ފެނަކަ ސައީދަށް ކުރި ހުކުމަކީ، އެއްވުމަށް ހުރަސް އެޅުމުގެ ގޮތުންކުރިކަމެއް

ފެނަކަ ކޯޕަރޭޝަން ހިޔަނާތުގެ މައްސަލައިގައި، އެ ކޯޓުގެ ކުރީގެ އެމްޑީ އަހުމަދު ސައީދު ހަތަރު އަހަރު ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމަކީ، އަންނަ އޮކްޓޫބަރުމަހުގެ ތިންވަނަ ދުވަހު ”ލޫޓުވައިފި، ލޫޓުވައިފި“ ގެނަމުގައި އިދިކޮޅު އެމްޑީޕީން ބާއްނާ ސަރުކާރާ ދެކޮޅު އެއްވުމަށް ހުރަސްއެޅުމަށް ސަރުކާރުން ކުރަމުން ގެންދާ ކަންތައްތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށް އެމްޑީޕީން ބުނެފިއެވެ. އެމްޑީޕީން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އެ ޕާޓީގެ ބައެއް ވަކީލުން ވިދާޅުވީ، އަންނަމަހުގެ ތިނެއްގައި ބާއްވާ، ބޮޑު އެއްވުމަށް […]

އަންއަހަރުން ފެށިގެން ޑޮލަރު ލިމިޓު ބޮޑުކުރަނީ

އަންނަ އަހަރު ފެބްރުއަރީ އެކަކުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް ގެ ކްލެސިކް ކާޑުގެ ލިމިޓް ކްރެޑިޓް ކާޑް އިން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރެވޭނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ ”ކްރެޑިޓް ކާޑް އިން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 1 ފެބްރުއަރީ 2026 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް ގެ ކްލެސިކް […]

ބިރުދެއްކި މައްސައަލާއާއެކު 5 ދައުވާއެއްގައި ޖަޒީލް ޖަލަށް

އާއިލާމީހަަކަށް އަނިޔާދީ ބިރުދެއްކި މައްސައަލާއާއެކު ފަސް މައްސަަލައެއްގައި، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމާފުޅު، މަރިޔަމް ޒުބައިރު (މަންދީ)އަށް ހަމަލާދިން، މ. ހަނީކޯމްބް އަހުމަދު ޖަޒީލް ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެދަށުން ކުރި، މީހެއްގެ ފުރާނައަށް ނުވަތ ހަށިގަނޑަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އާއި […]

އިމިގްރޭޝަން ޓީމް ބަދަހި، ނަތީޖާ ހާސިލް ކުރެވޭނެ: ފަސީހު

އިމިގްރޭޝަންގެ ޓީމަކީ ވަރަށް އެކުވެރި ބަދަހި ޓީމެއް ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީ.ޕީ (ރޓ) އަޙްމަދް ފަޞީޙް ވިދާޅުވެއްޖެއެވެ. އިމިގްރޭޝަން އިންސައިޓްސްގައި ވާހަކަ ދައްކަވަމުން ފަޞީޙް ވަނީ އިމިގްރޭޝަނަކީ އާންމު ރައްޔިތުންގެ އިތުބާރު ލިބި އަދި ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީންނަކީ ސިސްޓަމްގެ ތެރެއިން މަސައްކަތް ކުރާ ބަޔަކަށްވުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއް ކަމަށް ވިދާޅުވެފައެވެ. ކޮންޓްރޯލަރ ވިދާޅުވީ ގްލޯބަލައިޒް ވޯލްޑެއްގަ ބިދޭސީން އަންނާނެކަން ގަބޫލުކުރަން ޖެހޭކަމަށެވެ. އެހެންވީމާ ބިދޭސީންނަކީ ކުށްކުރުން […]

ކައްދޫ އެކްސިޑެންޓް: ދައުވާކުރަން ފޮނުވައިފި

މި އަަހަރުގެ އޮގަސްޓު މަހު 15 ވަނަ ދުވަހުގެ ވަގުތެއްގައި ލ. ކައްދޫގައި ކަފިހިހުރަސް މަތިން މަގުހުރަސް ކުރަނިކޮށް، ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށްއެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށްއެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. މި މައްސަލަ އެ […]