ކަޅުފޮށި ފެނިއްޖެ

އދ ން ކަނޑައަޅާފައިވާ ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ގަވާއިދުތަކުގެ ދަށުން ބޯޓު ވެއްޓޭތާ 30 ދުވަހުގެ ތެރޭގައި އިބްތިދާއީ ރިޕޯޓެއް އދއަށް ހުށަހަޅަން ޖެހެއެވެ. އަދި ގައުމަކުން ބޭނުންނަމަ އެ ރިޕޯޓު ސިއްރުވެސް ކުރެވިދާނެއެވެ. އަދި ރަސްމީ ރިޕޯޓެއް އެއް އަހަރު ތެރޭގައި ފުރިހަމަ ކޮށް ޝާއިއުކުރަން ޖެހެއެވެ. އިންޑިއާގެ އަހުމަދުއާބާދުގައި ހިނގި މަތިންދާބޯޓުގެ ހާދިސާގެ ތަހުގީގު ރިޕޯޓު ޖުލައި މަހުގެ 12 ގެ ކުރިން އދއަށް ހުށަހަޅަން ޖެހޭނެއެވެ. އިންޑިއާއިން ބުނަނީ ބޯޓޫގެ ކަޅުފޮށި މިހާރު […]

ޕާކިސްތާންގެ ކްރިޕްޓޯވޮލެޓްތައް

ޕާކިސްތާންގައި 40 މިލިއަނަށްވުރެ ގިނަ ކްރިޕްޓޯ ވޮލެޓު ބޭނުން ކުރަމުން ދެއެވެ. ޕާކިސްތާނު ސަރުކާރުން ދަނީ، ސްޓްރެޓެޖިކް ބިޓްކޮއިން ރިޒާވެއް ޤާއިމުކުރުމަށް ވިސްނަމުންނެވެ. އަދި ބިޓްކޮއިން މައިން ކުރުމަށް 2،000 މެގަވޮޓުގެ ކަރަންޓު ދޫކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މި ކަރަންޓަކީ، އާންމު ބޭނުންތަކަށް ބޭނުންކޮށް އިތުރު ވެފައިވާ ކަރަންޓު ކަމަށާއި ބިޓްކޮއިން މައިން ކުރުމުގެ ސަބަބުން އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވާނެ ކަމަށް ބުނެއެވެ. އަދި ޕާކިސްތާނުގެ ފްރީލާންސް އިޤްތިޞާދު ތިޔާގިވަމުންދާއިރު ކްރިޕްޓޯ ބޭނުން ކުރުން […]

އިންޑިއާގެ އިގްތިސާދަށް އަސަރު ނުކުރޭ

އިންޑިއާއަށް އޭޕްރީލް މަހު 8.8 ބިލިއަން ޑޮލަރުގެ ބޭރުގެ އިންވެސްޓްމަންޓްތައް ލިބިފައި ވެއެވެ. މިއީ އިންޑިއާގެ އުފެއްދުންތެރިކަމާއި ޚިދުމަތްތަކުގެ ދާއިރާއަށް ލިބުނު ކުރިއެރުމެކެވެ. އަދި ހަމައެއާއެކު އިންޑިއާގެ އިންފްލޭޝަން މިހާރު އޮތީ ފާއިތުވި ހަތް އަހަރާ އަޅާބަލާއިރު އެންމެ ދަށް މިންވަރެއްގައެވެ. އަދި އެތެރޭގެ އިގްތިސާދު ހަރުދަނާ ވުމުގެ ސަބަބުން މެއި މަހު ޖީއެސްޓީ ނަގާފައިވާ މިންވަރު ވަނީ މަތިވެފައެވެ. މިއީ އިންޑިއާގެ އިޤްތިޞާދީ ދުވެލީގެ ދުޅަހެޔޮކަން ކަމަށް ދައްކައެވެ. މީގެ އިތުރުން، ޔަހޫދީން އީރާނަށް ދިން […]

ފާޚާނާކޮށްގެން ދޮންނަން ދަސްކޮށްދޭ 19 ފޮތެއް

މަދްމާނީ އަތުން ކާ ވީޑިއޯއެއް އާންމު ކުރުމުން ޓްރަމްޕްގެ ޕާޓީގެ ކޮންގްރެސް މެންބަރު ބްރެންޑަން ގިލް ވަނީ އެއީ ”ނާތަހުޒީބު“ އަމަލެއް ކަމަށް ބުނެ މަދްމާނީގެ އަގު ވައްޓާލާފައެވެ. ނަޖިންފުހޭ ކަރުދާސް ބޭނުން ކޮށްގެން އުޅޭ އެމެރިކާ މީހުންނަށް ނިސްބަތް ކޮށް ގިލް ބުނަނީ ”އެމެރިކާގެ ތަހުޒީބު މީހުން މިގޮތަކަށް ނުކާނެ“ ކަމަށެވެ. ޓްރަމްޕް ޕާޓީން ކުރިމަތިލާފައިވާ ކެންޑިޑޭޓެއް ކަމަށްވާ މޯޑް މެރޮން ވެސް ވަނީ އެމެރިކާގައި ތަރުބިއްޔަތު ވެފައިވާ މަދްމާނީގެ މި އަމަލަކީ ”ތިންވަނަ ދުނިޔޭގެ“ ޝަޚުސިއްޔަތު […]

ޙާޖީ އެމްވީ ނަމުގައި އެޕެއް

ޙާޖީ އެމްވީ ނަމުގައި ޙައްޖާއި ޢުމްރާއާއި ގުޅޭ ޚާއްސަ އެޕެއް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު އިފުތިތާޙުކޮށްފި ކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ. މި އެޕް އިފުތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް ޑރ. މޫސާ އަންވަރު ޙަސަނެވެ. ހާޖީ އެމްވީ އެޕަކީ ފަސޭހައިން ޙައްޖާއި ޢުމްރާއާ ބެހޭ މަޢުލޫމާތު ލިބިގަތުމަށް އެކުލަވައިލައިފައިވާ އެޕެއް ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ. މީގެ އިތުރަށް ޒިކުރުކުރުމާއި ޠަވާފާއި ސަޢުޔުގެ އަދަދު ކަށަވަރުކުރާނެ ގޮތާއި ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުޢާތަކާއި […]

ރާއްޖެ އާއި ސިންގަޕޫރާ ދެމެދު، ތިން ފަހުމުނާމާއެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތުގައި ސޮއިކުރައްވާފައިވަނީ ތިރީގައި ބަޔާންކޮށްފައި މިވާ ތިން ފަހުމުނާމާގައެވެ. ޤާބިލުކަން ބިނާކުރުމުގެ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ސިންގަޕޫރު ސަރުކާރާ ދެމެދު ވެވޭ ފަހުމުނާމާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ އާއި ސިންގަޕޫރުގެ މިނިސްޓްރީ އޮފް ސަސްޓެއިނަބިލިޓީ އެންޑް އެންވަޔަރަމަންޓާ ދެމެދު ވެވޭ ފަހުމުނާމާ މަތީ ތަޢުލީމާއި، ތަޢުލީމީ […]

ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ފުރަމާނަ ޖާފަތެއް ދެއްވައިފި

ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން މިސިސް ޖޭން އިޓޯގީ ޝަންމުގަރަނަމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ޝަރަފުގައި، ފުރަމާނަ ޖާފަތެއް ދެއްވައިފިއެވެ. މި ޖަފާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނު ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރާއި އެ ޤައުމުގެ ރައްޔިތުން ދެއްވި މެހުމާންދާރީއަށް އިޚުލާސްތެރިކަމާއިއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް […]

ރައީސް ސިންގަޕޫރުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ ބޮޑުވަޒީރު އަދި މާލީ ވަޒީރު، ހިޒް އެކްސަލަންސީ ލޯވްރެންސް ވޮންގްއާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި ބޮޑުވަޒީރު ވޮންގް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ މި ދަނޑިވަޅަކީ، ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ސިޔާސީ ގުޅުމުގެ ރަންޔޫބީލް އަހަރުކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގައި ސިންގަޕޫރުގެ ވިޔަފާރިތަކުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، ވަކިން ޚާއްޞަކޮށް، މަސްވެރިކަމުގެ […]

އޯކިޑް މުއިއްޒު

ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ނަންފުޅުގައި ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގައި ހައިބްރިޑް އޯކިޑަކަށް ވަނީ ނަންދީފައެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ އެ ދެކަނބަލުން ނޭޝަނަލް އޯކިޑް ގާޑަންއަށް ކުރެއްވި ޒިޔާރަތާ ގުޅިގެންނެވެ. އެ ގާޑަންގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، ރައީސް މުއިއްޒު އާއި ފަސްޓް ލޭޑީ ސާޖިދާގެ ނަންފުޅުގައި އޯކިޑަށް […]