މެޖިސްޓްރޭޓް ކޯޓުތަކުގެ ރަސްމީ މުޢާމަލާތްތަކަށް ވަކި ނަންބަރުތަކެއް

މެޖިސްޓްރޭޓް ކޯޓުތަކުގެ ރަސްމީ މުޢާމަލާތްތަކުގައި ބޭނުންކުރައްވާނޭ ވަކި ނަންބަރުތަކެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހަމަޖައްސަވައިފިއެވެ. ދިވެހިރާއްޖޭގެ އެންމެހައި މެޖިސްޓްރޭޓް ކޯޓުތަކަށް ކަނޑައަޅުއްވާފައިވާ ނަންބަރުތައް ބަޔާންކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރައްވާފައިވާ، ނަންބަރު: 2025/17 ދެންނެވުމުގައެވެ. މިއާއެކު، މެޖިސްޓްރޭޓް ކޯޓުތަކަށް ލިޔުއްވާ ސިޓީގައި އެ ނަންބަރުތައް ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދައުލަތުގެ އިދާރާތަކަށް ވަނީ އަންގަވާފައެވެ. -ޚަބަރާއި ފޮޓޯ: ރައީސް އޮފީސް
މާއުނގޫދޫ ސިއްހީމަރުކަޒު ސައުވީސްގަޑިއިރަށް ޚިދުމަތަށް ނެރެނީ

ށ. މާއުނގޫދޫ ޞިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ހެދުމަށް ގަސްދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވަމުންގެންދަވާ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން މާއުނގޫދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަދު އެ ރަށުގައި ރަސްމީކޮށް ފެށި މުހިންމު އުމްރާނީ މަސައްކަތްތަކާއި އެ ނޫންވެސް ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައވެ. މޫސުން ތަންނުދިނުމުގެ […]
ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީނުކުރަން އިލްތިމާސްކޮށްފި

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ، ވައިބާރު، ވިއްސާރަ ދުވަސްވަރެއްކަމުން، މޫސުމާ ބެހޭ ޤައުމީ އިދާރާއިން މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރަމެވެ. ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ. ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވެއެވެ. މިފަދަ ދަތުރުކުރާނަމަ އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށާއި […]
ހުޅުމާލޭގައި ހަލާކުވެފައިވާ ހަތްސަތޭކައަށްވުރެ ގިނަ އުޅަނދު

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި، ހަލާކުވެފައިވާ އަދި ބޭނުންނުކޮށް ގިނަދުވަސް ވެފައިވާ އުޅަނދުތަކުގެ މައުލޫމާތު އެއްކުރުމަށް ފުލުހުން ޚާއްސަ މަސައްކަތްތަކެއް ކޮށްފިއެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މި އޮކްޓޫބަރު މަހުގެ ސާދަވަނަ ދުވަހު ހުޅުމާލޭ ފުލުހުންނެވެ. މި މަސައްކަތުގެ ތެރެއިން 716 އުޅަނދު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މީގެ ތެރޭގައި ހިމެނެނީ ކާރާއި ސައިކަލުގެ އިތުރުން ޕިކަޕް އަދި ވޭނެވެ. މި މައުލޫމާތު މިހާރުވަނީ ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށްފައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. […]
އިސްލާހުތަކުގެ ވެލިޑޭޝަން ބައްދަލުވުން ބާއްވައިފި

ޢާއިލާއާބެހޭ ޤާނޫނު ގެ 72 ވަނަ މާއްދާގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދު އިސްލާހްކުރުމުގެ ވެލިޑޭޝަން ބައްދަލުވުން ބާއްވައިފިއެވެ. މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން ވިދާޅުވެފައިވަނީ މީގެ މައިގަނޑު މަޤްސަދަކީ ތަޖުރިބާކާރުންނާއި މަސްޢޫލުވެރި އިދާރާތަކުގެ ޚިޔާލުތަކަށް ބިނާކޮށް، ހުށަހެޅިފައިވާ އިސްލާހުތައް ވެލިޑޭޓްކޮށް އިތުރަށް ފުރިހަމަކުރަންޖެހޭ ދާއިރާތަކާއި ކަންކަން ފާހަގަ ކުރުން ކަމަށެވެ. މި ބައްދަލުވުމުގައި ވަނީ ޢާއިލާއާބެހޭ ގަވާއިދު ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތަކާއިއެކު ގަވާއިދަށް ގެންނަށް ފެންނަ މުހިއްމު އިޞްލާޙުތަކެއް ދެނެގަނެވި، އެކަންކަން ބަދަލުކުރުމަށް އިޖުރާޢީ […]
ވިއްސާރަ: މުޅިރާއްޖެއަށް ހުދުސަމާލު ނެރެފި

