އޮކްސްފޯޑްގެ މަގެއްގެ ދަށުގައި ހަދާފައި ހުރި ވިކްޓޯރިއަން ޒަމާނުގެ ދެ ފާޚާނާއެއް މިހާރުވަނީ ހޮޓަލަކަށް ބަދަލުކޮށްފައެވެ. ”ދަ ނެޓީ“ ގެ ނަމުގައި ފަތުރުވެރިކަމުގެ ހޮޓަލަކަށް ބަދަލުކޮށްފައިވާ ފާޚާނާއަކީ 1895 ގައި ފުރަތަމަ ހުޅުވި ފާޚާނާއެކެވެ. ފަހުން މި ފާޚާނާ 2008 ގައި ބަންދުކުރެވުނެވެ. އަދި 17 އަހަރު ވަންދެން ބޭނުން ނުކޮށް އޮތުމަށްފަހު، ޖޫން 2025 ގައި ވަނީ އަލުން ހޮޓަލަކަށް ބަދަލުކޮށް ހުޅުވާފައެވެ.
ޔޫޓިއުބަރ މޮލީ ތޮމްޕްސަން މި ހޮޓަލުގައި ހޭދަކުރި ރޭގެ ތަޖުރިބާ ވީޑިއޯއެއް ހިއްސާކޮށްފައިވެއެވެ. އޭނާ ހޭދަކުރީ ރެއަކަށް 131 ޕައުންޑު ދީގެންނެވެ. އޭނާ ހުރީ 22 އަކަފޫޓުގެ ގޮޅިއެއް ވަރުގެ ކޮޓަރިއެއްގައެވެ. މި ކޮޓަރީގައި ކިންގ ސައިޒް އެނދަކާއި، ވާރޭފެން ލިބޭ ޝަވަރަކާއި، މިނީބާރެއް ހިމެނެއެވެ. ކުރީގެ ފާޚާނާގެ ގޮތުގައި ބޭނުންކުރެވުނުކަން ދައްކުވައިދޭ ގޮތަށް އަންހެނުންނާއި ފިރިހެނުންގެ ސަރަޙައްދު ވަކިކުރި ރަތާއި ނޫކުލައިގެ ފާހަގަތައް ޑިޒައިންގެ ގޮތުގައި ބަހައްޓާފައިވެއެވެ.
އެތާގައި އުޅޭއިރު މަގުމަތިން ދުއްވާ އުޅަނދުތަކުގެ އަޑު އިވެއެވެ. ނަމަވެސް، މޮލީ ބުނީ މިއީ ވަރަށް ޚާއްޞަ ތަޖުރިބާއެއް ކަމަށެވެ. މި ވީޑިއޯއާ ގުޅިގެން އެނގުނީ ގިނަ މީހުންނަށް މި ތަން ހޮޓަލަކަށް ބަދަލުކުރިކަން ނޭނގޭކަމެވެ.
ހޮޓަލަށްފައިބަނީމިސިޑިންނެވެ. 






