ދުނިޔޭގެ ސުލްހަ ނަގާލުމަށް ޓްރަމްޕަށް ފުރުސަތެއް ނުދިން

ދުނިޔޭގެ ސުލްހަ ނަގާލުމަށް ޓްރަމންޕް ކުރާ މަސައްކަތަށް ކޮންގްރެސްއިން ހުރަސް އަޅައިފިއެވެ. ޓްރަމްޕް ބޭނުންވީ ވެނެޒުއެލާގައި އެމެރިކާއިން ދެމުންދާ ޓެރަރިސްޓް ހަމަލަތައް ފުޅާކުމަށް ކޮންގްރެސްއިން ފާސްކޮށް ދިނުމަށެވެ. ނަމވެސް ކޮންގްރެސްއިން ވަނީ ޓްރަމްޕަށް ހުރަސް އެޅުމަށް ނިންމައިފައެވެ. ޓްރަމްޕް ހުށަހެޅި ބިލަށް 51 ވޯޓު 49 ވޯޓުން ނޫނެކޭ ބުނެފައި ވެއެވެ.
ޓްރަމްޕަކީ ހިތްކަޅު ޚަސީލަތް ނުބައި މީހެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސިޔާސީ ދާއިރާއިން ރިޓަޔާ ކުރައްވާނެކަން ނެންސީ ޕެލޯސީ އިއުލާން ކުރެއްވުމާ ގުޅިގެން އޭނާއަށް ފުރައްސާރަ ކޮށްފައެވެ. ނެންސީ ޕެލޯސީއަކީ އެމެރިކާ ކޮންގްރެސްގެ ރައީސްކަން ކުރެއްވި ފުރަތަމަ އަންހެން ލީޑަރެވެ. އޭނާ ވަނީ ކުރިއަށް އޮތް އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ކުރީގެ ހައުސް ސްޕީކަރު ނޭންސީ ޕެލޯސީ ސިޔާސީ ދާއިރާއިން ރިޓަޔާވެ ވަޑައިގަންނަވާ ކަން އިއުލާން ކުރެއްވުމުން ޓްރަމްޕް ބުނެފައި ވަނީ އެއީ ”ނުލަފާ އަންހެނެއް“ ކަމަށެވެ. ގިނަ […]
މަމްދާނިއާ ހިތާވާން ދެކޮޅުހެދި އަންހެނަކު މިހާރު ހިތާމަ ކުރަނީ

މަމްދާނީއާ ހިތާވާން އުޅުނު އަންހެނަކަށް އެޅުނު ޅައެއްޗަކުން އޭނާ މިހާރު ހިތާމަ ކުރަން ފަށައިފިއެވެ. ޑޭޓިން އެޕް ހިންޖް އިން މަމްދާނީއާ ރައްޓެހިވެގެން އުޅުމަށްފަހު އޭނާއަށް ނޫނެކޭ ބުނި އަންހެން މީހާ ވަނީ މަމްދާނީ މޭޔަރުކަން ލިބުމުން ހައިރާން ވެފައެވެ. އަންހެން މީހާ މީސްމީޑިއާގައި ބުނެފައި ވަނީ އެއިރު އޭނާ މަމްދާނީއަށް ނޫނެކޭ ބުނި އޭނާ އިސްކޮޅަށް ބަލާފައެވެ. މިއަންހެންމީހާ އަދިވެސް ވަނީ ތަނެއްގައި ލައްވާ ނުލާފައެވެ! ކުއީންސްގެ ޑިސްޓްރިކްޓެއް ތަމްސީލު ކުރައްވާ ނިއުޔޯކް ކައުންސިލް މެމްބަރު […]
ކެޓްރީނާ ކައިފް ވިހައިފި

ބޮލީވުޑްގެ ތަރިން ކަމަށްވާ ވިކީ ކައުޝަލް އާއި ކެޓްރީނާ ކައިފް އަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ. މިއީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުރި ކައިވެންޏަށް ފަހު އެދެމަފިރިންނަށް ލިބުނު ފުރަތަމަ ދަރިފުޅެވެ. އިންޑިއާގެ ސިނަމާގެ އެންމެ ފާހަގަކޮށްލެވޭ ނަންތަކުގެ ތެރޭގައި ހިމެނޭ އެކްޓަރުން ވަނީ އެ ޚަބަރު ފޭނުންނާއި ހެޔޮއެދޭ މީހުންނާ ހިއްސާކޮށްފައެވެ. ފިލްމީ ދާއިރާ އާއި ބެލުންތެރިން ވަނީ ތަހުނިޔާ ކިޔާފަ އެވެ. ރާޖަސްތާނުގައި ބޭއްވި އާއިލީ ރަސްމިއްޔާތެއްގައި ކައިވެނިކުރި ކައުޝާލް އާއި […]
އިންޑިއާ ވޯޓުލާމީހުންގެ ލިސްޓްގައި ބްރަޒިލް އަންހެނެއް

އިންޑިއާގެ ވޯޓުލާ މީހުންގެ ލިސްޓްގައި ތަކުރާރުކޮށް ބްރަޒިލްގެ މޮޑެލްއެއްގެ ފޮޓޯ ބޭނުން ކޮށްފައިވާ ކަން ފާހަގަ ވެފައި ވެއެވެ. އިދިކޮޅު ކޮންގްރެސްއިން ބުނެފައި ވަނީ މިއީ މަރުކަޒީ ސަރުކާރުން ވޯޓު ޗޯރީ ނޫނީ ވޯޓުން ވައްކަން ކުރުމަށް ބޭނުންކުރާ ހިންތާއެއް ކަމަށެވެ. ކޮންގްރެސްއިން ބުނަނީ ހަރިޔާނާ ސްޓޭޓްގެ އިންތިޚާބު ކާމިޔާބު ކުރުމަށް ތައްޔާރު ވެފައި ވަނިކޮށް، ކުއްލިއަކަށް އެޕާޓީއަށް އިންތިޚާބު ނާކާމިޔާބުވެ ބީޖޭޕީއަށް މޮޅު ލިބުނު ގޮތާމެދު ހައިރާން ވާ ކަމަށެވެ. މިހާރު ކުރިއަށްދާ ބިހާރުގެ ގާނޫނު […]