މޫސުމާބެހޭ އޮފީހުން މުޅިރާއްޖެއަށް ހުދުސަމާލު ނެރެފިއެވެ. އެ އިދާރާއިން ވިދާޅުވެފައިވަނީ ކުރިއަށްއޮތީ ބޯކޮށް ވާރޭވެހޭނެ ވަގުތުތަކެއް ކަމަށެވެ. އަދި ގުގުރާނޭ ކަމަށްވެސް ލަފާކޮށްފައިވެއެވެ. މިވަގުތުގައި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނޭ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށް ވިދާޅުވެފައިވެއެވެ. މިދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ދުވަސްވަރަކަށްވުމުން ކަނޑުދަތުރުފަތު ކުރާމީހުން މޫސުމަށް ސަމާލުވެގެން ދަތުރު ކުރުކުރުމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. މިއަދުވެސް ސިފައިން ގެންދަނީ ބަންޑުންކަހާލި ލޭންޑިންކްރާފްޓަކުން ގެއްލުނު ތިންމީހަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިއަދު ހެނދުނު 8:30 ގައި […]
ލޭންޑިންކްރާފްޓެއް ބަންޑުޖަހާލައި އެކަކު މަރުވެއްޖެ

މާލެއިން ފުރައިގެން އެރިޔަދުއަށް ދަތުރު ކުރަމުންދިޔަ ލޭންޑިންކްރާފްޓެއް ބަންޑުން ޖަހާލައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވަނީ އެ އުޅަނދުން މިހާތަނަށް ވަނީ ހަތަރު މީހަކު ސަލާމަތް ކޮށްފައި ކަމަށެވެ. އެއިން ހަތް މީހަކު ދަތުރު ކުރި ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. ގެއްލުނު ތިން މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު މިހާރުވަނީ ކަނޑުގެ އަޑިން ނަގައިފައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. އަނެއް ދެމީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. އެއިން ދަތުރުކުރި މީހުންގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ”އަލްމާކް-ފިޔަ“ […]
އައްޑޫސިޓީ ބައިބައިކޮށްލުމުގެ ވިސްނުން ރަނގަޅެއް ނޫން

ސްކޫލު ދުވަސްވަރު ކިޔައިއުޅުނު ވާހަކައެކެވެ. ސުރުޚީއަކީ ދެ ބުޅަލުގެ އަރައިރުމެވެ. އަރައިރުންވީ، ބޯކިބާ ބެހުމުގެ މައްސަލައިގައެވެ. އެންމެ ފަހުން އެ ބެހުމުގެ ކަންތަކާ ޙަވާލުވީ ހިޔަޅެވެ. ބޯކިބާ ފަޅާލުމަށްފަހު، ދެބައި ކިރިއިރު އެއްބަޔަށް ބަރުވުމުން، އެ ބަރުވި ބައިން އެތިކޮޅެއް ކައިލުމަށްފަހު ކިރާލިއެވެ. މިފަހަރުވެސް ހަމަހަމައެއް ނުވިއެވެ. ކޮންމެއަކަސް ދެފަޅި ހަމަހަމަ ކުރުމަށްޓަކައި ފަހަރަކު ފަޅިއަކުން ކަމުންކަމުން ގޮސް ބޯކިބާ ހުސްވެއްޖެއެވެ. ދެބުޅަލަށް ލިބުނީ ކޮޅުކެއްސެވެ. މިއީ އަރައިރުންވެ ބައިބައިވުމުގެ ނަތީޖާއެވެ. ދެމަފިރިންގެ ދެމެދުގައި މައްސަލަ ޖެހޭ […]
