ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާހިރު

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު އައްޔަންކޮށްފިއެވެ. މިއަދު ފަނޑިޔާރު ކަމަށް އޭނާ އައްޔަންކުރިކަން ސުޕްރީމް ކޯޓުގެ ރަސްމީ އެކްސް އެކައުންޓުން ވަނީ އިއުލާނުކޮށް މަރުހަބާ ކިޔާފަ އެވެ. ހައިކޯޓުގެ ފަނޑިޔާރުކަަމަށް މާހިރު އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމީ މިއަދު ހެދުނު ބޭއްވި ބައްދަލުވުމެއްގަ އެވެ. ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީ އިން ހުޅުވައިލީ އެ ކޯޓަށް އައްޔަނުކުރަން އެ ކޮމިޝަނުން ފާސްކުރި މުހައްމަދު ޝަހީދު، އޭނާގެ […]

ކައިރީގައި އޮންނަ ރިސޯޓުްން ދާއިމީ ފައިދާއެއް ކައުންސިލްތަކަށް ލިބޭތޯ ބަލާނަން: ރައީސް

ރަށްރަށުގެ ކައިރީގައި އޮންނަ ރިސޯޓުތަކުން ދާއިމީ މަންފާއެއް، އެ ރިސޯޓުގެ ފަޅުތެރޭގައި ނުވަތަ އެ ރިސޯޓާ އެންމެ ކައިރީގައި އޮންނަ ރަށެއްގެ ކައުންސިލަށް، ލިބޭނެ ފުރުސަތެއް އޮތްތޯ ބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ތ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތ.އޮމަދޫ އަށްވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ކައުންސިލްގެ އިހްތިސާސްގައި އޮންނަ ރަށެއްގައި ރިސޯޓު ތަރައްގީއެއް ނުކުރެވޭނެ ކަމަށެވެ. […]

މަސްތުވާތަކެއްޗާއި މަނާ ބޭސްތަކަކާއެކު އަންހެނަކާއެކު ހަތަރު މީހަކު ހައްޔަރަށް!

މަސްތުވާތަކެއްޗާއި މަނާ ބޭސްތަކަކާއެކު އަންހެނަކާއި ތިން ފިރިހެނުން ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަން ހިންގީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެނެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކުރީ ދިވެހި އަންހެނަކާއި ދިވެހި ފިރިހެނެއްގެ އިތުރުން ބިދޭސީ ދެ ފިރިހެނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހމ. މާވަހަރު، ޝާނާ، 32، އާއި ށ. ފޭދޫ، މާވަސްގެ، އަހުމަދު ސައްފާން، 26، އާއި […]

މޫސަ މަރައިލި މައްސަލައިގައި ދައުވާކުރަނީ

ލ. މާވަށް / ނަލަހިޔާ، މޫސާ އިބްރާހީމް (29އ) އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ މައްސަލައިގެ ތަހުގީގު ނިންމައި، ހދ. ނޮޅިވަރަންފަރު / އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް (29އ) ގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ. ފުލުހުން ބުނީ މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ މި ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހުކަމަށެވެ. މި މައްސަލަ ޕްރޮސެކިއުޓަރ ޖެެނެރަލްގެ އޮފީހުން ވަނީ ބަލައިގެންފައެވެ. މި މައްސަލައިގައި މުހައްމަދު އިބްރާހިމް […]