ނޫ އިގްތިސާދަށް ނިކުތުމަށް އިންޑިއާގެ މިސްރާބު ދައްކާލައިފި

އިންޑިއާ މެރިޓައިމް ވީކް 2025 މުމްބާއީގައި އިފްތިތާޙްކޮށްފައިވަނީ، ”ޔުނައިޓިންގ އޯޝަންސް، ވަން މެރިޓައިމް ވިޝަން“ މި ޝިއާރުގެ ދަށުންނެވެ. މިއީ ދުނިޔޭގެ މެރިޓައިމް ދާއިރާގެ ބާރަކަށް ވުމަށް އިންޑިއާއިން ހިފާފައިވާ ބޮޑު އަމާޒެއްގެ ރަމްޒެކެވެ. މި ފަސް ދުވަހުގެ ބޮޑު އިވެންޓް އިފްތިތާޙްކޮށްދެއްވީ އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހް އެވެ. މި ހަރަކާތުގައި 100 އަށް ވުރެ ގިނަ ޤައުމުތަކުން 100,000 އަށް ވުރެ ގިނަ ޑެލިގޭޓުންނާއި 500 އެގްޒިބިޓަރުން ބައިވެރިވެއެވެ. މި އިވެންޓްގެ މައިގަނޑު މަޤްޞަދަކީ އިންޑިއާގެ […]
އެމެރިކާގެ ޓެރަރިޒަމާ ހެދި ވެނެޒުއޭލާއިން އަސްކަރީ އެހީތެރިކަން ހޯދަނީ

ކެރިބިއަން ސަރަހައްދުގައި އެމެރިކާއިން ފަށާފައިވާ ޓެރަރިސްޓް ހަރަކާތްތައް އިތުރުވަމުންދާތީ، ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ވަނީ ރަޝިޔާ، ޗައިނާ އަދި އީރާނާ ގުޅައިގެން އަވަހަށް އެގައުމަށް ދިފާއީ އެހީތެރިކަން ފޯރުވައި ދިނުމަށް އެދިވަޑައިގެންފައެވެ. މިކަމުގެ ސަބަބުން، އެމެރިކާއާ ދެކޮޅު ގައުމުތަކަށް ވެނެޒުއޭލާ ގެ ދިފާއަށް ބަރޯސާވާ މިންވަރު އިތުރުވެފައިވާކަން ހާމަވެއެވެ. އެމެރިކާގެ ޖާސޫސީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ރައީސް މަދޫރޯ ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ސިޓީ ފޮނުއްވާފައެވެ. […]
އިޒްރޭލުން ޣައްޒާގެ އެހީއަށް ހުރަސް އަޅަނީ: އިންސާނީ އެހީދޭ 40 ޖަމާއަތެއް

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސް އަޅަމުންދާ ކަމަށް ބުނެ، ބައިނަލްއަޤްވާމީ އިންސާނީ އެހީދޭ 40 ޖަމާއަތަކުން އިޒްރޭލު ކުށްވެރިކޮށް ތުހުމަތު ކޮށްފިއެވެ. މި ޖަމާއަތްތަކުން ބުނާ ގޮތުގައި، ބައިނަލްއަޤްވާމީ އެންޖީއޯތަކަށް ޚާއްސަކޮށްގެން ރަޖިސްޓްރީ ކުރުމުގެ އާ ނިޒާމެއް އިޒްރޭލުން ވަނީ ތައާރަފުކޮށް ދަތިކުރަން ފަށާފައެވެ. އެކަމުގެ ސަބަބުން ޔަހޫދީން ލަސްކުރުމަށް ބަހަނާ ދެއްކުމުން އެތައް މިލިއަން ޑޮލަރުގެ އެހީތައް ޣައްޒާއަށް ނުވެއްދި ހުއްޓިފައިވާ ކަމަށް ފައިނޭންޝަލް ޓައިމްސް ނޫހުން ރިޕޯޓުކޮށްފައިވެއެވެ. މި 40 ޖަމާއަތުގެ ތެރޭގައި […]
ހިޔާ ޓަވަރަކުން މީހަކުވެއްޓި މަރުވެއްޖެ

ހުޅުމާލޭ ފޭސް ދޭއްގައި ބިނާކޮށްފައިވާ އަށްވަނަ ޓަވަރުގެ ސާދަވަނަ ބުރީން މީހަކު ވެއްޓި މަރުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެމީހާ ވެއްޓިފައިވަނީ މިއަދު ހެނދުނު ކަމަށެވެ. އެމައުލޫމާތު ފުލުހުންނަށް އަންގާފައިވަނީ މިއަދު ހެނދުނު 8:32 ގައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެމީހާ ވަގުތުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެމީހާ ވަނީ ނިޔާވެފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ވެއްޓިފައިވަނީ ފިރިހެނެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ފުލުހުން ވިދާޅުވެފައިވަނީ މިމައްސަލަ […]
