އދ. އަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

އަރިއަތޮޅު ދެކުނުބުރީ (އދ) ގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު މާލެ ވަޑައިގަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ 10 ރަށް ކަމަށްވާ، ދަނގެތި، ދިއްދޫ، އޮމަދޫ، ދިގުރަށް، މާމިގިލި، މަންދޫ، ފެންފުށި، ހަންޏާމީދޫ، މަހިބަދޫ، އަދި، ކުނބުރުދޫ އަށް ޒިޔާރަތްކުރައްވާފައިވެއެވެ. އަދި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، […]
ސިޔާސީ ހައްޔަރީން ދޫކޮށްލާ، ނޫނީ މާގަދައަށް މުޒާހަރާ ކުރާނަން: މައުރުފާ

އެމްޑީޕީން އޮކްޓޯބަރު ތިނެއްގައި ބޭއްވި މުޒާހަރާއިން ހައްޔަރުކޮށްފައިވާ މީހުން މީހުން މިހާރުންމިހާރަށް ދޫނުކޮށްފިނަމަ މާވަރުގަދައަށް މުޒާހަރާ ކުރާނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ މީހުންނަކީ އެއްވެސް ކުށެއް ކޮށްގެން ހައްޔަރު ކޮށްފައިވާ ބައެއް ނޫން ކަމަށެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ސުލްހަވެރި ކަމާއެކު މުޒާހަރާ ކުރަމުންދަނިކޮށް ކަމަށްވެސް ވިދާޅުވިއެވެ. އެމީހުން ހައްޔަރުކޮށް ޖަލަށްލައިފައިވަނީ އިނގިލި ބިންދާލުމަށްފަހު ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. […]
ނުވަ މިލިޔަން ނުކަނޑައި އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކޮށްފި

އަންނަ 2026 ވަނަ އަހަރަށް އޮޑިޓް އޮފީހުން ހުށަހެޅި ބަޖެޓު ކުޑަކުރަން ފިނޭންސް މިނިސްޓަރު ހުށަހަޅާފައި ވަނިކޮށް، އޮޑިޓް އޮފީހުން ހުށަހެޅިގޮތަށް އެ އޮފީހަށް 134.2 މިލިޔަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. ގާނޫނުއަސާސީ ބުނާގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ފާސްކުރަނީ ދައުލަތުގެ ބަޖެޓާ ވަކިން އެ ބަޖެޓްގެ ކުރިންނެވެ. އެގޮތުން އަންނަ އަހަރަށް 134.2 މިލިޔަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިއްޔެ […]
އޭސީސީގެ ބަޖެޓް ވަކިން ފާސްކުރަންޖެހޭ: ޝުޖާ

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓު ވަކިން ފާސްކުރަން އޮންނަ ގޮތަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބަޖެޓް ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ވަކިން ފާސްކުރާ ގޮތަށް ބަދަލުކުރަން ޖެހޭ ކަމަށް މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާ މިއަދު ވިދާޅުވެއްޖެއެވެ. އޮޑިޓާ ޖެެނެރަލް އޮޕީހާއި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ފާސްކުރުން އޮންނަނީ ވަކިން، މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިގެންނެވެ. މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މާލީ ބަޔާންތައް އާއްމުކުރަން ޖެހޭ ގޮތަށް އޮޑިޓް ގާނޫނު […]
ބޫޓާންގައި ފެން ބޮޑުވެގެން އިންޑިއާ ސިފައިންނަށް އެދެފި

ބޫޓާންގެ އަމޯޗު ކޯރުގައި ކުއްލިއަކަށް ފެންބޮޑުވުމާ ގުޅިގެން، އެ ހިސާބުގެ ދަނޑުވެރިންނާއި އާއިލާތައް ސަލާމަތްކުރުމަށް އިންޑިއާ ސިފައިން ފޮނުވައިފިއެވެ. މޫސުން ގޯސްވުމާ ގުޅިގެން ބޫޓާންގެ އަމިއްލަ އުޅަނދުތަކަށް އެހިސާބަށް ދެވޭ ގޮތެއް ނުވެގެން އިންޑިއާގެ އެހީތެރިކަމަށް އެދުނީއެވެ. އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރުތަކުން ވަނީ އެސަރަޙައްދަށް ގޮސް މީހުން އުފުލައި ދީފައެވެ. ނަމަވެސް އިންޑިއާ ސިފައިން ދިއުމާ ހަމައަށް ބައެއް މީހުން ގެއްލިފައިވާ ކަމަށްވެސް ރިޕޯޓު ކޮށްފައި ވެއެވެ. ބޫޓާންގެ ސަރުކާރުން އިންޑިއާ ސިފައިންނަށާއި، ރޯޔަލް ބޫޓާން އާމީ […]
ކުނބުރުދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއަށް

އދ. ކުނބުރުދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ މިއަދު ހަ ވާލުކޮށްފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް )ރިޓަޔަރޑް( އަޙުމަދު ސަޢުދީއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަނ،ް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެރަށަކީ 630 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މިއަދުސޮއިކުރި މަޝްރޫޢުގެ […]
ޔުމްނު ވެއްޓުނު މައްސަލާގައި ފުލުހުން އިހުމާލު ވެފައިވޭތޯ ބަލަނީ

މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު (21އ)، ވެއްޓުނު މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާގޮތަށް ބަލައި، އިހުމާލް ވެފައިވާ ފުލުހުން އިހުމާލުވެފައިވާ މިންވަރު ދެނެގަތުމުގެ ތަހުގީގެއް ކުރިއަށްސާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރު އަލީ އިހުސާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމައު އިބްރާހިމް ލިއުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލަށް ޖަވާބު […]
