ސިއްޙީ ދާއިރާގައި ހިތްހެޔޮކަން އިސްކުރުން މުހިންމު: ސާޖިދާ

ޞިއްޙީ ޚިދުމަތުގެ ދާއިރާގައި ހިތްހެޔޮކަމާއި ކެތްތެރިކަން އިސްކުރުމަކީ މުހިންމު ކަމެއް ކަމަށް ފަސްޓުލޭޑީ މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެ. އެކަނާ ވިދާޅުވީ ޞިއްޙީ ޚިދުމަތުގެ ކަންކަމުގެ އަސްލު މައްސަލަ ދެނެގަންނަން ހިމޭންކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތްކުރުމަކީ އެހާމެ ބޭނުންތެރިކަމެއް ކަމަށެވެ. ސ. ފޭދޫ ޞިއްޙީ މަރުކަޒުގެ 43 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް އައްޑޫ ސިޓީ، މަރަދޫފޭދޫ، ތުރީއެސް ލައުންޖުގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ ފޭދޫގައި ޑަކްޓަރީ ބޭސްފަރުވާގެ ޚިދުމަތް […]
މޫސުން ގޯސްވުމުގެ ސަބަބުން އެމްޑީޕީގެ ދަތުރު ފަސްކޮށްފި

އެމްޑީޕީން މިރޭ ކުޅުދުއްފުށްޓަށް ފުރަން ހަމަޖެހިފައިއޮތް ދަތުރު މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފިއެވެ. މިދަތުރުކުރަން ހަމަޖެހިފައި އޮތީ ކަނޑުމަގުން ބާދުޝާހު“ ބޯޓުގައެވެ. މި ”ދަތުރު މޫސުން ތަން ނުދިނުމުގެ ސަބަބުން ވަނީ ފަސްކުރެވިފައި އަދި ދަތުރަށް ފުރާ ގަޑި ފަހުން ހާމަކުރޭވެނެ. މޫސުން ތަންދޭނަމަ ހޮނިހިރު ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައި ޖަލްސާ އޮންނާނެ،“ އެމްޑީޕީން ބުނެފައިވެއެވެ. މޫސުން ގޯސްއިރު މިފަދަ ދަތުރެއް ކަނޑުމަގުން ކުރުމަކީ ރައްކާތެރި ކަމެއް ނޫންކަމަށް ވެސް އެޕާޓީން ބުނެފައިވެއެވެ. މިއީ އެމްޑީޕީއަށް […]
މޫސުމީ ނުރައްކަލާއި ނާޒުކުކަމުގެ ވޯކްޝޮޕެއް ބާއްވައިފި

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ނުރައްކަލާއި، ރާއްޖޭގެ ނާޒުކުކަމަށް ހާއްސަ ކުރެވުނު ވޯކްޝޮޕެއް ކާމިޔާބުކަމާއެކު ބާއްވައިފި ކަމަށް ޓޫރިޒަމް އެންޑު އެންވަޔަރުމެންޓު މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މި ވޯކްޝޮޕަކީ ދިވެހިރާއްޖޭގެ ގައުމީ އެޑެޕްޓޭޝަން ޕްލޭން (އެން.އޭ.ޕީ) އެކުލަވާލުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މި ވޯކްޝޮޕްގައި ބައިވެރިވި ފަންނީ ވެރިންނާއި އެހެނިހެން ބައިވެރިން ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ އަސަރުތަކާއި، ރާއްޖޭގެ ނާޒުކުކަމާއި، މޫސުމީ ނުރައްކާތަކުގެ އިތުރުން މޫސުމަށް ތިމާވެށި […]
އުކާލެވޭ ތަކެތީން ކާދު އުފެއްދުމަށް ސޮއިކޮށްފި

ޖަލުތަކުގައި ވޭސްޓް ގޮތުގައި އުކާލެވޭ ކާތަކެތި ބޭނުންކޮށްގެން ކާދު އުފެއްދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާއި ސޮނެވާ ނަމޫނާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. އެމްސީއެސްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. ސޮނެވާ ނަމޫނާއިން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސާ އަޒްހޫރާ އަޙްމަދުއެވެ. މި ފަހުމްނާމާގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ. މީގެ މަޤްސަދަކީ ޖަލުތަކުގައި ކުރެވޭ އިސްރާފު މަދުކޮށް، ތިމާވެއްޓާ ރައްޓެހި އަދި ފައިދާ ކުރުވަނިވި އާދަތައް ތަޢާރަފް […]
