ޤަތަރުން ޓްރަމްޕަށް ހަދިޔާ ކުރި އުދުހޭ ގަނޑުވަރު

ޤަތަރުން ޓްރަމްޕަށް ހަދިޔާ ކުރި އުދުހޭ ގަނޑުވަރު ރަސްމީކޮށް އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ގަބޫލު ކުރައްވައިފިއެވެ. ޓްރަމްޕް ވިދާޅުވީ މި ބޯޓު ބައްލަވައި ގަތީ ޓެކްސް ފައިސާ ސަލާމަތް ކުރައްވާށެވެ. ނަމަވެސް އޭނާގެ ދެކޮޅު ވެރިން ވަނީ މި ކަމާ ދެކޮޅަށް ވާހަކަ ދައްކާފައެވެ. ”ހިލޭ އެއްޗެއް ލިބެން އޮއްވާ ސަތޭކަ މިލިއަން ޑޮލަރު ދައްކަން ރައްޔިތުންނަށް މަޖުބޫރުކުރަންވީ ކީއްވެގެންތޯ؟“ މެދުއިރުމައްޗަށް ކުރެއްވި ދަތުރުގައި ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާގައި ޕޯސްޓްކުރެއްވިއެވެ. ނަމަވެސް، އެހެން […]
”އޮޕަރޭޝަން ސިންދޫރު“ ގެ މައުލޫމާތު ދިނުން

އިންޑިއާއިން ވަނީ 7 މެއިގައި ޕާކިސްތާނާއި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައި ހުރި 9 ޓެރަރިސްޓު ކޭމްޕަކަށް ހަމަލަ ދީފައެވެ. އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް، 23 މެއި އިން ފެށިގެން، ޕާލަމެންޓްގެ 51 މެމްބަރުންނާއި ކުރީގެ 8 އެމްބެސެޑަރުން ހިމެނޭ ހުރިހައި ޕާޓީތަކުގެ 7 ވަފްދެއް އެކި ގައުމުތަކަށް ޒިޔާރަތް ކުރާނެއެވެ. މި ވަފްދުތައް އދގެ ސެކިއުރިޓީ ކައުންސިލްގެ މެމްބަރުންނާއެކު ޖުމުލަ 32 ގައުމަކަށް ޒިޔާރަތް ކުރާނެއެވެ. މި މަސައްކަތުގެ މަޤްޞަދަކީ ޕާކިސްތާނާ ދެކޮޅަށް ވާހަކަ […]
ޖައިޝަންކަރު ޑެންމާކުގައި

އިންޑިއާގެ ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރު ޑެންމާކުގެ ވެރިރަށް ކޯޕެންހޭގަނަށް ޒިޔާރަތްކުރެއްވީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށެވެ. އޭނާ ޑެންމާކުގެ ބޮޑުވަޒީރު މެޓެ ފްރެޑެރިކްސެންއަށް ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި، ޚާއްޞަކޮށް ފަހަކަށް އައިސް ޕަހަލްގާމްގައި ހިނގި ހަމަލާއަށްފަހު، ޑެންމާކުން ދިން ވަރުގަދަ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. ޖައިޝަންކަރު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހެޔޮ އެދުން އަރިސްކުރައްވައި، ޑެންމާކުން ދެއްކެވި އެއްބައިވަންތަކަމަށް ތަޢުރީފުކުރައްވާފައެވެ. އޭނާ ޑެންމާކުގެ […]
10 ވަނަ ފަހަރަށް ވަޒަނުން ބޭރުކޮށްލައިފި

