ޤިޔާމަތުގެ ތާޅަފިލި

ޤިޔާމަތުގެ ތާޅަފިލީގެ ވާހަކަ، ކީރިތި ޤުރްއާނާއި ސުންނަތުން ވަނީ، ޚަލްޤުތަކުންނަށް އަންގަވާފައެވެ. އަދި އެއީ، އެއްވެސް ޝައްކެއްނެތި ހިނގާނެ ކަމެއްކަމަށް، މުސްލިމުން އީމާންވާން ޖެހެއެވެ. ތާޅަފިލި ފުމެލައްވާނީ، إِسْرَافِيْلُ عَلَيْهِ السَّلاَمُ އެވެ. އެއީ، ޢަރްޝި އުފުއްލަވާ މަލާއިކަތުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަލާއިކަތެކެވެ. އެ ބޭކަލުންގެ ހައިބަވަންތަ ކަމުގެ ވާހަކައަކީ، ބިރުންގޮސް ހިތްތައް ވިރިގެންދާފަދަ ވާހަކަތަކެކެވެ. ތާޅަފިލި ފުމެލެއްވުމާ ޙަވާލުކުރެވުނީއްސުރެ އެކަލޭގެފާނު ވަނީ، ކަޅިޖެއްސެވުމެއްނެތި ޢަރުޝިއާ ދިމާއަށް ބައްލަވައިގެން، ﷲ ގެ އަމުރުފުޅު އަންނަ ވަގުތަކަށް ބިރުވެތިވެ […]
ހުޅުމާލެ އިންޖީނުގޭގެ މަސައްކަތް ކާމިޔާބު

ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން މިއަދު ކުރެވުނު މޭޖަރ މެއިންޓަނަންސް މަސައްކަތް މިއަދު ހެނދުނު އަށްގަޑި ސާޅީސް ތިނެއްގައި ވަނީ ކާމިޔާބުކަމާއިއެކު ނިންމާލެވިފައި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. މަސައްކަތް ނިމޭނެކަމަށް ކުރިން ލަފާކުރެވިފައިވާ ގަޑި ކަމަށްވި ދިހައެއްގެ ކުރިން ”މި މަސައްކަތް ނިންމާލައި، ހުރިހާ ކަސްޓަމަރުންނަށް އަލުން ކަރަންޓު ދެވިފައިމިވަނީ ސްޓެލްކޯގެ ޚިދުމަތްތެރި އިންޖީނިއަރުންނާއި ޓެކްނީޝަނުންގެ ޤާބިލްކަމާއި ހީވާގިކަމުން. މީގެ އިތުރުން މަސައްކަތުގެ އަޚުލާޤާއި، އެ މަސައްކަތަށް އޮންނަ ލޯތްބާއި، […]
ދަތުރުނާމާ (އެގާރަވަނަ ބައި)

އަރުޝީ ކުއްލިޔަކަށް ޑައިރީ ލައްޕާލާފައި މަޑުމަޑުން ދެލޯ މަރާލިއެވެ. އަދި ބޭއިޚްތިޔާރުގައި މަންމާއޭ ކިޔާފައި ގޮވާލެވުނެވެ. ވޭނުން ފުރިގެންވާ އަޑަކުންނެވެ. ހީވީ ނަފީސާގެ އެގޮވާލުމުގެ އަޑު އަރުޝީއަށް އިވުނުހެންނެވެ. ލޯމަރާލައިގެން އިރުކޮޅަކު އިނުމަށްފަހު، މަޑުމަޑުން ލޯ ހުޅުވާލިއެވެ. އަދި އަނެއްކާވެސް ޑައިރީ ހުޅުވާލުމާއިއެކު ކިޔަން ފެށިއެވެ. ”އަހަރެންގެ ދުލުން ދަރިފުޅު މިބަސް ނިކުތުމާއިއެކު، އެކުއްޖާ އަހަރެންގެ މެޔާއި ކައިރިކޮށްލެވުނެވެ. އަމިއްލަ ދަރިއެއް ފަދައިންނެވެ. އަހަރެންނަށް މިވަނީ ކިހިނެއް ކަމެއް ޚުދު އަހަރެންނަކަށްވެސް ނޭންގުނެވެ. އެވަޤުތު ކައިރީގައި ހުރި […]
