ގާނޫނީ ބާރު ކަނޑުވަމުންދާތީ މަޖިލިސް ރައީސަށް ފިޔަވަޅު އަޅަން ފަށައިފިން: ޝަމްހީދު 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެންދަވަނީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލަމުން ކަމަށް ވިދާޅުވެ، އޭނާ މަޖިލިސް ރައީސްކަމުން ވަކި ކުރަން ޖެހުނަސް، ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށްޓަވާނެ ކަަމަށް، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަމްހީދު ވިދާޅުވީ މަޖިލީހުގެ ރައީސް، ގާނޫނު އަސާސީ އާއި މަޖިލިސް ގަވާއިދުގެ ބާރު ކަނޑުވާލައްވަމުން ގެންދަވާ ކަމަށެވެ. ޝަމްހީދު ވިދާޅުވީ، މަޖިލިސް […]

”ދިވެހި ޅެންވެރިކަމުން ފެންނަ ޚާއްޞަ ސިފައަކީ ކޮބައިހެއްޔެވެ؟“

މިއީ މިއަދު އައި ސުވާލެކެވެ. ޖަވާބަކީ ޅެންވެރިކަމަކުން ފެންނާނޭ ހުރިހައި ސިފައެކެވެ. އޭގެ އިތުރުން ދިވެހިންނާއި ދިވެހިރާއްޖެއެވެ. ނަމަވެސް މިވާހަކަ މިއަށްވުރެ ސާފުކޮށް ބުނާންޖެހެއެވެ. އެއީ ވަރަށް ދިގު ޖަވާބަކަށްވާތީ، އޭގެ ތެރެއިން ވިސްނައިލުން މުހިންމު ހަ ކަމެއް ތިރީގައި ފާހަގަކޮށްފައިވާނެއެވެ. ރަނގަޅު ޅެންވެރިކަމަކީ ބަހުގެ އެންމެ ފުރިހަމަ އުފެއްދުމެވެ. ޅެމުގައި ވަޒަނާއި ކާފިޔާގެ ތެރޭގައި މަޖާޒާއި ރީތި ފިކުރުތައް ހިމަނައިގެން ރީތި އަޑުތަކަކުން ދުނިޔޭގެ ހަގީގަތާއި އިންސާނާގެ ހިތާއި ސިކުނޑީގެ ހާލަތު ބަޔާންކުރެއެވެ. އުފާވެރިކަމާއި ހިތްދަތިކާއި، […]