ލަންކާއަކީ އިތުބާރު ހިފޭ ގައުމެއް

މިނިސްޓަރ ޝިޔާމް/ފޮޓޯ ޕީއެންސީ

މަސްވެރިކަމުގެ ތަރައްޤީއާއި ސަރަޙައްދީ މަސްވެރިކަން މެނޭޖްކުރުމުގައި ލަންކާއަކީ އިތުބާރު ހިފޭ ގައުމެއް ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ސްރީލަންކާގެ ރައީސް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ސްރީލަންކާއަކީ މަސްވެރިކަމުގެ ތަރައްޤީއާއި ސަރަޙައްދީ މަސްވެރިކަން މެނޭޖްކުރުމުގައި އިތުބާރު ހިފޭ ގައުމެއް ކަމަށެވެ. ޚާއްޞަކޮށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގައި ރާއްޖޭގެ ގާތް އަދި ދިގު މުއްދަތެއް ވަންދެން އެކުގައި […]

ދިފާއީ ކަންކަމާ ބެހޭގޮތުން ލަންކާ ރައީސާ އެކު މަޝްވަރާ ކުރައްވައިފި

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ އަރިހަށް ރާއްޖޭގެ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރައްވަމުންދެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ. މިއަދު ބޭއްވި މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވަނީ ދިފާޢީ ދާއިރާއިން ދެ ޤައުމުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންނާއި މި ސަރަޙައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން ކަމަށް […]

ގައުމުކުރިއަށް ގެންދަން ތިބީ ކިޔަވާ ކުދިން

ޤައުމުގެ މުސްތަޤުބަލާއި، ޤައުމު ކުރިއަށްގެންދަން ތިބި ފަހުލަވާނުންނަކީ އަދުގެ ކިޔަވާކުދިން ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ މެސެޖެއްގައެވެ. މުދައްރިސުންނާއި ދަރިވަރުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުވަމުން މިނިސްޓަރ ވިދާޅުވީ، ކިޔަވާކުދިންނަކީ ޤައުމާއި, އިސްލާމް ދީން ދެކެ ލޯބިވާ ކުދިންނަށް ވުމަކީ މުހިންމު ކަމެއްކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ 60 ވަނަ މިނިވަން ދުވަހާ ހަމައަށް އާދެވުމުގައި […]

ފަލަސްތީނަށް ހައްލު ހޯދައިދިނުމުގެ ބައްދަލުވުމުގައި ރާއްޖެ

ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަޤްސަދުގައި އ.ދ. ގެ މައި މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހައި ލެވަލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން ގައި ދިވެހިރާއްޖެއިން ބައިވެރިވޭނޭ ކަމަށް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެއްޖެއެވެ. މި ބައްދަލުވން ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޖުލައި މަހުގެ 28 އިން 29 އަށެވެ. ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ އެކުވެރި ދައުލަތްތަކުގެ ޖަމުޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ […]