އިންޑިއާ ނަސްލުގެ ކެންޑިޑޭޓަކު ނެންސީ ޕެލޯސީގެ ގޮނޑިއަށް ކެމްޕޭން ފަށައިފި

އުމުރުން 39 އަހަރުގެ އިންޑިއާ ނަސްލުގެ އެމެރިކާގެ ސިޔާސީ ސްޓްރެޓެޖިސްޓެއް ކަމަށްވާ ސައިކަތު ޗަކްރަބަތީ ވަނީ ނެންސީ ޕެލޯސީ ހުސްކުރާ އެމެރިކާގެ ކޮންގްރެސްގެ ގޮނޑިއަށް ވާދަ ކުރުމަށް ނިންމައި ޕްރައިމަރީއަށް މަސައްކަތް ފަށާފައެވެ. ނެންސީ ޕެލޯސީ ވަނީ ސެންފްރެންސިސްކޯގެ މި ގޮނޑި 30 އަހަރު ވަންދެން ފުރުއްވާފައެވެ. އަދި ދެން ކުރިމަތި ނުލާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ހާވަޑް ޔުނިވަރސިޓީން ތައުލީމު ހާސިލުކުރައްވާފައިވާ ޗަކްރަބަތީ އަކީ ޓެކްސަސްގައި އުފަންވެފައިވާ ބެންގާލީ މުހާޖިރު ދެމަފިރިއެއްގެ ދަރިއެކެވެ. ކުރިން […]

މިހުޅުވުނީ ތިލަދުންމަތީ ސަރަޙައްދުގެ ތަރައްގީގެ ދޮރޯށި: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު މިރޭ ހުޅުއްވައި ދެއްވައިފިއެވެ. އެއަރޕޯޓު ހުޅުވުމަށް ހދ. ހަނިމާދޫގައި މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިރޭ ހުޅުވިގެން މިދިޔައީ އެއަރޕޯޓެއްގެ އިންފްރާސްޓްރަކްޗަރ އެކަނި ނޫން ކަމަށެވެ. އޭގެ ބަދަލުގައި މި ހުޅުވުނީ ބޮޑު ތިލަދުންމަތީ ސަރަޙައްދުގެ ތަރައްގީގެ ދޮރޯށި ކަމުގައި ވިދާޅުވިއެވެ. އެހެން ކަމުން މި ފުރުޞަތުގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ހިފުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. މި އެއަރޕޯޓަކީ އިންޑިއާގެ އެގްޒިމް […]

ޣައްޒާގެ ޖެނޮސައިޑާ ގުޅޭ އާ ހެކި ހުށަހަޅައިފި

ޣައްޒާގެ ޖެނޮސައިޑްގައި އިޒްރޭލުން ހިންގިކަމަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ޖަރީމާތަކާ ގުޅޭ އިތުރު ހެކިތަކެއް ލިބިގެން އެ ހެކިތައް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ހުށަހަޅައިފިއެވެ. އިންޓަނޭޝަނަލް ޤާނޫނީ ވަކީލުންގެ ޓީމެއް ކަމަށްވާ، ޢަބްދުލްމަޖީދު މުރާރީ އިސްކޮށް ހުންނަވައިގެން މަސައްކަތް ކުރައްވާ ޓީމުން ހުށަހެޅުއްވި މި ހެކިތަކުގައި މައިގަނޑު ގޮތެއްގައި ބަލާފައި ވަނީ ފަލަސްޠީނުގެ ޝަހީދުކޮށްފައިވާ މީހުންގެ ހަށިގަނޑު ބަދަލުކުރުމާއި، ނޫސްވެރިންނަށް ގަސްތުގައި ހަމަލާދިނުމުގެ ޖަރީމާގެ ހެކިތަކުގެ މައްޗަށެވެ. މި ހެކިތައް ހުށަހަޅާފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ […]

އިންޑިއާ އާއި ރަޝިޔާއިން އެސްޖޭ-100 މަރުކާގެ ޖެޓް އުފައްދަނީ

އިންޑިއާ އާއި ރަޝިޔާއިން އެސްޖޭ-100 މަރުކާގެ ޖެޓް އުފައްދަނީ އިންޑިއާއާއި ރަޝިޔާގެ ދެ ގައުމުގެ ގުޅުމަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއްގެ ގޮތުގައި، އިންޑިއާގެ ހިންދުސްތާން އެރޮނޯޓިކްސް ލިމިޓެޑް (އެޗްއޭއެލް) އާއި ރަޝިޔާގެ ޔުނައިޓެޑް އެއަރކްރާފްޓް ކޯޕަރޭޝަން (ޔޫއޭސީ) އިން 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ވަނީ، އިންޑިއާގައި އެސްޖޭ-100 ރީޖަނަލް ޖެޓް އުފެއްދުމަށް ތާރީޚީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމަކީ 1988 ވަނަ އަހަރުގެ ފަހުން އިންޑިއާގައި ފުރިހަމަ ސިވިލް […]

