ދަތުގެ ދުޅަހެޔޮކަމަށް ހޭލުންތެރިވާން ޖެހޭ: ސާޖިދާ މެޑަމް

ދަތުގެ ދުޅަހެޔޮކަމާ ގުޅޭ ކަންކަމުގައި މިހާރަށްވުރެ ބޮޑަށް ހޭލުންތެރިކަން އިތުރުކުރަންޖެހޭ ކަމަށް މަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފުރަތަމަ ބައިނަލްއަޤުވާމީ ދަތުގެ ކޮންފަރަންސް ”ހިނިތުން 2025“  އިފުތިތާޙު ކުރުމަށް ބޭއްވިޖަލްސާޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެކަމަނާ ވިދާޅުވީ ސިއްޙީ ދާއިރާގައި ޖުމުލަގޮތެއްގައި ހޭލުންތެރިކަން އިތުރުވަމުންދިޔަ ނަމަވެސް ދަތާއި އަނގައިގެ ޞިއްޙަތުގެ ކަންކަމަކީ ނިސްބަތުން ސަމާލުކަން ނުދެވޭ ދާއިރާއެއް ކަމަށެވެ. އަދި މި ދާއިރާގެ މުހިއްމުކަން ފާހަގަކުރައްވާ، ޢާންމުންގެ މެދުގައި ހޭލުންތެރިކަން […]

އުނގެނުމަކީ ބުރަ މަސައްކަތެއް: އާދަމް ޝަރީފް 

އުނގެނުމަކީ އެހެން ހުރިހާ މަސައްކަތަކަށްވުރެ ބުރަ މަސައްކަތެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މެޕްސް ކޮލެޖުގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅު ދައްކަވަމުންނެވެ. އެހެން ނަމަވެސް ހަޤީގީ މާނައިގައި ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރަން ބޭނުން ކަމުގައި ވިޔަސް، މުޅި މުސްތަޤުބަލު އާރާސްތު ކުރަން ބޭނުންވާ ކަމުގައިވިޔަސް އަދި ދިރިއުޅުން އާރާސްތު ކުރުން ކަމުގައިވިޔަސް އެންމެ […]

އާބާދީ ދޮށިވަމުންދާއިރު، ޒުވާނުންގެ ކަންކަމުގައި ވުނަކުރުން އިތުރުކުރަންޖެހޭ

ދިވެހިރާއްޖޭގެ އާބާދީ އުމުރުން ދޮށިވަމުންދާއިރު، މުސްތަގުބަލުގެ ހަމަޖެހުމާއި ކުރިއެރުން ކަށަވަރުކުރުމުގައި ދިވެހި ޒުވާނުންގެ މުހިންމު ދައުރު ފާހަގަކުރައްވައި، ޒުވާނުންގެ ކަންކަމުގައި ވުނަކުރުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ، ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ. މަސައްކަތުގެ މާހައުލުން ލިބިދޭންޖެހޭ ލުއިފަސޭހަކަން ކަށަވަރުކޮށްދިނުމާއި، ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ދަރިން ބެލުމުގެ ކަންކަން ފަހިވެފައި އޮތުމާއި، ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ފެންވަރު ރަނގަޅު ތަޢުލީމާއި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނޭހެން، […]

ޖޫން މަހު މީރާއިން 2.63 ބިލިއަން ރުފިޔާ ބަލައިގަނެފި

ޖޫން 2025 ގައި މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 2.63 ބިލިއަން ރުފިޔާ ކަމަށް އެ އިދާރާއިން ބުނެފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %27.0 އިތުރު އަދަދެއް ކަމަށްވެސް ބުނެފައިވެއެވެ.  މިއީ ޖޫން 2025 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %10.4 އިތުރު އަދަދެކެވެ. މީރާއިން މައުލޫމާތުދޭ ގޮތުގައި، ޖޫން 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، ޖޫން 2025 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު […]

”ވިލު ރޯދި“ ރަށަށް ވަދެއްޖެ

ހަތް މީހުންނާއެކު މަހަށް ނިކުމެ އުޅިނިކޮށް ގެއްލުނުކަމަށް އިއްޔެ ރިޕޯޓުކޮށްފައިވާ ދޯނި، ސަލާމަތްތެރިކަމާ އެކު އަނބުރާ ރަށަށް ވަދެއްޖެ ކަމަށް އެމްއެންޑީއެފް ކޯސްޓުގާޑުން ވިދާޅުވެއްޖެއެވެ. މިއީ ތ.ވިލުފުށީ ”ވިލުރޯދި“ ނަމަކަށްކިޔާ ދޯންޏެކެވެ. ދޯނީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑަށް އެންގީ އިއްޔެވެ. އެއަށްފަހު ދޯނީގެ ޚަބަރެއް ނުވެގެން މަސައްކަތްކުރަމުން ދަނިކޮށް ޖުލައި 10 ވަނަ ދުވަހުގެރޭ ދަންވަރު އެ ދޯނީގައި ތިބި ފަޅުވެރިންނާ ވަނީ ގުޅިފައެވެ. އަދި ސަލާމަތްތެރިކަމާ އެކު އެދޯނި ވިލުފުށްޓަށް ވަދެފައިވަނީ އެރޭ ދަންވަރު […]

މޫސުން ގޯސް، ކަނޑުދަތުރު ކުރުމުގައި ސަމާލުވާތި: ސިފައިން

ކުރިއަށް އޮތް ދެ ދުވަހު ވެސް މޫސުން ގޯސްވާނޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ބާރުގަދަވެ، ކުރަމުންދާ ވިއްސާރައެކެވެ. މި ވިއްސާރަ ރާއްޖޭގެ އެކި ހިސާބުތަކަށްދަނީ ކުރަމުންނެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވަނީ ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށެވެ. ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާއިރު މޫސުމަށް ޚާއްޞަ […]

އެންމެ ދެކުނުގެ ހަތަރު އަތޮޅަށް ހުދުސަމާލު ނެރެފި

ހުވަދު އަތޮޅުގެ ދެބުރިއާއި ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް ހުދުސަމާލު ނެރެފިއެވެ. މޫސުމާބެހޭ އޮފީހުން މިއަތޮޅުތަކަށް ހުދުސަމާލު ނެރުނީ ބޯކޮށްވާރޭވެހުމާއި ވައިގަދަވުމާއި ކަނޑުތައް ގަދަވާނޭ ކަމަށް ލަފާކޮށްފިއެވެ. މޫސުމާބެހޭ އޮފީހުން ވިދާޅުވީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ވައިޖެހޭނޭ ކަމަށެވެ. އަދި ކޮޅިގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނޭ ކަމަށް ވެސް ލަފާކޮށްފައިވެއެވެ. މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 2:30 އިން މިރޭ 7:30 އާ ހަމައަށެވެ. މިދުވަސްވަރަކީ ރާއްޖެއަށް ގަދަ ވިއްސާރަ […]

ހަތަރު ފުރޮޅުލީ އުޅަނދުފަހަރު އެތެރެކުރަން ހުއްދަ ނަގަންޖެހޭ

ހަތަރުފުރޮޅުލީ އެއްގަމު އުޅަނދު ރާއްޖެއަށް އެތެރެކުރަން ހުއްދައެއް ނަގަންޖެހޭ ގޮތަށް ޓްރާންސްޕޯޓު މިނިސްޓްރީން ހަމަޖައްސަވައިފިއެވެ. އައު އުސޫލުގެ ދަށުން އަމަލު ކުރަން ފެށުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކަމަށް އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެހެނަސް ދެފުރޮޅުލީ އެއްގަމު އުޅަނދު ހުއްދަ ނުނަގައި އަދިވެސް އެތެރެ ކުރެވޭނެއެވެ. މި ބަދަލު ގެނެސްފައިވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދަށް ގެނެވުނު 6 ވަނަ އިސްލާޙުގެ ދަށުންނެވެ. މި ގަވާއިދުގެ […]