ބްރަޒިލްގެ ރައީސް ޓްރަމްޕަށް

ބްރަޒިލްގެ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަން އުޅުމުން ޓްރަމްޕަށް ބްރަޒިލްގެ ރައީސް ފާޑު ވިދާޅުވެއްޖެއެވެ. ބަޣާވާތެއް ކުރަން އުޅުނު ކަމުގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް ޖޭއާ ބޮލްސޮނާރޯގެ ދިފާއުގައި ޓްރަމްޕް ވާހަކަ ދެއްކުމުން ބްރަޒިލްގެ ރައީސް ލޫލާ ޑިސިލްވާ ވިދާޅުވީ ބްރަޒިލްގެ ކަންކަމާ ނުބެހި އަމިއްލަ ކަންކަމާ ވިސްނުމަށެވެ. ”އަހަރަމެންގެ ކަންކަމާ ނުބެހި އަމިއްލަ ހާލާއިގެން އުޅެވޭތޯ ބަލާ ބަލަ“ ޓްރަމްޕަށް ފާޑު ވިދާޅުވަމުން ލޫވާ ވިދާޅުވިއެވެ. އަދި އިތުރަށް ވިދާޅުވިއެވެ. ”މި […]
އިބްލީސް ރިޓަޔަރ ވަނީ

އެމެރިކާއިން ވާގިވެރިވެގެން ހަނގުރާމައިގެ ޖަރީމާތައް ހިންގާ އިޒްރޭލުގެ ނަތަންޔާހޫ ވަނީ ވައިޓްހައުސްގައި ޓްރަމްޕާއެކު ކާ މޭޒުމަތީ ސައްލާއެއް ބާއްވާފައެވެ. އިބްލީސްގެ ވަސްވާހާއެކު ކުރިއަށް ދިޔަ ސައްލާގައި ހީސަމާސާގެ ތެރޭން ދެވެރިން ވަނީ ފަލަސްޠީނުގެ އާބާދީ ހުޅަނގުއައްސޭރިއާއި ޣައްޒާއިން ސާފުކޮށްލާނެ މޮޅު ތަދުބީރުތަކާ މެދު ސައްލާ ކޮށްފައެވެ. އަދި ފަލަސްޠީނު މީހުން އެމީހުންގެ ވަޒަނުން ބޭރުކޮށްލުމުން ބަލައި ގަންނާނެ ގައުމުތައް ހޯދުމަށް މަސައްކަތް ކުރުމަށްވެސް ވާހަކަ ދެއްކިއެވެ. އެމެރިކާއިން ދޭ ހަތިޔާރާއި ފައިސާގެ އެހީގައި ހަނގުރާމައިގެ ޖަރީމާތައް ހިންގައިގެން […]
ހޮލޮކޯސްޓް ޔަގީން

ް ޔަހޫދީންގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ބުނަނީ އިޒްރޭލުން ބޮން އަލައި ވީރާނާކޮށްފައިވާ ރަފަޙުގައި ކަށި ނަރު ދަމާފައިވާ ސަރަހައްދެއް ބިނާ ކުރުމަށް ސިފައިންނަށް އަންގާފައި ވާނެ ކަމަށެވެ. އޭނާ އެސިޓީ ސިފަ ކޮށްފައި ވަނީ ނާޒީން ބޮޑު އަވަނުގައި ޔަހޫދީން ފިހެލަން ގެންދިޔަ ޕޮލެންޑްގެ އޮސްވިޗްއާ އެއްފަދަ ސިޓީއެއްގެ ގޮތުގައެވެ. އަދި އެއީ ޣައްޒާގެ ދެކުނުގައި ބިނާކުރާ އާ ”އިންސާނީ ސިޓީއެއް“ ކަމުގައި އޭނާ ބުންޏެވެ. ކާޓްޒް އަކީ ޔަހޫދީއެކެވެ. އެހެންވެ، ފަސާދަ ކުރުމުގެ […]
ޒަޔަނިސްޓް މުދިމުންތަކެއް

އިޒްރޭލުގެ ރައީސް އޮފީހުގައި ޔޫރަޕްގެ ބައެއް ގައުމުތަކުގެ މިސްކިތްތަކުގެ ޒަޔަނިސްޓު ފިކުރުމުގެ ބައެއް އިމާމުންގެ ގްރޫޕަކާއެކު އިއްޔެ ބައްދަލުވުމެއް އޮތެވެ. މި ބައްދަލުވުމުގައި ބައިވެރިންގެ ހިތުގައި އިޒްރޭލަށް އޮތް ލޯބި ހުށަހަޅައި ދިނީ އިމާމް ޔޫސުފް މިސްބާހު އެވެ. ޔޫސުފް މިސްބާހަކީ 20 އަހަރު ވަންދެން ބެލްޖިއަމްއާއި ނޯވޭއާއި ނެދަރލެންޑްގެ މިސްކިތްތަކުގައި އިމާމް ކަން ކޮށްފައިވާ މީހެކެވެ. ހަރްޒޮގްއާ ވާހަކަ ދައްކަމުން އޭނާ އިޒްރޭލުގެ ގައުމީ ސަލާމް ހަތިކްވާ ހުށަހަޅައިދީ އަރަބި ބަހުން އޭގެ އައު މާނައެއް […]
