ދަތުރުނާމާ (ދިހަވަނަ ބައި)

އަރުޝީ ޑައިރީ ހުޅުވާލުމާއިއެކު، ކުއްލިޔަކަށް ލައްޕާލިއެވެ. އެހެނީ، އަރުޝީގެ ހިތުގައި އުފެދުނީ ފާޑެއްގެ ބިރުވެރި ކަމެކެވެ. މިހާރު ހިތުގައި އުފެދޭ އެންމެ ބޮޑު ސުވާލާއިމެދު ވިސްނާލެވުމާއި އެކުގައެވެ. އަރުޝި ނަފީސާގެ ބެލުމުގެ ދަށަށް އައީ ކޮންއިރަކު ކީއްވެގެންބާއޭ ހިތަށް އެރުމާއި އެކުގައެވެ. ސަމްސުއްނިސާ، އޭނާ ބަނޑުއަޅާ ވިހޭ ދަރިފުޅު ދޫކޮށްލީ ކީއްވެބާއޭ ވިސްނާލުމާއި އެކުގައެވެ. އަރުޝީގެ ބައްޕަގެ ދަރިއަކަށް ސަމްސުއްނިސާ ބަލިވެއިންދާ، ސަމްސުއްނިސާއާއި ކައިވެނި ނުކޮށް ނަފީސާއާއި ކައިވެނިކުރީ ކީއްވެބާއޭ ހިތަށް އެރުމާއި އެކުގައެވެ. އެހުރިހާ ޚިޔާލުތަކަށްވުރެ […]
