މުޒާހަރާތަކަށް ފަހު ބޮޑުވަޒީރުކަން ސިފައިންގެ ޖެނަރަލަށް

މަޑަގަސްކަރައިގައި ޖެން ޒީ އިން ނިކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމުން ބޮޑު ވަޒީރު އިސްތިއުފާ ދެއްވައިފައެވެ. އެއަށްފަހު ރައީސް އެންޑްރީ ރަޖޯއެލީނާ ވަނީ ބޮޑު ވަޒީރުކަން ސިފައިންގެ އިސް ޖެނެރަލްއާ ހަވާލު ކުރައްވާފައެވެ. ޒުވާނުން އެދިފައިވަނީ އިގްތިސާދީ ހާލަތު ރަނގަޅުކޮށް ދޭތެރެ ދޭތެރެއިން ކަރަންޓާއި ފެން ކެނޑުމުގެ މައްސަލަ ހައްލުކޮށްދެއްވުމަށެވެ. ބޮޑު ވަޒީރު އިސްތިއުފާ ދެއްވުމުން މިހާރު ރައީސް ވަނީ ސިފައިންގެ އިސް ޖެނެރަލް ބޮޑު ވަޒީރުގެ މަގާމަށް އައްޔަން ކުރައްވާފައެވެ. އަދި ރައީސް ގައުމާ […]
ﷲއަށް އިހާނެތި ބަސް ރައްދު ކުރި މޮރޮކޯ މީހާ 6 މަހަށް ޖަލަށް

އަންހެނުންގެ ހައްގަށް ވާހަކަ ދައްކާ މޮރޮކޯގެ އެކްޓިވިސްޓެއް ކަމަށްވާ އިބްތިސާމު ލަޝްގަރު ﷲއަށް އިހާނެތި ބަސްތައް ރައްދުކޮށްފައިވާ ޓީޝާޓެއް ލައިގެން ގޮތް ދެއްކުމުން އޭނާ 6 މަހަށް ޖަލަށް ލާން ޙުކުމް ކޮށްފިއެވެ. އޭނާ ހައްޔަރުކުރީ މިދިޔަ އޮގަސްޓް މަހު އެވެ. އެއިރު އޭނާ ލައިގެން ހުރި ޓީޝާޓްގައި ޢަރަބި ބަހުން ”الله“ ލިޔެފައި ތިރީގައި އިހާނެތި ބަސްތައް އިނގިރޭސިން ލިޔެފައި އޮތެވެ. މިމީހާއަކީ އަންހެނުންގެ ހައްގަށް ވާހަކަ ދައްކަން މަޝްހޫރު އުމުރުން 50 އަހަރުގެ ކްލިނިކަލް […]
މޮދީ ޕޫޓިންއަށް އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވެއްޖެ

މޮދީ ޕޫޓިންއަށް އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވެއްޖެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ވާހަކަ ދައްކަވައި، ޕޫޓިންގެ 73 ވަނަ އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވެފަ އެވެ. ދެ ބޭފުޅުން ވަނީ ދެގައުމުގެ ކުރިއެރުންތައް މުރާޖަޢާކުރައްވައި، “ޚާއްޞަ އަދި އިމްތިޔާޒު ލިބިފައިވާ ސްޓްރެޓެޖިކް ޕާޓްނަރޝިޕް” ފުންކޮށް ކުރިއަށް ގެންދިއުމަށް ވަޢުދުވެވަޑައިގެންފައެވެ. ޕޫޓިން މިއަހަރު ފަހުކޮޅު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނާވެ ކަމަށް ލަފާ ކުރެވެއެވެ.
7 އޮކްޓޯބަރު: ޔަހޫދީންގެ ލޮލުން ނިދި ނިގުޅައިގަތް ދުވަސް

