އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހަކު ހައްޔަރު ކޮށްފި

މާލޭ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ދަނޑިކޮށީ ޖަގަހައަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ މ. ސްޓަރ، މުހައްމަދު ރަޒީނެވެ. އޭނާއަކީ އުމުރުން ނަވާޅީސް އަހަރުގެ މީހެކެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ އޮގަސްޓް އެއްވަނަ ދުވަހުގެރޭ 1:30 އެހައިކަންހާއިރު ކަމަށެވެ. މިމައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ދަތުރުނާމާ (ނުވަވަނަ ބައި)

އަރުޝީ ހަދާނެގޮތް ހުސްވިކަހަލައެވެ. އަމިއްލަ ނަފްސަށް އެކަނިވެރިކަން އިހުސާސް ކުރެވެން ފެށިކަހަލަވެސް މެއެވެ. ވަރަށް ބާރަށް ރޮއެގަންނަންވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް އަރުޝީއަކީ ހިތްވަރުގަދަ ކަނބަލެއްކަން އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދެމުން ގެންދިޔައެވެ. އޭނާގެ މަންމަ ފަދައިންނެވެ. އެހެނީ ނަފީސާއަކީ އޭނާގެ އަސްލު މަންމަ ނޫންކަން ޤަބޫލުކުރާކަށް އަދިވެސް އަރުޝީ ބޭނުމެއް ނުވެއެވެ. އެހެނަސް ޙަޤީޤަތަކީ، ކިތަންމެ ސިއްރުކުރަން މަސައްކަތް ކުރިނަމަވެސް ކޮންމެވެސް ދުވަހަކުން ދުނިޔެއަށް ފައުޅުވާނެ އެއްޗެކެވެ. އެއީ އިލާހީ ޤާނޫނެވެ. އެއިން އެއްވެސް ކަމަކީ […]