ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުއްވައިދެއްވައިފި

ވޭލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް، ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ. މިކަމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި މިރޭ ބޭއްވި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަޑައިގަތުމުން، މަރުޙަބާ ދެންނެވީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗެއަރޕަރސަން ޢާއިޝާ ނޫރްއައިން ޖަނާހު އަދި އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ. ދިވެހިރާއްޖޭގެ މިނިވަންކަމުގެ ރަމްޒެއް ކަމަށްވާ ވެލާނާ […]
ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ ހުޅުވައިފި

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި އަލަށް ޤާއިމްކުރެވުނު ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ ހޯމް މިނިސްޓަރ އަލީ އިހުސާން ހުޅުވައިދެއްވައިފިއެވެ. މި ފެސިލިޓީއަކީ ކުށްކުރާ ކުޑަކުދިންގެ ތެރެއިން ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަންޖެހޭ ކުޑަކުދިން ބޭތިއްބުމަށް ޤާނޫނުން ލާޒިމްކުރާތީ އަޅާ ފެސިލިޓީއެކެވެ. އެގޮތުން ކުށްކުރާ ކުޑަކުދިންގެ ތެރެއިން ކުރު މުއްދަތަށް ބައިތިބަންޖެހޭ ކުޑަކުދިންނަށް ޚާއްސަކޮށް ޤާއިމްކުރެވުނު “ޖުވެނައިލް ޑިޓެންޝަން ސެންޓަރ” 30 ޖަނަވަރީ 2022 ގައި ހުޅުވައި، ހިންގަން ފަށާފައިވެއެވެ. ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީގައި […]
ޕެރޭޑު: ޤައުމިއްޔަތާއި ސަގާފަތް ދައްކުވައިދޭ ކުޅިވަރު ފެނުނު

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ، މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ އަސްކަރީ ޙަރަކާތްތައް ހިމެނޭ ޕެރޭޑް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ބައްލަވާލައްވައިފިއެވެ. މިއަދުގެ ޕެރޭޑްގައި ޤައުމިއްޔަތާއި ދިވެހި ސަގާފަތް ދައްކުވައިދޭ ގިނަ ސަގާފީ ކުޅިވަރުތައްވެސް ފެނިގެންދިޔައެވެ. ރައީސްގެ ދެކަނބަލުން ޕެރޭޑް ބައްލަވާލެއްވުމަށް، ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ، މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫން އާއި މިނިސްޓަރ […]
ދަތުރުނާމާ (އަށްވަނަ ބައި)

އެދުވަހުގެ މެންދުރުގެ ކެއުން ތައްޔާރުކުރުމަށް ޢަލީ ފިރާޤު ހުންނަ ގެއަށް އަހަރެން ދިޔައީމެވެ. އޭރުގައި އޭނާ ފެންނާކަށް ނެތެވެ. ގޭގައި އުޅޭތޯ ބަލާކަށްވެސް އަހަރެން ބޭނުންނުވި ކަހަލައެވެ. އަހަރެން ބެލީ އަހަރެންގެ ޒިންމާ އަދާކުރެވޭތޯއެވެ. އެގޮތުގެ މަތިން މެންދުރުގެ ކެއުން ތައްޔާރުކޮށް ނިންމާލުމަށްފަހު ބަދިގެތެރެ ސާފުކޮށްލާފައި އަހަރެން ގެއަށް ދިއުމަށް ނިކުތީމެވެ. އޭރު ޢަލީ ފިރާޤު އައިސް ގެއަށް ވަންނަނީއެވެ. އަހަރެން ފެނިފައި ކުޑަކޮން މަޑުކޮށްލިއެވެ. ކޮންމެވެސް އެއްޗެކޭ ބުނަން އުޅުނުހެންވެސް ހީވިއެވެ. އެހެންނަމަވެސް އަޅާނުލާ ގޭތެރެއަށް […]
ސެންޓްރަލް ސީސީޓީވީ މޮނީޓަރިންގ ރޫމް ހުޅުވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ’ސެންޓްރަލް ސެކިއުރިޓީ ކޮމާންޑް؛ގެ ސެންޓްރަލް ސީސީޓީވީ މޮނީޓަރިންގ ރޫމް ދާޚިލީ ވަޒީރު އަލީ އިހްސާން ހުޅުވައި ދެއްވައިފިއެވެ. ’ސެންޓްރަލް ސެކިއުރިޓީ ކޮމާންޑް‘ އަކީ މުޅިން އަލަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި އުފެއްދި ކޮމާންޑެކެވެ. މި ކޮމާންޑްގެ މައިގަނޑު މަސްއޫލިއްޔަތަކީ ޖަލުތަކުގެ ސެކިއުރިޓީ ކަންތައްތައް ސެންޓްރަލައިޒްކޮށް މޮނީޓަރ ކުރުމާއި ސެކިއުރިޓީ ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް، އެކަންކަން ތަންފީޛުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށް ކަރެކްޝަންނުނ ވަނީ ބުނެފައެވެ. ހުޅުމާލޭ ޖަލުގައި އަލަށް […]
ކުޅިވަރު ވަޒީރުންގެ އަގު ވަޒަންކޮށްފި

ރާއްޖޭގެ ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ކުރީގެ ކުޅިވަރު ވަޒީރުންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްސަ ހަފުލާއެއް ބާއްވައިފިއެވެ. އެ ގޮތުން، ކުރީގެ ކުޅިވަރު ވަޒީރުންގެ ހިދުމަތުގެ އަގުވަޒަންކުރެއްވުމުގެ މަސައްކަތް ފެށުމުގެ ގޮތުން، ރޭ ބޭއްވި އިވެންޓް ކުރިއަށްދިޔައީ ހެންވޭރު މީރުމާގަ އެވެ. އެ ގޮތުން، ކުރީގެ ވަޒީރުންގެ ގޮތުގައި ތިއްބަވައި، ކުޅިވަރަށް ހިދުމަތްކޮށްދެއްވި 13 ފަރާތެއްގެ މަސައްކަތުގެ އަގުވަޒަންކޮށްފައިވެއެވެ. އެ ބޭފުޅުންނަކީ، (ނ.ޢ.ޢވ) އަލްމަރްޙޫމް އުމަރު ޒާހިރު، ރާޝިދާ ޔޫސުފް، (ނ.ޢ.ޢވ) ޑރ. މުހައްމަދު ޒާހިރު […]
