ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު މީހަކު ފައިސާތަކާއެކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނޫ މި ސެޕްޓެންބަރު މަހުގެ 16 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރިސޯޓް ކައުންޓަރުތައް ކައިރީގައި ގަވާއިދާ ހިލާފަށް ބޭރުފައިސާ މާރުކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަނގްލަދޭޝަ މީހެް ކަމަށްވާ ރަފިގުލް އިސްލާމް (30އ) އެވެ. މިހާތަނަށް ބެލި ބެލުމުން މީނާއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން އެނގިފައިވާކަމަށްވެސް ބުނެފައިވެއެވެ. ޓޫރިސްޓު ޕޮލިހުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު […]
ފަލާހު، ހުޅުމާލޭން 28 މިލިއަނަށް ބިމެއް ގަނެފި

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު، ހުޅުމާލޭން 28،782،000 މިލިއަން ރުފިޔާއަށް ބިމެއް ގަނެފިއެވެ. އޭނާ މި ބިން ގަނެފައިވަނީ ހުޅުމާލެ ފޭސް ދޭކުންނެވެ. އޭނާ ގަނެފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 3،250 އަކަފޫޓުގެ 22173 އެވެކިޔުނު ބިމެވެ. އެ ބިމުގެ މިލްކުވެރި ފަރާތަކީ ފަލާހުކަމަށް ކަނޑައަޅައި ދިނުމަށް އެދި އެޗްޑީސީން، ސިވިލް ކޯޓަށް ހުށަހެޅީ މި އަހަރުގެ އޮގަސްޓު މަހުގެ ތިންވަނަ […]
ނުވަ އަހަރުގެ ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް

ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ. ފުލުހުން މިއަދު ބުނީ ނޯތު ސެންޓްރަލް ޕޮލިސް (އއ. އދ. ކ. ވ.) ގައި ހިމެނޭ ރަށެއްގެ މީހަކު ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖީންސީގޯނާ ކޮށްފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ މިމަހުގެ 14ގައި ކަމަށެވެ. އެމީހާއަކީ އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހެއް ކަމަށާއި އެ މީހާއާ ގުޅުން ހުރި އިތުރު މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށްވެސް […]
ސްކޭމް މައްސަލަތަކާ ގުޅޭ ތިން މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ހުށަހެޅި ސްކޭމް މައްސަލަތަކުގައި ގެއްލިފައިވާ ފައިސާ އާއި ޑޮލަރުގެ ތެރެއިން -/2،515،484.13ރ އާއި 31،9737 ޔޫއެސް ޑޮލަރު ތަހުގީގުގެ ތެރެއިން އަނބުރާ ހޯދިފައިވާކަމަށްވެސް ފުލުހުން ބުނެވިއެވެ. ފުލުހުން ބުނީ ހަ މަސްދުވަހުގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރަށް، ހުށަހެޅުނު މައްސަލަތަކުގައި ޖުމުލަ -/11،040،491.28ރ އަދި 138،060.85 ޔޫއެސް.ޑޮލަރުގެ ގެއްލުން ހިމެނޭކަމަށެވެ. އެގޮތުން ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރަށް، ތަފާތު އެކި ބާވަތްތަކުގެ ސްކޭމްގެ 1059 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ފުުލުހުންގެ އިދާރާއިން […]