ޣައްޒާގެ ގިނަ ރައްޔިތުން މިހާރު ވަނީ 10 ވަނަ ފަހަރަށް އެމީހުންގެ ސާމާން ކޮޅު ހިފައިގެން އެހެން ރައްކާތެރި ކަމަށް ބެލެވޭ ހިސާބުތަކަށް ދަތުރު ފަށާފައެވެ. މީހުން ދަނީ އެމީހުންގެ ވަގުތީ ޓެންޓުތައް ނަގައި ބޮނޑި ބަންނަމުންނެވެ. މިއަދު ދީފައިވާ އިންޒާރާއެކު ގިނަ މީހުން ތިބީ ޣައްޒާ ސިޓީގެ ކަނޑުގެ އައްސޭރިފަށުގައި މަގުމަތީގައެވެ. މިއީ ކުރިން މީހުން ގިނައިން ޒިޔާރަތްކުރާ ތަނެއް ނަމަވެސް، މިހާރު ވަނީ މީހުން ތޮތް ޖެހިފައިވާ ކޭމްޕަކަށް ބަދަލުވެފައެވެ. މީހުން ނިދަނީ ކާޑުބޯޑު […]
އެޕަލްގެ އައިފޯން 16

މިހާރު އައިފޯންތަކުގެ 75 އިންސައްތަ އުފައްދަނީ ޗައިނާގައެވެ. އަދި އިންޑިއާގެ ހިއްސާއަކީ 18 އިންސައްތައެވެ. ޓާޓާ އިލެކްޓްރޯނިކްސްއިން އެޕަލްގެ އައިފޯން 16 އަދި 16އީ މޮޑެލްތައް އެސެމްބްލްކުރަން ފަށައިފިއެވެ. މިއީ ސްމާޓްފޯނުގެ ސަޕްލައި ޗެއިންގައި މުހިންމު ދައުރެއް އަދާކުރާ ފަރާތަކަށް އިންޑިއާ ހެދުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ. މި ޓާޓާ ފެކްޓްރީއަކީ ކުރިން އައިފޯންގެ ބޭރު ތޮށިގަނޑު އުފެއްދުމަށް ޚާއްސަ ފެކްޓްރިއެކެވެ. މި ޕްލާންޓްގައި މިހާރު ދެ އެސެމްބްލީ ލައިން ވަނީ ޤާއިމުކޮށްފައެވެ. އަދި ކުރި މަގުގައި […]
ލާހޫރޭ އުދުހޭ ބޮން

އިންޑިއާއިން މަސައްކަތް ކުރަނީ ގްރޫޕެއްގެ ގޮތުގައި ބޭނުން ކުރެވޭ ޑްރޯންތަކާއި މަތީގައި ލާހޫރޭ ވަޒަން ހަރުކޮށްފައިވާ ގޮއްވާލާ ޒާތުގެ އުދުހޭ ބޮން ވެސް އަވަހަށް، އަދި ގިނައިން އުފައްދާށެވެ. އަވަސް ގޮތަކަށް ޤައުމުގެ ދިފާޢީ ޤާބިލުކަން އިތުރު ކުރަން ޖެހޭ ކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ. ހިންދުސްތާން އެރޮނޯޓިކްސް ލިމިޓެޑް (ހާލް) އިން ވަނީ ޖެޓް އިންޖީނު ހަރުކުރެވިފައިވާ ވައްތަރުގެ ބޮޑު ސައިޒްގެ ޑްރޯނެއްވެސް އުފެއްދުމަށް ހުށަހަޅާފައެވެ. އަދި މި ޔޫއޭވީގެ ސްޕީޑާއި ބަރުދަން އުފުލުމުގެ ޤާބިލުކަމަށްޓަކައި […]
ފުރިހަމައަށް ލިޔަންކިޔަން އެނގުން

ލިޔަން ކިޔަން ދަތުމާ ގުޅޭ ގޮތުން، 2023 ގައި ކުރެވުނު ސަރވޭއަކުން ދައްކާގޮތުގައި 15 އަހަރުން މަތީގެ 3،026 މީހުންނަކީ ލިޔަންކިޔަން ނޭނގޭ މީހުންނެވެ. އޭގެ ތެރެއިން 1،692 މީހުން ވަނީ ހިލޭ ބާހަކަށް ލިޔަން ކިޔަން ދަސްކޮށް ދިނުމަށް މަސައްކަތް ކުރާ 292 މުދައްރިސުންގެ އިރުޝާދުގެ ދަށުން ކިޔެވުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެފައެވެ. އިންޑިއާގެ 2011 ގެ ބޯ ހިމެނުމުގައި ލިޔަންކިޔަން ދަންނަ މިންވަރު އެއިރު، 3 ވަނައަށް އެންމެ މަތިކޮށް ހުރީ މިޒޯރާމް ގައެވެ. އެއީ […]
ޓްރަމްޕް ދެއްކި ފޭކު ވާހަކަ

