔާރު ކަމުގެ މަގާމްތަކުގެ ކުރިއެރުން ހޯދި ފަރާތްތައް އެމީހުންގެ އަމަލު ތަކުގެ މައްޗަށް އިންސާފު ކުރެވޭނޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން ސަރުކާރުތަކާ ޑީލް ނުހަދައިގެން ފަޑިޔާރުކަން ގެއްލުނު މީހުންގެ އަމަލުތަކަށް ވެސް އިންސާފު ކުރެވޭނޭ ކަމަށް އުމަރު ވިދާޅުވިއެވެ. ”ސަރުކާރުތަކާ ޑީލް ހަދައިގެން ފަނޑިޔާރު ކަމުގެ މަގާމްތަކުގެ ކުރިއެރުން ހޯދިފަރާތްތަކާއި، ސަރުކާރުތަކާ ޑީލް ނުހަދައިގެން ފަޑިޔާރުކަން ގެއްލުނު މީހުނާ، މި އެންމެނަށް، އެމީހުންގެ އަމަލު […]
ޖާސޫސްކޮށް ޑޭޓާ ހޯދަފާނެ ކަމުގެ ބިރު

އެންމެ ފަހުން ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވަނީ ޗައިނާގެ ޔުނިޓްރީ ރޮބޮޓިކްސްއިން އުފައްދާފައިވާ ގޯ1 ކުއްތާ ރޮބޮޓުތަކުގައި ގޮތް ނޭނގޭ ކޯޑުތަކެއް އަޅާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ހުއްދައަކާ ނުލައި، ލައިވް ކެމެރާ ފީޑުތަކަށް ވަދެވޭނެއެވެ. އަދި ދުރުން އެތަކެތި ކޮންޓްރޯލްކުރެވޭނެ ފުރުސަތު އޮތްކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ސިނާއީ މަސައްކަތް ކުރާ ތަންތަނާއި އަދި ރިސަރޗް ފަދަ މަސައްކަތުގެ މުހިންމު ދާއިރާތަކަށް ޖާސޫސްކޮށް ޑޭޓާ ހޯދަފާނެ ކަމުގެ ބިރު އޮތް ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ސަލާމަތީ ފަރާތްތަކުން […]
ފީލްޑް މާޝަލް ސައްޔިދު އާސިމް މުނީރު

އިއްޔެ އިސްލާމާބާދުގެ އީވާނޭ ސަދުރުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި އަސާ ހަވާލުކޮށް ދެވުނު، އާސިމް މުނީރުގެ ތަރި ވިލާދީ، އޮޕަރޭޝަން ބުންޔާނުން މަރުސޫސުންނެވެ. އޭނާއަކީ ކުރިން ބާލާކޯޓުގެ ދުވަސްވަރު ސިފައިންގެ ޖާސޫސީ އިދަރާގެ އިސްވެރިއަކަށް ހުންނވި ފަރާތެވެ. ދެކުނު އޭޝިއާގައި ސިފައިންގެ ޚިދުމަތުގައި ހުންނެވި ހަމައެކަނި ފީލްޑް މާޝަލްގެ މަގާމަށް ޕާކިސްތާން ސިފައިންގެ ވެރިޔާ އާސިމް މުނީރު ޕްރޮމޯޓު ކުރެއްވުމާ ގުޅިގެން އޭނާއަށް ފީލްޑް މާޝަލްގެ މަޤާމުގެ އަސާ ޙަވާލުކޮށް ދެއްވައިފިއެވެ. މިއަސާ ހަވާލުކޮށް ދެއްވީ ޕާކިސްތާންގެ […]
ޗައިނާގެ މުދަލަށް ބަރޯސާވުން

ޔޫރަޕިއަން ޔޫނިއަނުން ބޭނުންވަނީ ޗައިނާގެ މުދަލަށް ބަރޯސާވުން ކުޑަކޮށް އެއިން މިނިވަންވާށެވެ. ޕިރިއަސް ޕޯޓު މެދުވެރިކޮށް ޔޫރަޕަށް ވަގަށް މުދާ އެތެރެކުރުމާއި ތިމާވެށްޓާ ގުޅޭ މައްސަލަތަކުގެ ރިޕޯޓުތަކުން ކަންބޮޑުވުން އުފެދިފައިވެއެވެ. ކަނަތުފިޔާގެ ސިޔާސީ ވިސްނުމުގެ މީހުން ދަނީ، ޗައިނާގެ މުދަލަށް ބަރޯސާވުން މަދުކުރުމަށް އެދިފައިވެއެވެ. ޗައިނާއާއި ޔޫރަޕްގެ ވިޔަފާރީގެ ގުޅުމަކީ މޫސުމީ ގުޅުމެކެވެ. ބައެއް މޫސުމަށް ރަނގަޅުވެފައި އަނެއް މޫސުމަށް ނުބައި ވެއެވެ. ޔޫރަޕިއަން ޔޫނިއަންގެ އައު ގަވާއިދުތަކުން ދައްކުވައިދެނީ ޗައިނާއާއެކު އޮތް ގުޅުން ރަނގަޅަށް ބަލަހައްޓަމުން، […]