ހަމާސް އިން ފަލަސްޠީނުގެ މިނިވަންކަމަށް 7 އޮކްޓޯބަރު 2023 ގައި ޔަހޫދީ ޒަޔަނިސްޓު އަދުއްވުންނާ ދެކޮޅަށް ދީފައި ވަނީ އަރަބިން މިހާތަނަށް އިޒްރޭލަށް ދުވަހަކުވެސް ދީފައި ނުވާ ވަރުގެ ވަރުގަދަ ހަމަލައެކެވެ. އެއަށްފަހު ޔަހޫދީން ހިންގާ ޓެރަރިސްޓް އަމަލުތަކަށާއި ޖެނޮސައިޑް ހިންގަމުން ގެންދަނީ އެމެރިކާއިން ފުރިހަމައަށް ތާއީދުދީ މާލީ އެހީތެރިކަން ދީގެންނެވެ. ޔަހޫދީ ޒަޔަނިސްޓުންގެ ޖެނޮސައިޑް ޕްރޮޖެކްޓަށް އެމެރިކާއިން ވަނީ 21.7 ބިލިއަން ޑޮލަރު ހޭދަ ކޮށްފައެވެ. މުހައްލިލުން އިއްތިފާގުވާ ގޮތުގައި އެމެރިކާގެ ވާގިވެރިކަމާއި މާލީ އެހީތެރިކަމާއެކުގައި […]
އަންނަ އަހަރު 13.4 މިލިޔަންގެ ބަޖެޓެއް ބޭނުންވާނެ: އޮޑިޓް އޮފީސް

އަންނަ 2026 ވަނަ އަހަރަށް13.4 މިލިޔަން ރުފިޔާގެ އޮޑީތް އޮފީހަށް ހޯދަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފިއެވެ. މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ އޮފީހުގެ ބަޖެޓުގެ ގޮތުގައި 13.4 މިލިޔަން ހުށަހެޅީރު އޭގެ ތެރޭގައި ހިމެނެނީ، ރިކަރަންޓް ހަރަދަށް 89 މިލިޔަން ރުފިޔާ އާއި ކެޕިޓަލް ހަރަދަށް ތިން މިލިޔަން ރުފިޔާ އެވެ. ބަޖެޓްގައި ޕީއެސްއައިޕީއށް 41.5 މިލިޔަން ރުފިޔާ ވަނީ ހިމަނައިފައެވެ.
ހާވާރޑް ޔުނިވާސިޓީގައި އިންސާނުންގެ ގުނަވަނުގެ ވިޔަފާރި ހިންގައިފި

އެމެރިކާގެ ހާރވާޑް ޔުނިވާސިޓީގައި އިންސާމނުންގެ ގުނަވަނުގެ ވިޔާރި ހިންގައި ގުނަވަންތައް ވަގަށް ނަގައިގެން ކަޅު ބާޒާރުގައި ވިއްކާފައިވާ މައްސަލާގައި ޔުނިވާސިޓީއާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށް ކޯޓުން ނިންމައިފިއެވެ. މިމައްސަލާގައި ހާވާޑް ޔުނިވާސިޓީއާ ދެކޮޅަށް ދައުވާ ކުރެވޭނީ އެ ޔުނިވާސިޓީގެ މެޑިކަލް ސްކޫލަށް ގާތްތިމާގެ މީހުންގެ ހަށިގަނޑުތައް ހަދިޔާކުރި އާއިލާތަކުން ކަމަށް ވެސް ވަނީ ނިންމާފައެވެ. މެސެޗުސެޓްސްގެ ސުޕްރީމް ކޯޓުން ވަނީ ގާނޫނީ ފިޔަވަޅުތަކުން ޔުނިވާސިޓީ ރައްކާތެރިކޮށްދެމުން ދަށު ކޯޓަކުން ކުރި ހުކުމް ބާތިލްކޮށްފަ އެވެ. އަދި […]
އިންޑިއާގެ އުއްތަމަ ފަނޑިޔާރަށް ވަކީލު ހަމަލަ ދިނީ ކީއްވެ؟

އިންޑިއާގެ އުއްތަމަ ފަނޑިޔާރު ބީއާރު ގަވާއިއަށް ޝަރިއަތުގެ މަޖިލީހުގައި ބޫޓު ކިބައިން ހަމަލާދޭން އުޅުމާ ގުޅިގެން އިންޑިއާގެ ބާ ކައުންސިލުން ވަނީ އެޑްވޮކޭޓް ރާކޭޝް ކިޝޯރުގެ ލައިސަންސް ވަގުތުން ސަސްޕެންޑްކޮށްފަ އެވެ. ކޯޓު ތެރޭގައި އުއްތަމަ ފަނޑިޔާރަށް ހަމަލަ ދޭން މަސައްކަތް ކުރުމުން ކިޝޯރަށް އިތުރު ޑިސިޕްލިނަރީ ފިޔަވަޅު އަޅަންދެން މުޅި އިންޑިއާގެ އެއްވެސް ކޯޓެއްގައި، ޓްރައިބިއުނަލެއްގައި ނުވަތަ ގާނޫނީ ބާރެއްގައި އޭނާއަށް ޕްރެކްޓިސް ކުރުން މަނާ ވެގެން ވެއެވެ. އޭނާއަށް ވަނީ ޗިޓް ފޮނުވާފައެވެ. އަދި […]
ޓެސްލާ ލޮރީގެ ދޮރު ނުހުޅުވިގެން މީހަކު މަރުވެއްޖެ

