ރައީސްގެ ދެކަނބަލުން އުތީމަށް ވަޑައިގެންފި

ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތިލަދުންމަތީ އުތުރުބުރީ އުތީމަށް ވަޑައިގެންފިއެވެ. މި އަހަރާއި އަންނަ އަހަރު، ޤައުމީ ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރެއްވުމުގެ ހަކަރާތްތައް އުތީމުގައި ކުރިއަށްގެންދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތީމަށް ވަޑައިގަތުމުން، އުތީމު ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތީމަށް ކުރައްވާ މި ޒިޔާރަތުގައި ޤައުމީ ދުވަހާ ގުޅޭ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އެ […]