ދެ ކެފޭއަކުން ފަސް ބިދޭސީއަކު ހައްޔަރު ކޮށްފި

މާލޭގެ ދެ ކެފޭއެއް ބަލައިފާސްކޮށް ޤަވާޢިދާ ޚިލާފަށް އުޅޭމުންދިޔަ ފަސް ބިދޭސީއަކު ހައްޔަރުކޮށްފި ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެފައިވަނީ މިމީހުން ހައްޔަރު ކޮށްފައިވަނީ ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއް ނެތި އުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް މި މަހު ހަތްވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފައެވެ. އަދި […]

މިސްރުގެ އިސްލާމީ ޢިލްމުވެރިޔާ ޒަޣްލޫލް އައްނައްޖާރު އަވަހާރަވެއްޖެ

މިޞްރުގެ މަޝްހޫރު ޢިލްމުވެރިޔާ އަދި ޖިއޮލޮޖިސްޓް ޑރ. ޒަޣްލޫލް އައްނައްޖާރު އަވަހާރަވެއްޖެއެވެ. ޑރ. އައްނައްޖާރަކީ، އިސްލާމީ ފިކުރާއި ސައިންސުގެ ދާއިރާއަށް ދިގު މުއްދަތަކަށް ހިދުމަތްތަކެއް ކުރެއްވި ސައިންޓިސްޓެކެވެ. އަދި ދަންނަބޭކަލެކެވެ. އުމުރުފުޅުން 92 އަހަރުގައި ޑރ. އައްނައްޖާރު އަވަހާރަވީ އާދީއްތަ ދުވަހު ޖޯޑަންގެ އައްމާނުގައެވެ. ޑރ. ޒަޣްލޫލް އައްނައްޖާރު އުފަންވެވަޑައިގަތީ 1933 ވަނަ އަހަރު މިޞްރުގެ ޣަރްބިއްޔާ ގަވަރުނަރޭޓްގައެވެ. އޭނާއަކީ ޖިއޮލޮޖީގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ދަންނަބޭކަލެއްގެ ހައިސިއްޔަތުން ޤުރުއާނުގައިވާ ސައިންސާ ގުޅުންހުރި މުޢުޖިޒާތްތައް ދިރާސާކުރައްވައި […]

ސިފައިންގެ އަސްކަރީ ބާރުތައް އިތުރުކުރުމާ ދެކޮޅަށް އިހުތިޖާޖުކޮށްފި

ޕާކިސްތާނުގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަނީ އެގައުމުގެ ސިފައިންގެ ވެރިޔާ، ފީލްޑް މާޝަލް އާސިމް މުނީރަށް ބޮޑެތި ބާރުތަކެއް ދިނުމަށް ހުށަހަޅާފައިވާ ގާނޫނުއަސާސީ ގެ އިސްލާހަށް ދެކޮޅު ހަދައި، އެގައުމުގެ އެކި ސިޓީތަކުގައި މުޒާހަރާތައް ފަށާފައެވެ. މި އިސްލާހުގެ ސަބަބުން ސިފައިންގެ ވެރިޔާގެ ބާރުތައް އިތުރުވެ، ޑިމޮކްރަސީއަށް ނުރައްކާވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ގާނޫނުއަސާސީގެ 27 ވަނަ އިސްލާހު ގެނައުމުގެ ބިލްގައި ހިމެނެނީ އާ މަގާމެއް ކަމަށްވާ ’ޗީފް އޮފް ޑިފެންސް ފޯސަސް‘ (ސީޑީއެފް) ގއެ މަގާމު އުފެއްދުމެވެ. […]

މަތީ ތަޢުލީމުގެ ޤާނޫނަށް އިޞްލާޙު

ޤާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، 05 ނޮވެންބަރު 2025 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި ބިލުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ދޮރު މިހާރަށްވުރެ ބޮޑަށް ހުޅުވާލާ، ވަސީލަތްތަކާއި ޤާބިލުކަން ހުރި […]

އިންޑިއާގެ ސިވިލްއޭވިއޭޝަން މިނިސްޓަރ ދިވެހި ޚާރިޖީ ވަޒީރާ ބައްދަލު ކުރައްވައިފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ، އެގައުމުގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން، ކިންޖަރަޕޫ ރާމް މޯހަން ނައިޑު، ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލާ މިއަދު ބައްދަލުކުރައްވާފިއެވެ. މިބައްދަލު ކުރެއްވުން އޮތީ ފޮރިން މިނިސްޓްރީގައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ހަލީލް ވަނީ އިންޑިއާ ގެ ސިވިލް އޭވިއޭޝަން މިނިސްޓަރަށް މަރުޙަބާ ދަންނަވާފައެވެ. މިނިސްޓަރ ޚަލީލް ވަނީ ޒަމާނުއްސުރެ އިންޑިއާއިން ރާއްޖެއަށް […]

އިންޑިއާގެ ބޮޑު ވަޒީރުގެ ހާއްސަ މަންދޫބު، ރާއްޖެއަށް ވަޑައިގެންފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އެގައުމުގެ، މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް މިއަދު ވަޑައިގެފިއެވެ. ރާއްޖެއަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް އެއާޕޯޓުން މަރްޙަބާ ދެންނެވީ ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލެވެ. އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރުގެ މި ދަތުރުފުޅުގައި ހަނިމާދޫގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓް އެހީގެ ދަށުން ކުރިއަށްދިޔަ، ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ […]