ވިޔަފާރި ފޯރަމް ކާމިޔާބު

ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ދިވެހިރާއްޖެ- ސިންގަޕޫރު ވިޔަފާރި ފޯރަމް 2025، ގެ ނަމުގައި ސިންގަޕޫރުގެ މަޝްހޫރު ސެންޓޯސާ އައިލެންޑްގައި ހުންނަ ކަޕެއްލާ ސިންގަޕޫރުގައި ކާމިޔާބުކަމާއެކު ފޯރަމެއް ބާއްވައިފިއެވެ. މި ފޯރަމްގައި 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ބޭރުގެ އިންވެސްޓަރުންނާއި، ސީނިއަރ ވިޔަފާރިވެރިންނާއި، ދެ ޤައުމުގެ ސަރުކާރުގެ އިސް މަންދޫބުން ހިމެނެއެވެ. މި ފޯރަމް ރަސްމީކޮށް ހުޅުވައިދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އަދި ސިންގަޕޫރުގެ ސަސްޓެއިނަބިލިޓީ […]
ހުޅުމާލޭ އައު ސްކޫލަށް ރައީސް ދެއްވިނަމަކީ ”ޝަހީދު ޢަލީ ސްކޫލް“

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން ޢިމާރާތްކުރަމުންދާ އައު ސްކޫލަށް ”ޝަހީދު ޢަލީ ސްކޫލް“ގެ ނަން ދެއްވައިފިއެވެ. މިނަން ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ތައުލީމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި ސްކޫލަކީ ހުޅުމާލޭގެ ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށް، ވީހާވެސް ގިނަ ދަރިވަރުންނަށް ގެއާ ކައިރި ސްކޫލަކުން ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ޢިމާރާތް ކުރާ ސްކޫލެކެވެ. މި ސްކޫލުގެ ބިންގާ އަޅުއްވައިދެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 23 […]
