އެމެރިކާގައި ބަނޑުހައި ހޫނުކަމާއި ބޯހިވާހިކަން އިތުރުވަމުންދާ މިންވަރު ކަންބޮޑުވާ ހިސާބެއްގައި

އެމެރިކާގައި ބަނޑުހައި ހޫނުކަން ހައްދުފަހަނަޅާފައިވާ މިންވަރަކަށް އިތުރުވެ، އެޤައުމުގެ އާބާދީގެ ބޮޑުބައެއް ބަނޑުހައި ހޫނުކަމުގައި އުޅޭ ކަމުގެ ރިޕޯޓުތައް އާންމުވެއްޖެއެވެ. 348 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެމެރިކާގެ 12 އިންސައްތައަށްވުރެ ގިނަ މީހުންނަކީ ބަނޑުހައި ހޫނުކަމުގައި ދިރިއުޅެމުންދާ ބަޔެއް ކަމަށް ހާމަވެފައިވެއެވެ. އެމެރިކާގެ އާބާދީގެ 12 އިންސައްތަ މީހުންނަކީ އެންމެ ފަގީރު އާބާދީގެ ތެރޭގައި ހިމެނޭ 41 މިލިއަން މީހުންނެވެ. މިމީހުން ދިރިއުޅުމަށް ބޭނުންވާ ކާނާ ސަރުކާރުން ފޯރުކޮށްދެމުން އަންނަނީ ”ފުޑް ސްޓޭމްޕް“ މެދުވެރިކޮށެވެ. އެމެރިކާ […]

މަސްކުގެ ދިރިއުޅުމަކީ ސާދާ ދިރިއުޅުމެއް

އިލޯން މަސްކްއަކީ ދުނިޔޭގެ ތާރީޚްގައި 1 ޓްރިލިއަން ޑޮލަރަށް އޭނާގެ މުދާވެރިކަން އަރާނެ ކަމަށް ބެލެވޭ ފުރަތަމަ މީހާއެވެ. މިހާ ބޮޑު މުދާވެރިކަމެއް ލިބިފައިވީ ނަމަވެސް، އޭނާ ގެ ދިރިއުޅުމަކީ ސާދާ ދިރިއުޅުމެކެވެ. އޭނާ ދިރިއުޅެނީ ޓެކްސަސްގައި ހުންނަ 50,000 ޑޮލަރުގެ ގެއެއްގައެވެ. އޭނާގެ ކުރީގެ ބައިވެރިޔާ ގްރައިމްސް ބުނެފައިވަނީ، ބައެއް ފަހަރު އިލޯން މަސްކް ދިރިއުޅެނީ ”ފަޤީރުންނާ އެއްފަދަ ހާލަތެއްގައި“ ކަމަށާއި، ގޮދަޑި ހަލާކު ވެގެންވެސް އައި ގޮދަޑިއެއް ގަތުމަށް އޭނާ ދެކޮޅުހެދި ކަމަށެވެ. މީގެ […]

މުސްލިމުން ޓްރަމްޕަށް ޚުޝާމަދުކޮށް ބޭއްވި ޖަލްސާ ޖޯކަކަށް ވެއްޖެ

ބިރަކާ ނުލައި ޔަހޫދީން ދަނީ ޖެނޮސައިޑް ހިންގަމުންނެވެ. ޖެނޮސައިޑް ނިންމުމަށް އަރަބިންނާއި މުސްލިމުން ޓްރަމްޕަށް ޚުޝާމަދުކޮށް ބާއްވައި ދިން ޝަރަމުއްޝައިޚުގެ ބޮޑު މަހާސިންތާ މިހާރު ވަނީ ޖޯކަކަށް ވެފައެވެ. ޖެނޮސައިޑް ނިންމިކަމަށް އިއުލާންކޮށް މުސްލިމު ލީޑަރުންނާއި ޓްރަމްޕް ބަގަލްގީރު ކުރިފަހުން މިހާތަނަށް ޔަހޫދީން ވަނީ ގަތުލުއާންމުތަކާއި ބޮން އެޅުމުގައި ފަލަސްޠީނުގެ 240 މީހުން ޝަހީދުކޮށްލާފައެވެ. ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. 10 ހާސް މީހުން ވަނީ ޔަހޫދީން ބޮން އަޅާފައިޥާ އިމާރާތްތަކުގެ ދަށުވެފައެވެ. ލައްކައާ ގާތްކުރާ އަދަދެއެގެ މީހުން […]

