އެންމެ މަތިވެރި ޤުރުބާނީއަކީ ބޮޑުތަކުރުފާނުގެ ޖިހާދު: ރައީސް ސާލިހު

އިސްލާމްދީނާއި ދިވެހި ޤައުމުގެ މިނިވަންކަމުގެ ދިފާޢުގައި، ދިވެހި ރައްޔިތުންނަށްޓަކާ ދިވެހި ދަރިޔަކު ވެވަޑައިގެންނެވި އެންމެ މަތިވެރި ޤުރުބާނީއަކީ ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ގައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވަމުން އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއަދު ބޮޑު ތަކުރުފާނުގެ ހަނދާނާއި ޛިކުރާ އައުކޮށް އެދެއްކެވި ރިވެތި މިސާލުން އަބަދުވެސް އިބުރަތް ހާސިލުކުރާ ބަޔަކުކަމުގައި ދިވެހީން ވާންޖެހޭ ކަމަށެވެ.
މިޑީއާގައި ތަޅުއެޅުވުމަށްކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ: ފައްޔާޒު

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނައްތާލައި ނޫސްވެރިންނާއި މީޑިއާތަކުގައި ތަޅު އެޅުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުން ކަމަށާއި، އެކަމަށް މިސަރުކާރުން ފާސްކުރާ ކޮންމެ ގާނޫނެއް ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި އުވާލާނޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މީގެ ކުރިން ވެސް ވެރިޔަކު މިކަން ކުރައްވަން މަސައްކަތް ކުރެއްވިކަމަށެވެ. އެފަހަރުވެސް ކާމިޔާބެއް ނުވި ކަމަށާއި، ”އިރާދުކުރެވިއްޔާ މިފަހަރު ވެސް ކާމިޔާބެއް ނުވާނެ،“ ކަމަށް ފައްޔާޒު […]
ވަގުސެޓުފިކެޓު ހުށަހެޅުން އިތުރުވެއްޖެ، ފިޔަވަޅު އަޅާނަން: ފުލުހުން

ވަޒީފާއާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް އެޕްލައި ކުރުމަށް ސައްހަނޫން އެކަޑަމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުންކުރުމުގެ މައްސަލަތައް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުން އިތުރުވެފައިވާ ކަމަށް އެ މުއައްސަސާއިން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވެފައިވަނީ މިފަދަ އަމަލުތަކަކީ ގައުމުގެ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލިދާނޭ ކަމެއް ކަމަށެވެ. އޭގެ އިތުރުން އެ ކުށަށް އަރައިގަންނަ މީހުންނަށް ނުހައްގު މަންފާތަކެއް ލިބިދާނޭ ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި އާންމު ހިދުމަތްތަކުގެ ފެންވަރާއި އިލްމީ އަދި ޕްރޮފެޝަނަލް މިންގަނޑުތަކަށް ސީދާ އަސަރުކުރާނޭ ކަމެއް […]
ގައުމީ ދުވަސް-ކީއްވެ؟

ރާއްޖޭގައި ގައުމީދުވަސް ފުރަތަމަ ފާހަގަކުރިކަމަށްވަނީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ 4 ފެބްރުއަރީ 1946 ކަމަށް ތާރީޚުލިޔުއްވާ ބޭފުޅުން ވިދާޅުވެފައިވެއެވެ. އޭގެ ކުރިން ޤައުމީ ދުވަހުގެ ނަމުގައި ވަކި ދުވަހެއް ދިވެހީން ފާހަގަ ކޮށްފައި ނުވާކަމަށް ވެއެވެ. ޕޯޗުގީޒުން ރާއްޖެއަށް އަތްގަދަކޮށް ވެރިކަން ކޮށްފައިވަނީ 15 އަހަރާއި 6 މަސް ދުވަހަށް ކަމަށްވެއެވެ. އެފަހުން އެވެރިންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވީ، 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ […]
މިނިވަންކަން ގުޅިފައިވަނީ ލޯތްބާއި އިހުތިރާމުގެ މައްޗަށް: ރައީސް

