މަސްތުވާ ތަކެއްޗާއެކު ވެލިދޫން ދެ މީހަކު ހައްޔަރުކޮށްފި

ނ. ވެލިދޫގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރަމުންދިޔަ ދެ މީހަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މި ދެމީހުން ހައްޔަރުކޮށްފައިވަނީ ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދެގެއެއް ބަލައި ފާސްކުރުމަށްފަހު ކަމަށެވެ. މި އޮޕަރޭޝަން ހިނގާފައިވަނީ މެއި މަހު 23 ވަނަ ދުވަހުއެވެ. އެ ދެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، އޭގެ ވަގުތީ ބަރުދަނަކީ 7.7 ގުރާމު ހުރިކަމަށް ފުލުހުން ވިދާޅުވިއެވެ. […]
ހުޅުމާލޭގެ އައު މާސްޓަރޕްލޭނަކީ ތަރައްޤީ ޔަޤީންކުރެވޭނެ ޕްލޭނެއް: ރައީސް

ހުޅުމާލޭގެ އައު މާސްޓަރޕްލޭނަކީ ދުރުރާސްތާއަށް ވިސްނައިގެން، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ޔަޤީންކުރެވޭނެ މާސްޓަރޕްލޭނެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭން އަދި ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ބަދަލުގެނެވިފައިވާ ރަސްމީ ވެބްސައިޓް އިފުތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ. ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމުން ގާތްގަނޑަކަށް 3 ލައްކައެއްހާ ރައްޔިތުންނަށް، ފެންވަރު ރަނގަޅު ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު އެތައް […]
ރައީސްގެ ޚާއްސަ މަންދޫބަކަށް ކުރީގެ ރައީސް ޑރ. ވަހީދު

ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ. އެމަގާމަށް އައްޔަން ކުރެއްވީ މއ. ޔުރީކާ، ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަނެވެ. މި މަގާމް ހަވާލު ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަނަކީ ބައިނަލް އަގުވާމީ ތަޖުރިބާ ގިނަ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަޤާމު ފުރުއްވައިފިއެވެ. […]
