ރާއްޖޭގެ އިގްތިސާދު ފުނޑިއްޖެ: ފައްޔާޒު

ދިވެހިރާއްޖޭގެ އިގްތިސާދު ފުނޑިއްޖެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އާފަލެއްގެ އަގު ދިހަރުފިޔާއަށް އަރައިފި ކަމަށެވެ. ފިޔާ ކިލޯއެއްގެ އަގު ހުރީ ފަންސާސް ރުފިޔާއިން މަތީގައި ކަމަށްވެސް ވިދާޅުވެފައިވެއެވެ. ”ކާބޯތަކެއްޗަށް ދަތިވެއްޖެ، ބޭސް ނުލިބޭއިރު ޒަރޫރީ މުދަލުގެ އަގުތައް އުފުލިއްޖެ، ޑޮލަރުގެ އަގު ހުރީ 20.20ރ އިން މަތީގައި. ކުދި ވިޔަފާރިތައް ދަރަނިވެ ހަލާކުވެއްޖެ،“ ފައްޔާޒު ވިދާޅުވެފައިވެއެވެ. މިހާލަތަށް ދިޔައިރު ސަރުކާރުން ނުދައްކާ […]
ދެގައުމުގެ ގުޅުން ރަމްޒުކޮށްދޭ ގަހެއް އިންދަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ސްރީލަންކާގެ ރައީސް އަނޫރަދިސަނަޔަކަ، މިއަދު ސުލްޠާންޕާކުގައި ބޭއްވެވި ސިމްބޮލިކް ގަސް އިންދުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތަކީ ދިވެހިރާއްޖޭގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެކެވެ. ސްރީލަންކާގެ ރައީސް ޑިސަނާޔަކަ މި ރަސްމިއްޔާތުގައި އިންދެވީ މޫނިމާ ގަހެކެވެ. މި ގަސް އިންދުމުގެ ރަސްމިއްޔާތަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ އަދި ދެޤައުމުންވެސް ތިމާވެށި ރައްކާތެރިކުރުމަށް ދެމުންދާ ސަމާލުކަން ފާޅުކޮށްދޭ މުހިންމު ހަރަކާތެކެވެ.