ވައިޓްހައުސްގައި ބޭއްވުނު ވިޔަފާރިއަށް އަމާޒުކުރެވިފައިވާ ބައްދަލުވުމެއްގައި، ޓްރަމްޕް ވަނީ ފޭކު ވާހަކަތަކެއް ދައްކާފައެވެ. ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާއާއި ޓްރަމްޕްގެ ބައްދަލު ވުން ފެށުނީ އާދައިގެމަތިން ނިކަން ތަހުޒީބު ގޮތަކަށެވެ. ނަމަވެސް އެސާގހިތަކުން ޓްރަމްޕްގެ ބުލީ ކުރާ މިޒާޖު، އޭނާ ޔުކްރެއިންގެ ރައީސާ ބައްދަލު ކުރެއްވި ދުވަހު ބަދަލު ވެގެން ދިޔަގޮތަށް ބަދަލު ވެއްޖެއެވެ. އަދި ރަންފޯސާގެ ގައުމުގެ ނަން ހުތުރު ވާގޮތަށް ތުހުމަތުތައް ކުރައްވަން ފެށްޓެވިއެވެ. ރަންފޯސާ ވަނީ ޓްރަމްޕްގެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އަދި […]
ޕާރުސަލުން ދެ ޔޫރޯ

ޔޫރަޕިއަން ޔޫނިއަނަށް ވަންނަ އަގުހެޔޮ ޕެކޭޖުތަކަށް 2 ޔޫރޯ (ގާތްގަނޑަކަށް 2.25 ޑޮލަރު) ގެ ފީއެއް ނެގުމަށް ނިންމީ، ޓެމޫ އަދި ޝެއިން ފަދަ ޗައިނީޒް އީ-ކޮމާސް ޕްލެޓްފޯމްތަކުން އަންނަ އަގުހެޔޮ މުދަލުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ގެއްލުން ލިބޭތީ ކަމަށް ބުނެއެވެ. އީޔޫން ބޭނުން ވަނީ، 150 ޔޫރޯ (168.75 ޑޮލަރު) އަށްވުރެ ދަށް އަގުގެ ޕާރްސަލްތަކަށް ކުރިން ދީފައިޥާ ލުއި މުރާޖައާކޮށް، ފީއެއް ނަގަން ފަށާށެވެ. ޔޫރަޕިއަން ޔޫނިއަންގެ ވިޔަފާރީގެ އިސްވެރިޔާ މާރޯސް ސެފްކޮވިޗް […]
ދެ ޔަހޫދީންތަ މުހިންމީ؟

ބަނޑަށް ޖައްސައިގެން ޔަހޫދީން ވަނީ ޣައްޒާގައި 29 ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން މަރާލާފައެވެ. އޭގެ އިތުރުން އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކުވެސް ހައިހޫނުކަމުގެ ވޭނުގައި އުޅޭ އިރު އަރަބިން ތިބެނީ ކައިގެންނެވެ. ”ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް 29 ކުޑަކުދިން ގެއްލިއްޖެ،“ ފަލަސްތީނުގެ ސިއްޙީ ވަޒީރު މާޖިދް އަބޫ ރަމަޟާން ނޫސްވެރިންނަށް ވިދާޅުވިއެވެ. އޭނާ އެ މަރުތައް ސިފަކުރެއްވީ ”ބަނޑުހައިހޫނުކަމާ ގުޅުންހުރި މަރުތަކެއް“ ގެ ގޮތުގައެވެ. އޭނާ ފަހުން އިތުރަށް ސާފުކޮށްދެއްވި ގޮތުގައި […]
