އިންޑިއާގެ ސިވިލްއޭވިއޭޝަން މިނިސްޓަރ ދިވެހި ޚާރިޖީ ވަޒީރާ ބައްދަލު ކުރައްވައިފި

ހިރި ނިއުސް
ނޮވެމްބަރ 9, 2025

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ، އެގައުމުގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން، ކިންޖަރަޕޫ ރާމް މޯހަން ނައިޑު، ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލާ މިއަދު ބައްދަލުކުރައްވާފިއެވެ.

މިބައްދަލު ކުރެއްވުން އޮތީ ފޮރިން މިނިސްޓްރީގައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ހަލީލް ވަނީ އިންޑިއާ ގެ ސިވިލް އޭވިއޭޝަން މިނިސްޓަރަށް މަރުޙަބާ ދަންނަވާފައެވެ. މިނިސްޓަރ ޚަލީލް ވަނީ ޒަމާނުއްސުރެ އިންޑިއާއިން ރާއްޖެއަށް ދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރު ވެސް އަދާކުރައްވައިފައެވެ. މީގެ އިތުރުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

 

މި ލިޔުމާ ގުޅޭ