މުޒާހަރާތަކަށް ފަހު މަޑަގަސްކަރަގެ ބޮޑު ވަޒީރުކަން ސިފައިންގެ ޖެނަރަލަށް

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 7, 2025

މަޑަގަސްކަރައިގައި ޖެން ޒީ އިން ނިކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމުން ބޮޑު ވަޒީރު އިސްތިއުފާ ދެއްވައިފައެވެ. އެއަށްފަހު ރައީސް އެންޑްރީ ރަޖޯއެލީނާ ވަނީ ބޮޑު ވަޒީރުކަން ސިފައިންގެ އިސް ޖެނެރަލްއާ ހަވާލު ކުރައްވާފައެވެ.

ޒުވާނުން އެދިފައިވަނީ އިގްތިސާދީ ހާލަތު ރަނގަޅުކޮށް ދޭތެރެ ދޭތެރެއިން ކަރަންޓާއި ފެން ކެނޑުމުގެ މައްސަލަ ހައްލުކޮށްދެއްވުމަށެވެ.

ބޮޑު ވަޒީރު އިސްތިއުފާ ދެއްވުމުން މިހާރު ރައީސް ވަނީ ސިފައިންގެ އިސް ޖެނެރަލް ބޮޑު ވަޒީރުގެ މަގާމަށް އައްޔަން ކުރައްވާފައެވެ. އަދި ރައީސް ގައުމާ މުޚާތަބު ކުރެއްވި ފަހުން މަޑަގަސްކަރައިގެ އެންމެ ބާރުގަދަ ސާދާގަރު ވެސް ވަނީ ގައުމާ މުޚާތަބު ކޮށްފައެވެ.

ސާދާގަރު ރަވަޓޯމަންގާ އަކީ އެގައުމުގެ ބުރޯ އެވެ،. އޭނާ ބުނެފައި ވަނީ ރައީސާ އޮންނަ ގާތް ގުޅުމުގެ ބޭނުންކޮށްގެން އޭނާ ގައުމުގެ އިގްތިސާދު ފޭރިގަންނަ ކަމަށް ބުނާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ޖެންޒީގެ މުޒާހަރާތަކާ ހެދި މަޑަގަސްކަރައިގެ ވެރިރަށް އަންޓަނާނާރިވޯގައި ސަލާމަތީ ބާރުތަކުން ވަނީ އެތައް ސަތޭކަ މުޒާހަރާވެރިންނެއް ކަރުނަ ގޭސް ޖަހައިގެން ދުރަށް ޖައްސާފައެވެ. އަދި އެތައް ބަޔަކު ބަންދުކޮށްފައި ވެއެވެ. އަދި މަދުވެގެން އެކަކު ޒަޚަމްވެފައިވާ ކަމަށް ވެސް މީޑިއާއިން ބުނެއެވެ.

ޖެން ޒީ އިން ވަނީ ރައީސްގެ އިސްތިއުފާއަށް ގޮވާލާފައެވެ.

މި ލިޔުމާ ގުޅޭ