މައުރޫފް

ސިޔާސީ ހައްޔަރީން ދޫކޮށްލާ، ނޫނީ މާގަދައަށް މުޒާހަރާ ކުރާނަން: މައުރުފާ

މުހައްމަދު އަލީ
އޮކްޓޯބަރ 8, 2025

އެމްޑީޕީން އޮކްޓޯބަރު ތިނެއްގައި ބޭއްވި މުޒާހަރާއިން ހައްޔަރުކޮށްފައިވާ މީހުން މީހުން މިހާރުންމިހާރަށް ދޫނުކޮށްފިނަމަ މާވަރުގަދައަށް މުޒާހަރާ ކުރާނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ މީހުންނަކީ އެއްވެސް ކުށެއް ކޮށްގެން ހައްޔަރު ކޮށްފައިވާ ބައެއް ނޫން ކަމަށެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ސުލްހަވެރި ކަމާއެކު މުޒާހަރާ ކުރަމުންދަނިކޮށް ކަމަށްވެސް ވިދާޅުވިއެވެ. އެމީހުން ހައްޔަރުކޮށް ޖަލަށްލައިފައިވަނީ އިނގިލި ބިންދާލުމަށްފަހު ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ މުޒާހަރާއިން އިން އަށް މީހަކު ހައްޔަރު ކުރިއެވެ. އޭގެ ތެރެއިން އެކަކު ދޫކުރުމަށްފަހު ބާކީ ހަތް މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔުމުން އެކަކު ދޫކުރުމަށްފަހު ހަ މީހުންގެ ބަންދަށް ވަނީ ފަނަރަ ދުވަސް ޖަހައިފައެވެ.

އެއީ:

ޔައުގޫބް އަބްދުﷲ

ހަސަން ސަލާހް

އަލީ ޖުމާން

ހަސަން ޝާކިރު

އަޒީމް އަލީ

ޔާސިރު އަބްދުއް ލަތީފް

 

މި ލިޔުމާ ގުޅޭ