އެމެރިކާ ފޭބުމުން އަފްޣާން އަފިހޫން ވިޔަފާރި ހުއްޓިއްޖެ

ތާލިބާނުން ވެރިކަމަށް އައުމުން ދުނިޔެއަށް އަފިހޫން ލިބުން ދަތިވެފައިވާ ކަމަށް ބުނެ އެމެރިކާގެ ފަރާތްތަކުން ޝަކުވާ ކުރަން ފަށައިފިއެވެ. 2022ގައި ވެރިކަމަށް އައުމަށްފަހު ތާލިބާނުން ވަނީ އަފިހޫނުގެ ދަނޑުވެރިކަން ހުއްޓުވާފައެވެ. އެމެރިކާއިން އަފްޣާނިސްތާނުގައި ހަނގުރާމަ ކުރިއިރު އަފިހޫނު އުފެއްދުމަށް ހިތްވަރުދީ އެމެރިކާ ސިފައިން އެކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވިއެވެ. ތާލިބާން ސަރުކާރުން ޕޮޕީ ގަސް އިންދުން މަނާކުރި ފަހުން އަފްޣާނިސްތާނުގައި އަފިހޫން އުފެއްދުން ވަރަށް ބޮޑަށް ދަށްވެފައި ވެއެވެ.  އެމެރިކާގެ ވާގިވެރިކަމާއެކު އަފްޣާނިސްތާނުގައި ކުރިން ދުނިޔޭގެ 80 ޕަސެންޓަށް […]

ޕާކިސްތާނަށް އަފްޣާނިސްތާންގެ އިންޒާރެއް

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދުގެ ސުލްހައިގެ ވާހަކަތައް ނާކާމިޔާބު ވުމުން ޕާކިސްތާނުން އަފްޣާނިސްތާންގެ ކެތްތެރިކަމުގެ އަޖުމަ ބެލުމަށް މަސައްކަތް ނުކުރުމަށް ކާބުލްއިން އިސްލާމްއާބާދަށް އިންޒާރު ދީފިއެވެ. އަފްޣާނިސްތާނުގެ ގަބީލާތަކާ ބެހޭ ވަޒިރު ނޫރުﷲ ނޫރީ ޕާކސްތާނަށް އިންޒާރު ކުރައްވަމުން ވިދާޅުވީ ޕާކސްތާނަށް އެމެރިކާއާއި ރޫސީން މިސާލަކަށް ފުދޭ ކަމަށެވެ. ޕާކސްތާނުން އަފްޣާނިސްތާނުގެ ސިޔާދަތަށް އަރައި ގަންނަނީނަމަ އެ ގައުމުތަކަށް ހަދާލިގޮތް ޕާކިސްތާނަށް ހެދުމަށް އަފްޣާނިސްތާނުން ޖެހިލުމެއް ނުވާނެ ކަމަށެވެ.

ވައިޓްހައުސްއަށް ވަންނަވާ ސޫރިޔާގެ ފުރަތަމަ ރައީސަކީ ޖައުލާނީ

 ވައިޓްހައުސްއަށް ވަންނަ ސޫރިޔާގެ ފުރަތަމަ ލީޑަރަކީ ޖައުލާނީ ރައިސްކަމުގައި ހަމަޖެހިއްޖެއެވެ. ޖައުލާނީ ރައީސް ވަނީ އެމެރިކާއަށް ވަޑައިގެންފައެވެ. އޭނާ ވަނީ ދިމިޝްޤްގައި ޓްރަމްޕްގެ ވިޔަފާރި ކުންފުންޏަށް ޓްރަމްޕް ޓަވަރު އެޅުމަށް ބިމެއް ދިނުމަށް ނިންމަވާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ޓްރަމްޕްގެ ގާތް އެކުވެރިއަކު މެދުވެރިވެގެން އާލާކޮށްފައިވާ ގުޅުމާއެކު ޖައުލާނީ ރައީސް ވަނީ ޓްރަމްޕް ރުހޭ މީހުންގެ ލިސްޓަށް އިތުރުވެފައެވެ.

ޓްރަމްޕްގެ ތަރުޖަމާން ހަންގެރީގައި މަސައްކަތަށް ވީއްލުމަށް އެދި ދަންނަވައިފި

ހަންގޭރީގެ ރައީސް ވިކްޓަރ އޯބަން ވަނީ ވައިޓްހައުސްގެ ތަރުޖުމާން ދުވަސްކޮޅަކަށް ހަންގެރީގައި މަސައްކަތް ކުރުމަށް ވީއްލުމަށް ޓްރަމްޕް ގާތުން އެދިވަޑައިގެންފިއެވެ. ވޮޝިންގްޓަންގައި ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރައްވައި، އޯރްބަން ސަމާސާ ރާގަކަށް ވިދާޅުވީ ވައިޓްހައުސްގެ ތަރުޖަމާނު ކެރޮލައިން ލެވިޓް ދުވަސްކޮޅަކަށް އޭނާއާއެކު މަސައްކަތް ކޮށްލުމަށް ވީއްލައި ދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. ޓްރަމްޕްވެސް މަޖާވެވަޑައިގެން އެއަށް ޖަވާބު ދެއްވަމުން ވިދާޅުވީ ލެވިޓް އޭނާ ދޫކޮށް ހަންގެރީއަށް ނުދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.