ކެލިފޯނިއާގެ ޕީޑްމޮންޓްގައި ހިނގި ޓެސްލާ ސައިބަރ ޓްރަކް އެކްސިޑެންޓެއްގައި 19 އަހަރުގެ ކްރިސްޓާ މިޝެލް އަނދައިގެން މަރުވެއްޖެއެވެ. މި އެކްސިޑެންޓްގައި ޖުމްލަ 3 މީހުން ވަނީ މަރުވެފައެވެ. ކްރިސްޓާގެ މައިންބަފައިން ވަނީ ޓެސްލާއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ. އެ މައްސަލައިގައި ބުނެފައިވާ ގޮތުގައި، އުޅަނދު ގަހަކާ ޖެހި އޭގައި އަލިފާން ރޯވުމުން، އުޅަނދުގެ އުފެއްދުމުގައި އުޅޭ ޑިޒައިންގެ މައްސަލައެއްގެ ސަބަބުން ދޮރުތައް ތަޅުލެވި، ކްރިސްޓާއަށް ވެހިކަލްއިން ނުނިކުމެވި އަލިފާނުގައި އެތެރޭގައި ފިހެވިގެން މަރުވީއެވެ. މައްސަލައިގެ ދަޢުވާގައި […]
އެމާ ވަޓްސަންއާއި ޖޭކޭ ރޯލިންގގެ ގުޅުން ގޯސްވެފައި

ހެރީ ޕޮޓަރ ފޮތްތައް ލިޔުނު ލިޔުންތެރިޔާ ޖޭކޭ ރޯލިންގ ވަނީ އެމާ ވޯޓްސަން ޚުންސާއިންގެ ޙައްޤުތަކަށް ތާއީދުކުރާތީ އާންމުކޮށް ފާޑުކިޔާފައެވެ. މިކަން އިތުރަށް ގޯސްވެގެން ދިޔައީ 2022 ވަނަ އަހަރުގެ ބަފްޓާ އިވެންޓުގައި އެމާ ވޯޓްސަން ”އަހަރެން މިހިރީ ހުރިހާ ޚުންސާއިންނަށްޓަކައި“ މިހެން ބުނުމުންނެވެ. ގިނަ ބަޔަކު ދެކެނީ ރޯލިންގ ޖިންސުގެ ތަފާތު ކުރުމުގެ ވިސްނުން ގެންގުޅެނީ ކަމަށެވެ. ކުރީގައި އެމާ ވޯޓްސަން ޖޭކޭ ރޯލިންގއަށް ހަމްދަރުދީވުމުގެ ނޯޓެއް ފޮނުވި ނަމަވެސް، ރޯލިންގ ދެކޭ ގޮތުގައި އެއީ […]
ކުރީގެ ފާޚާނާއެއް މިހާރު ހޮޓަލަކަށް ބަދަލުކޮށްފި

އޮކްސްފޯޑްގެ މަގެއްގެ ދަށުގައި ހަދާފައި ހުރި ވިކްޓޯރިއަން ޒަމާނުގެ ދެ ފާޚާނާއެއް މިހާރުވަނީ ހޮޓަލަކަށް ބަދަލުކޮށްފައެވެ. ”ދަ ނެޓީ“ ގެ ނަމުގައި ފަތުރުވެރިކަމުގެ ހޮޓަލަކަށް ބަދަލުކޮށްފައިވާ ފާޚާނާއަކީ 1895 ގައި ފުރަތަމަ ހުޅުވި ފާޚާނާއެކެވެ. ފަހުން މި ފާޚާނާ 2008 ގައި ބަންދުކުރެވުނެވެ. އަދި 17 އަހަރު ވަންދެން ބޭނުން ނުކޮށް އޮތުމަށްފަހު، ޖޫން 2025 ގައި ވަނީ އަލުން ހޮޓަލަކަށް ބަދަލުކޮށް ހުޅުވާފައެވެ. ޔޫޓިއުބަރ މޮލީ ތޮމްޕްސަން މި ހޮޓަލުގައި ހޭދަކުރި ރޭގެ ތަޖުރިބާ ވީޑިއޯއެއް […]
