އަންހެނުން ބާރުވެރިކޮށް ޒުވާނުން ކުރިމަގަށް ތައްޔާރު ކުރުން

އޭޝިއާ ޕާލަމެންޓޭރިއަނުންގެ އާބާދީއާއި ތަރައްޤީއާ ބެހޭ ފޯރަމްގެ ޒުވާނުން ބިނާ ކުރުމާ ބެހޭ ހިންގާ ކޮމިޓީގެ ސަރަހައްދީ ބައްދަލުވުމުގެ ޖަލްސާ ރާއްޖޭގައި އިފްތިތާހު ކޮށްފިއެވެ. މި ޖަލްސާ އިފްތިތާޙު ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމް،  އެވެ. ދެކުނު އޭޝިއާ ސަރަހައްދުގައި އަންހެނުން ބާރުވެރިކޮށް ޒުވާނުން ކުރިމަގަށް ތައްޔާރު ކުރުމާ ބެހޭ މައުޟޫއަށް ރާއްޖޭގައި ބާއްވާ ދެ ދުވަހުގެ ބައްދަލުވުން އިފްތިތާޙު ކޮށްދެއްވަމުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމް، ވިދާޅުވީ، އާބާދީއަށް އަންނަމުންދާ ހަލުއި ބަދަލުތަކާ […]

ރައީސް ނަޝީދު އަލުން އެމްޑީޕީއަށް

އެމްޑީޕީގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެމްޑީޕީ ދޫކޮށް ވަޑައިގެންނެވުމަށްފަހު އަލުން އެޕާޓީއަށް ސޮއިކުރައްވައިފިއެވެ. އެމަނިކުފާނު ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސަލްޓަންޕާކުގައެވެ. ރައީސް ނަޝީދުގެ އިތުރުން ޑެމްސްގެ ގިނަ ބެންބަރުން ވަނީ އެމްޑީޕީއާ ގުޅިފައެވެ. ރައީސް ނަޝީދަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ރޫޅާލައްވާނޭ ކަމަށް ވިދާޅުވެ އެޕާޓީއާ ދެކޮޅަށް ކެންޕޭން ކުރެއްވި ބޭފުޅެކެވެ. އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ގެއްލުނީ އެމަނިކުފާނުގެ ސަބަބުން ކަމަށް އެމްޑީޕީގެ އެތައް ބަޔަކު މިހާރުވެސް […]