އެމެރިކާގައި އުދުހޭ ޓެކްސީ ދައްކާލައިފި

އެމެރިކާ މީހުންނަށް ފުރަތަމަ ފަހަރަށް އުދުހޭ ޓެކްސީއެއް ދައްކާލައިފިއެވެ. އުދުހޭ ޓެކްސިއަކީ، ރަށު ތެރޭގައި އޮލަނބަށް މައްޗަށް އުދުހިދާ އުޅަނދުތަކެވެ. އިލެކްޓްރިކް ވަރޓިކަލް ޓޭކްއޮފް އެންޑް ލޭންޑިންގ (އީވީޓީއޯއެލް) އުޅަނދުފަހަރު އެމެރިކާ މީހުންނަށް އަދި ކިރިޔާ މި ފެނުނީ އެވެ. ޗައިނާއާއި ޖަރުމަންވިލާތާއި ޔޫއޭއީގައި މި ބާވަތުގެ އުޅަނދު ފެނެއެވެ. އަދި އެފްރިކާގައިވެސް ޗައިނާއިން މި ބާވަތުގެ އުޅަނދު ޓެސްޓް ކޮށްފައި ވެއވެ. މިއީ ކުރު ރާސްތާއަށް އަވަހަށް ދަތުރު ކުރުމަށް ވައިގެ ދަތުރުފަތުރުގެ އާ ޒަމާނެއްގެ […]
ނޯބެލްގެ ބޭސްވެރިކަމުގެ އިނާމު 3 މީހަކަށް

2025 ވަނަ އަހަރު ބޭސްވެރިކަމުގެ ދާއިރާއިން ނޯބެލް އިނާމު ލިބިވަޑައިގަތީ އިންސާނުންގެ ދިފާއީ ނިޒާމު ކަމަށްވާ އިމިއުން ސިސްޓަމް ހިނގާ ގޮތާ ބެހޭ ގޮތުން އައު ހޯދުން ހޯދި ތިން ސައިންޓިސްޓުންނަށެވެ. މި ދިރާސާއިން ހާމަވެފައިވަނީ ދިފާއީ ނިޒާމަކީ ހަށިގަނޑުގެ ޓިޝޫތަކަށް ހަމަލާދިނުން ހުއްޓުވާ ނާޒުކު މެކޭނިޒަމްތަކެވެ.މިއީއެމެރިކާ2މީހަކާއިޖަޕާންމީހެކެވެ. މި ސައިންޓިސްޓުން ވަނީ ދިފާއީ ނިޒާމު ރައްކާތެރިކޮށް ބަލަހައްޓާ އިމިއުން ރެސްޕޮންސް އަށް މަސައްކަތްކުރާ މޮލެކިއުލަރ ޕާތްވޭތައް ހޯދާފައެވެ. މި ހޯދުންތަކުގެ ސަބަބުން ދިފާއީ ނިޒާމުގެ ހަރަކާތްތައް އިތުރުކުރުމަށް […]
ދެނެއް ހިތް ފުރެންދެން ކޯކު ބޯކަށް ނުލިބޭނެ

ހަކުރު ބޭނުންކުރުން މަދުކުރުމަށް އަމާޒުކޮށްގެން އިނގިރޭސި ސަރުކާރުން ތަންފީޒު ކުރަން ފަށާފައިވާ އާ ގަވާއިދުތަކުގެ ދަށުން ކުރިން ރެސްޓޯރެންޓްތަކުން ބޭނުން ވަރަކަށް ހިލޭ ކޯކު ބޯން ލިބޭ އުސޫލު މިހާރު ނިމުމަކަށް އައިސްފިއެވެ. އާދައިގެ ހަކުރި އެޅި ކޯކު މިހާރު ލިބޭނީ މީހަކަށް އެންމެ ތަށްޓެކެވެ. ނަމަވެސް ހަކުރު ނުހިމެނޭ ކަމަށް ބުނާ ޒީރޯ ބާވަތުގެ ކޯކްއާއި ފެންޓާ ފަދަ ބުއިންތައް ކޮންޓްރޯލެއް ނެތި ލިބޭނެއެވެ. ކުރިން ހައްދެއް ނެތް މިންވަރަށް ކޮންމެ އޯޑަރަކަށް ’ބޮޓޮމްލެސް‘ ޑްރިންކް […]
އެމެރިކާ ދިފާއީ ވަޒީރަކީ ޖޯކަރެއް ކަމަށް ބުނެފި

އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ސިފައިންގެ އިސްވެރިންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމަށް އެރިޒޯނާގެ ސެނެޓަރު ރޫބެން ގެލެގޯ ފާޑުވިދާޅުވެއްޖެ އެވެ. ގެލެގޯ ވިދާޅުވީ އެއީ ”އެއްވެސް މާނައެއް ނެތް ބޭކާރު“ ބައްދަލުވުމެއް ކަމަށާއި، އަދި ޓްރަމްޕްގެ ސަރުކާރުން ސިފައިން ސިޔާސީ ކުރަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ސީއެންއެންގެ ސްޓޭޓް އޮފް ދި ޔޫނިއަންގައި ވާހަކަ ދައްކަވަމުން، މެރިން ކޯޕްސްގެ ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ ގެލެގޯ ވަނީ މި ބައްދަލުވުމަކީ ޓްރަމްޕްގެ ބާރު ދެއްކުމަށްޓަކައި ހިންގި […]