މިނިވަންކަމާއި ޒިންމާތައް ގުޅިފައިވަނީ ފަރުދުންގެ މެދުގައިވާ ލޯތްބާއި އިޙުތިރާމުގެ މައްޗަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ގައުމީދުވަހާ ގުޅިގެން ހއ. އުތީމުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޙަޤީޤީ ޤައުމިއްޔަތަކީ ކޮބައިކަމާއި، ޤައުމިއްޔަތުގެ ޒިންމާއަކީ ކޮންމެ މީހެއްގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ. ޤައުމަށް ކުރިއެރުން ގެނައުމަށް ސަރުކާރުތަކުން މަސައްކަތްކުރައްވާނެ ކަމަށާއި، ނަމަވެސް ޙަޤީޤީ ކުރިއެރުމަކީ ފަރުދީ ޒިންމާއެއްކަމަށް ރައީސް ވިދާޅުވިއެވެ. ހިތުގައި ޤައުމިއްޔަތު އާލާކޮށް، އަންނާން […]
ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އާދަމް ޢަބްދުއްރަޙްމާނަށް

ދިވެހި ދައުލަތަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށްވާ، އާދަމް ޢަބްދުއްރަޙްމާނަށް ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް (ނ.ދ.ޝ.ޢ.) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރުވައިފިއެވެ. ހއ. އުތީމު އަލިމަސްގެ، އާދަމް ޢަބްދުއްރަޙްމާނަށް މި ޢިއްޒަތް އެރުވީ، މި އަހަރުގެ ޤައުމީ ދުވަސް ފާހަގަކުރެއްވުމަށް ހއ. އުތީމުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައެވެ. އާދަމް ޢަބްދުއްރަޙްމާނު، ނުވަތަ މަޝްހޫރު ނަމުން ދަންނަވާނަމަ އުތީމު އާދަމްބެ ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން […]
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށް

ޤައުމީ ދުވަހުގެ މުނާސަބަތުގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ. މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އެރުވީ، އެ ބޭފުޅާގެ ހަނދާނަށެވެ. މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވި 3 ބޭފުޅުންނަކީ: އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، […]
ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޝަރަފު، އުތީމު ރައްޔިތުންނަށް

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ އުތީމު ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އުތީމު ރައްޔިތުންނަށް މި ޝަރަފު އެރުވީ، އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އުތީމު ރައްޔިތުން އަދާކުރައްވައިފައިވާ ދައުރާއި، އެކަމަށް ދެއްވި އަހައްމިއްޔަތުގެ އަގު މިއަދުގެ ސަރުކާރުން ވަޒަން ކުރެއްވުމުގެ ގޮތުންނާއި، އުތީމުގެ ލޮބުވެތި ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކުގައި އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. އުތީމު ގަނޑުވަރަކީ، އައްސުލްޠާނުލްޣާޒީ […]
ރައީސް ގައުމީ ދުވަހުގެ ތަހުނިޔާ ވިދާޅުވެއްޖެ

ޤައުމިއްޔަތާއި މިނިވަންކަން ދަމަހައްޓާ ބައެއްގެ ގޮތުގައި ދިވެހީން ދެމިތިބޭނޭ ކަމުގެ ޢަޒުމު އާކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤައުމީ ދުވަހުގެ ތަހުނިޔާ ވިދާޅުވެއްޖެއެވެ. އެކްސް މެދުވެރިކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައި އެ މަނިކުފާނު ވަނީ، ބޮޑުތަކުރުފާނުގެ އަގުހުރި ޤައުމީ ޖިހާދުގެ ނަޞްރާއި ކާމިޔާބީއަށް 466 އަހަރު ފުރޭ މި ދަނޑިވަޅުގައި، އެ ޛިކުރާތަކާއި އެ ހޯއްދެވި ފަޚުރާއި ޝަރަފު، ދިވެހީންގެ ހިތްތަކުގައި ތާޒާކަމާއެކު ދިރެމުންދާކަމަށް ވިދާޅުވެފައެވެ. އަދި މި ޤައުމުގެ ޙައްޤުގައި ޖިހާދުކުރެއްވި އަގުހުރި ބަޠަލުންގެ ޢަޒުމާއި ހިތްވަރުން […]
އޮނުހިޔާ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވައިފި

އުތީމު އިސްރަށްވެހީންގެ މައިޒާން، އޮނުހިޔާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ. އުތީމު އިސްރަށްވެހީންގެ މައިޒާން، އޮނުހިޔާ ހުޅުއްވައިދެއްވުމަށްފަހު ބޮޑުތަކުރުފާނުގެ ހަނދާނުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ އެ މައިޒާނުގައި ހައިވަކަރު ދެ ގަސް އިންދަވާފައެވެ. ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ކުރިއަށް ގެންދާ ރަސްމީ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދަވާ، ޣާޒީ ބަންޑާރައިންގެ އަސަރުތައް ދިރުވުމުގެ މަޝަރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވުމުގެ ގޮތުން ބޮޑުތަކުރުފާނު […]
