ވޯޓާތީމް ޕާކު ސަރަހައްދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލޭ ވޯޓާތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އެމީހާ ފެނުމާއެކު ފުލުހުން ވަނީ އެކަން ވެގެންއުޅޭގޮތެއް ބެލުމަށް ހަރަކާތްތެރިވާން ފަށައިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮއްވައިފެނިފައިވަނީ ބޭރުމީހެއްގެ ހަށިގަނޑެވެ. އެ ހަށިގަނޑުވަނީ ކުނިވެފައި ކަމަށާއި އެހެން ކަމުން އެއީ ކާކުކަން ސީދާ ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.  

ނެއްލައިދޫ ސިއްހީމަރުކަޒު ބިނާ ކުރުމަށް އާރުޑީސީއާ ހަވާލުކޮށްފި

ހދ.ނޮޅިވަރަންފަރު ޞިއްޙީމަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ރޯޑު ޑެވެލޮޕްމަންޓް ކޯޕަރޭޝަންނާ ހަވާލުކޮށްފިއެވެ. އާރުޑީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ އެރަށަށް ވަޑައިގެން ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމެއެވެ. ރޯޑު ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ނަޒީމެވެ. […]

ޔޫ.އެން.އެޗް.އާރް.ސީއަށް އިންތިޚާބު ވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މިހިނގާ 2025 ވަނަ އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި، އެކުވެރި ދަޢުލަތްތަކުގެ ހިއުމަން ރައިޓްސް ކައުންސިލް (ޔޫ.އެން.އެޗް.އާރް.ސީ)ގެ ވައިސް ޕްރެޒިޑެންޓްގެ މަޤާމަށް ދިވެހިރާއްޖެ އިންތިޚާބުވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މަރްޙަބާ ވިދާޅުވެއްޖެއެވެ. އދގެ ވައިސް ޕްރެޒިޑެންޓްގެ ހައިސިއްޔަތުން، އޭޝިއާ-ޕެސިފިކް ގްރޫޕުގެ މަސްއޫލިއްޔަތުތައް ދެން އަދާކުރަމުންދާނީ ދިވެހިރާއްޖެއިންނެވެ. މިކަމާ ގުޅިގެން ’އެކްސް’ގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖެއަކީ އިންސާނީ ޙައްޤުތަކާ ގުޅުންހުރި ކަންކަމުގައި، ވަކިން ޚާއްޞަކޮށް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) އާ […]

ނޮޅިވަރަން ދަނޑުބިންތަކުން ފީ ނުނަގަން ރައީސް އެދިވަޑައިގެންފި

ނޮޅިވަރަން ދަނޑުބިންތަކުން ރަށު ކައުންސިލަށް ފީ ނުނެންގެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރައީސް މިކަމަށް އިލްތިމާސްކުރެއްވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނޮޅިވަރަން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ނޮޅިވަރަމަކީ ދަނޑުވެރި ރަށެއް ކަމަށާއި، އެ ރަށުގެ ވަކި ވަކި އާއިލާތަކަށް އެންމެ ބޮޑު ނަފާ ލިބޭ މަސައްކަތަކީ ދަނޑުވެރިކަން ކަމަށެވެ. އެހެންކަމުން ކައުންސިލުން ދަނޑުބިންތަކަށް ފީ ނުނަގާ ނަމަ، ދަނޑުވެރި އާއިލާތަކަށާއި ރަށަށް […]

އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ ނާއިބަކަށް ރާއްޖެ

އެކުވެރި ދައުލަތްތަކުގެ (އދ) އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ ނާއިބު ރައީސް ގެ މަޤާމަށް މިއަދު ދިވެހިރާއްޖެ އިންތިޚާބު ވެއްޖެ އެވެ. މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެފައިވަނީ މިއީ ދިވެހި އެންމެހާ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރަކާއި ކާމިޔާބީއެއް ކަމުގައެވެ. މި މަޤާމަށް ދިވެހިރާއްޖެ އިންތިޚާބުވުމާއެކު، އެ މަޤާމުގެ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރައްވާނީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތުގެ އޮފީސްތަކަށް ދިވެހި ދައުލަތުން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ […]